މިހާރު ދޫކުރަމުންދާ ފްލެޓްތައް
ހަބަރު
19 Dec 2025 | 20:10
ބޮޑު ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް ކުލިން އެބައި ކަނޑައިދޭނެ

ހުޅުމާލެ ހިޔާ އަވަށުގައި ގެދޮރުވެރިޔާ ސްކީމުގެ ދަށުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ޑައުންޕޭމަންޓް ކުޑަކުރަން ނިންމާފައިވާތީ ޑައުންޕޭމަންޓް ދައްކާފައިވާ މީހުންނަށް މަހު ކުލީން އެބައި އުނިކޮށްދޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހިޔާ އަވަށުގެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމަށް ރޭ ބޭއްވި ބައްދަލްވުމުގައި ގެދޮރުވެރިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ޑައުންޕޭމަންޓަށް ރަނގަޅު ބަދަލެއް ގެނެސްދޭން ބައެއް ރައްޔިތުން އެދުނެވެ. އެ ބައްދަލްވުން ނިންމަވާލައްވަމުން ރައީސް ވިދާޅުވީ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކޮށްދެއްވަން ނިންމަވާފައިވާ ކަމަށެވެ.

އެގޮތުން ތިން ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓުން 17,000 ރުފިޔާ އުނިކުރަން ވަނީ ނިންމާފަ އެވެ. އެހެން ކަމުން ޑައުންޕޭމަންޓަށް ދައްކަން ޖެހޭ 25,000 ރުފިޔާގެ ބަދަލުގައި ދެން ދައްކަން ޖެހޭނީ 8,500 ރުފިޔާ އެވެ.

އަދި ތިން ކޮޓަރީގެ ފްލެޓްތަކަށް ކުއްޔާއި މެއިންޓަނަސް ފީގެ ގޮތުގައި ދައްކަން ޖެހޭ 10,500 ރުފިޔާއިން ވަނީ 500 ރުފިޔާ އުނިކޮށްފަ އެވެ. އެހެން ކަމުން ދެން ދައްކަން ޖެހޭނީ މަހަކު 10,000 ރުފިޔާ އެވެ.

ދެ ކޮޓަރީގެ ފްލެޓްތަކަށް މިހާރު ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓަކީ 15,000 ރުފިޔާ އެވެ. ނަމަވެސް ދެން ދައްކަން ޖެހޭނީ ހަ ހާސް ރުފިޔާ އެވެ. އަދި މަހު ކުލިވެސް ވަނީ 7,000 އިން 6,000 އަށް ކުޑަކޮށްފަ އެވެ.

މި ނިންމުން ނިންމިއިރު ބައެއް މީހުން ވަނީ ކުރީން ކަނޑައަޅާފައިވާ ބޮޑު ޑައުންޕޭމަންޓް ދައްކާފަ އެވެ. އެ ފައިސާއަށް ދެން ވާނީ ކިހިނެތްތޯ ސުވާލުކުރުމުން ހައުސިން މިނިސްޓްރީން ބުނީ މަހު ކުލީން އެބައި އުނިކޮށްދޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
ނިޔަފަތި ކެއުމުގެ އާދަ ހުއްޓައިލާނީ ކިހިނެއް؟
ނިޔަފަތި ކެއުމަކީ ގިނަ ބަޔަކު ނޭނގި ނަމަވެސް ކޮށް އުޅޭ ވަރަށް ޢާންމު އާދައެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ފުރާވަރުގެ ކުދީންގެ ތެރެއިން ގާތްގަނޑަކަށް 45 އިންސައްތަ ކުދީން ނިޔަފަތި ކައެވެ. އަދި ކުޑަކުދީންގެ ތެރެއިން 30 އިންސައްތަ ކުދީންނާއި ޒުވާނުންގެ ތެރެއިން 25 އިންސައްތަ މީހުންނާއި ދޮށީ ޢުމުރުގެ ފަސް އިންސައްތަ މީހުންގެ ގައިގައި މި އާދަ ހުރެއެވެ.
04 Aug 2026
ނިއުކާސަލްގެ ބްރޫނޯ ގިމަރޭސް ހޯދުމަށް އާސެނަލުން ހުށަހެޅި ބިޑް ބޭރުކޮށްލައިފި
އުމުރުން 28 އަހަރުގެ ގިމަރޭސް ވަނީ އާސެނަލް އާ ގުޅެން ބޭނުންވާކަން ހާމަކޮށް މިދިޔަ މަހުގެ ތެރޭގައި ނިއުކާސަލަށް އަންގާފައެވެ.
04 Aug 2026
ފަލަސްތީނުގެ ފުޓްބޯޅައަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ފީފާއިން ފިޔަވަޅު ނޭޅި
ފަލަސްތީނުގެ ފުޓްބޯޅަ އެސޯސިއޭޝަނުން (ޕީ.އެފް.އޭ) ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ، ފީފާއަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ. ޕީ.އެފް.އޭ އިން ބުނި ގޮތުގައި އިޒްރޭލުން ފަލަސްތީނުގެ ފުޓްބޯޅައަށް ބޮޑެތި ގެއްލުންތަކެއް ދެމުންދާއިރު، ފީފާގެ އަމިއްލަ ގަވާއިދުތައް އިޒްރޭލާ ދެކޮޅަށް ތަންފީޒުކުރުމުގައި އެ އިދާރާ ވަނީ ނުކުޅެދިފައެވެ.
04 Aug 2026
އޮޑި ބަލިކޮށް މާޒިޔާއަށް މުހިންމު މޮޅެއް
ކަޕްވިނާސް ކަޕްގައި މާޒިޔާ ދެން އެންމެ އަވަހަށް ނިކުންނާނީ އަންނަ ބްރާސްފަތި ދުވަހު ބުރު ސްޕޯޓްސް އާ ދެކޮޅަށެވެ.
04 Aug 2026
ޓްރަމްޕްގެ ސަރުކާރުން އަލަށް ތައާރަފްކުރި ޓެރިފްތަކާ ދެކޮޅަށް ދައުވާކޮށްފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭރުގެ ގައުމުތަކުން އެތެރެކުރާ މުދަލުން ނަގަން ފެށި އާ ޓެރިފްތަކަކީ ގާނޫނީ އިމުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ، އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ކޮންޓްރޯލް އޮންނަ 25 ސްޓޭޓަކުން ސަރުކާރާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.
03 Aug 2026
ތަކެތީގެ އަގު ބޮޑޭ ކިޔައިގެން އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކުގައި އަސާސެއްނެތް: ސައީދު
ސިންގަޕޫރުގައި މިއަދު ޕެޓްރޯލް ލީޓަރެއް 40.09 ރުފިޔާއަށް އުޅޭއިރު އިންޑިއާގައި ޕެޓްރޯލް ލީޓަރެއްގެ އަގު މިހާރު ހުރީ 18.8 ލާރިއަށް ކަމަށާއި އެކަމަކު ރާއްޖޭގައި 16.1 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ
03 Aug 2026
ބުރު ސްޕޯޓްސް އަތުން ނިއުރޭޑިއަންޓަށް ފަސޭހަ މޮޅެއް
މެޗްގައި ބްރެޒިލްގެ ޑޮރިއެލްޓަން ވަނީ ވަނީ ނިއުއަށް ކުޅެދިން ފުރަތަމަ މެޗްގައިގައި ހެޓްރިކް ހެދުމުގެ ޝަރަފް ހޯދާފައެވެ
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.