ލިލީގެ މަންޒަރެއް...
ހަބަރު
21 Dec 2025 | 09:50
ލިލީ މިރޭ އޮލިމްޕަހަށް، ފިލްމަށް ކަޅިއެއް

އަޒްހާން އިބްރާހިމް ލިޔެ ޑައިރެކްޓު ކޮށްފައިވާ ދިވެހި ފިލްމު “ލިލީ” މިރޭ އޮލިމްޕަސް ސިނަމާގައި ރީ-ރިލީޒް ކުރަން ހަމަޖެހިފައިވާއިރު މި ފިލްމުގެ ވާހަކަ އެންމެ ފުރަތަމަ އަޑު އިވުނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. މުޅި މާލެއަށް ލިލީތަކެެއް ބަހައި ފިލްމުގެ ނަން ލޯންޗު ކުރިއިރު އެހާ ހިސާބުން ފެށިގެން އާންމުންގެ ސަމާލުކަން ފިލްމުން ހޯދި އެވެ. މިދިޔަ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ފިލްމު އޮލިމްޕަހުގައި އެޅުވިއިރު މިފިލްމާ ބީރައްޓެހި އެކަކުވެސް ހުންނާނެ ހެންނެއް ހިއެއް ނުވެއެވެ.

އޮލިމްޕަސް ހޯލު ލިބުމުގައި ދަތިތަކެއް ހުރުމާއެކު އޭރު “ލިލީ” ފިލްމުން 13 ޝޯވ ދައްކާފައި ޖެހުނީ އޮލިމްޕަހުން ނިކުންނާށެވެ. އާންމުންގެ ބޮޑު ތަރުހީބަކާއެކު 13 ޝޯވެސް ދެއްކީ ހައުސްފުލްކޮށެވެ. އޭގެ ތެރޭގައި މެންދުރު ޝޯވތަކާއި ދަންވަރު ޝޯވތައްވެސް ހިމެނެ އެވެ.

އާންމުންގެ ޑިމާންޑާއެކު “ލިލީ” އަނެއްކާވެސް އޮލިމްޕަހުގައި އަޅުވާއިރު މި ފިލްމު ބަލައިލުމުގެ ފުރުސަތު އަހަރެންނަށް ލިބުނެވެ. ފިލްމު ސްޕޮއިލް ނުވާނެހެން މީގެ ވާހަކަ ދައްކަން ހިނގާށެވެ.

ގެވެށި އަނިޔާ ވަރަށް ތަފާތު ނަޒަރަކުން

މީގެ ކުރިން އެތައް ދިވެހި ފިލްމެއް ވަނީ ގެވެށި އަނިޔާގެ މައްޗަށް ތައްޔާރުކޮށްފަ އެވެ. ހާއްސަކޮށް މި އަހަރު ނިކުތް ގިނަ ފިލްމުތަކެއްގައި އަނިޔާގެ ވާހަކަ ވަރަށް ތިލަކޮށް ވަނީ ގެނަސްފީފަ އެވެ. އެހެންނަމަވެސް “ލިލީ” ގައި ފެނުނީ ތަފާތު ނަޒަރިއްޔާތަކުން މިވާހަކަތައް އަލުން ގެނަސްދީފަ އެވެ. ހުތުރު ބަހުރުވައާއި މަންޒަރުތަކެއް ނުހިމަނައި އަނިޔާ ގެނަސްދިނީ އަނިޔާ ލިބޭ މީހާގެ އިހުސާސްތަކުންނެވެ. ފިލްމުގައި ދައްކުވައިދިނީ އަނިޔާ ލިބޭ މީހާގެ ވޭނާއި އޭނާގެ ކެކުޅުންތަކެވެ. މަންޒަރުތައް އަތުރާލާފައިވަނީ ހަމަ ކޮންމެ މީހެއްގެވެސް ހިތާއި ކުޅެލާފަދަ އަސަރުގަދަ ގޮތަކަށެވެ.

އާންމު ކުށްތަކުގެ ވާހަކަ

ފިލްމުގައި ކިޔައިދިން ވާހަކަތަކުގެ ތެރޭގައި ރާއްޖޭގައި އާންމުކޮށް ހިނގާ ކުށްތައް ގެނަސްދީފައި ވެއެވެ. ހަށި ވިއްކުމުގެ ކުށަކީ ފަހުގެ ތާރީހުގައި ރާއްޖޭގައި އިތުރުވަމުން އައިސްފައިވާ ނުރައްކާތެރި މައްސަލައެކެވެ. މި މައްސަލައަށް އަލިއަޅުވާލައި މީގެ ސަބަބުން އުފެދޭ އެހެނިހެން މައްސަލަތަކާއި ކުށްތަކަށް އަރައިގަންނަ މީހުން އެކަން ކުރަނީ މުޖުތަމައުގެ ކޮން ކޮން ގޮންޖެހުމަކާއިއެކުކަންވެސް ވަނީ ކިޔައިދީފަ އެވެ. މީގެ އިތުރުން ހަށި ގަންނަ މީހާއާއިމެދުވެސް “ލިލީ” ގައި ވަނީ ސުވާލު އުފައްދައިފަ އެވެ.

އާއިލީ މައްސަލަތަކާއި ގޯސްކަމެެއް ވަށައިގެން ހިނގާއިރުމެ މުޖުތަމައުއިން ހަނު ތިބުމުގެ ނުބައި އާދައިގެ ވާހަކަވެސް ފިލްމުގައި ގެނަސްދީފައި ވެއެވެ. މިކަންކަން ގެނަސްދިންއިރު އާންމުންނަށް މައްސަލައިގެ ސީރިއަސްކަން ވަރަށް ތިލަކޮށް ބުނެދީފައިވެ އެވެ.

މީގެ އިތުރުން ނަފްސާނީ ބަލިމަޑުކަމުގެ ވާހަކަވެސް ނުސީދާކޮށް ވަނީ ބުނެދީފަ އެވެ. އެންމެ ކައިރީގައި ހުންނަ މީހާގެ ނަފްސާނީ މައްސަލައެއް ހުންނަކަން ދެނެގަތުމަކީވެސް އެކަމާމެދު ވާހަކަ ނުދައްކާހާ ހިނދެއްގައި އުނދަގޫ ވެދާނެ ކަމެއްކަން ފިލްމުގައި ވްނީ ބުނެދީފަ އެވެ.

އާ މަންޒަރުތަކެއް އިތުރުކޮށްފި

“ލިލީ” އަލުން އޮލިމްޕަހަށް އަންނައިރު އެންމެ ގިނަ ބަޔަކު ސަޕްރައިޒް ކޮށްލީ މަގްބޫލު ފިލްމީ ތަރި ޔޫސުފް ޝަފީއު، ޔޫއްޕެ އާ ޓްރެއިލާގައި ފެނުމެވެ. ފުރަތަމަ ލިލީ އެޅުވިއިރު ޔޫއްޕެގެ މަންޒަރެއް ނެތެވެ. އަލުން ފިލްމު އަޅުވާއިރު ޔޫއްޕެގެ މަންޒަރެއް ހިމަނާފައިވަނީ ގެސްޓު އެޕިއަރެންސެއްގެ ގޮތުގަ އެވެ. މިއީ ކުރިން ފިލްމު އެޅުވިއިރު އާންމުންގެ ގިނަ ބަޔަކު އުފެއްދި ސުވާލުތަކަކަށް ޖަވާބު ލިބޭނެ ސީންއެއް ކަމަށް “ލިލީ” ގެ ޓީމުން ވަނީ ބުނެފަ އެވެ.

“ލިލީ” ދެން ސިނަމާގައި ދައްކާނީ ކިހާ ދުވަހެއް ވަންދެންކަން ޓީމުން ހާމައެއް ނުކުރެ އެވެ. އެހެންނަމަވެސް މިހާރުވެސް ފިލްމަށް އޮތް ބޮޑު ޑިމާންޑާއެކު ޝޯވތައް ދަނީ ހައުސްފުލް ވަމުންނެވެ. ޓިކެޓު ވިއްކަނީ އޮލިމްޕަސް ޓެކެޓު ކައުންޓަރުންނެވެ. މީގެ އިތުރުން ވެބްސައިޓު މެދުވެރިކޮށް އައި ވައިބާ މެދުވެރިކޮށްވެސް ޓިކެޓު ގަނެވޭނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.