ކްރިމިނަލް ކޯޓް-
ހަބަރު
22 Dec 2025 | 10:53
ފޮޓޯ ނަގަން ސައުދީ އެމްބަސީގެ ފުރާޅަށް އެރި ޒުވާނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

ރާއްޖޭގައި ހުންނަ ސައުދީ އަރަބިއްޔާގެ އެމްބަސީގެ ފުރާޅު މައްޗަށް އެރި އުމުރުން 19 އަހަރުގެ ޒުވާނާގެ ބަންދަށް އިތުރު ތިން ދުވަސް ދީފި އެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޒުވާނާ ކުރެވެނީ ހުއްދަނޫން ތަނަކަށް ވަނުމުގެ ތުހުމަތެވެ.

އެ ޒުވާނާގެ ބަންދު އަމުރުގައިވާގޮތުން، އޭނާ އެ ކުށްކުރިކަމަށް ތުހުމަތުކުރެވޭ މިންވަރަށް ހެކިހުށަހަޅާފައިވެއެވެ. އަދި އޭނާ ހައްޔަރު ކޮށްފައިވަނީ އިޖުރާއަތާ އެއްގޮތަށް ކަމަށްވެސް ބުނެފައިވެއެވެ.

ޒުވާނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން، ފުރާޅަށް އެރި އިރު، އެ އެރުނީ ސަޢުދީ ޢަރަބިއަން އެމްބަސީގެ ފުރާޅަށްކަން އޭނާއަށް ނޭނގޭކަމަށް ބުނިކަމަށް ބަންދު އަމުރުގައިވެއެވެ. 

އަދި، އެތަނުގައި އެފަދަ ނިޝާނެއް އިންކަމެއް ފާހަގަ ނުކުރެވޭކަމަށާއި އޭނާ އެތަނުގެ ފުރާޅަށް އެރީ އެ ތަނުގައި މީހުން ފޮޓޯ ނަގާފައި ހުންނަ ތަން ފެންނާތީ، ފޮޓޯ ނަގަން ކަމަށް ބުނި ކަމަށްވެސް އަމުރުގައިވެއެވެ. 

” ނަމަވެސް، އެތަނަށް އެރުމަށްފަހު، 10 ވަރަކަށް މިނެޓް ތެރޭގައި، އެތަނުން ފައިބާފައިވާނެކަމަށާއި އެތަނަށް އެރުމުން މީހުން ބަލާތީ، ކުރެވުނީ ރަނގަޅު ކަމެއް ނޫންކަމަށް އިޙްސާސް ކުރެވިގެން ފޭބީ ކަމަށް“ އޭނާ ބުނިކަމަށް ބަންދު އަމުރުގައި ފާހަގަކޮށްފައިވެއެވެ. 

އޭނާއަކީ މީގެ ކުރިން ދުވަހަކުވެސް މިފަދަ ތަނަކަށް ގެނެވި މިފަދަ ކަމެއް ކޮށްފައިވާ މީހެއް ނޫންކަން ފާހަގަކޮށް، އެކަމަށް އޭނާ މާފަށްވެސް އެދިފައިވާ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ބަންދު އަމުރުގައި ވާގޮތުން އޭނާއަކީ މީގެ ކުރިން ހައްޔަރު ބަންދު ލޮގް އޮތް މީހެއް ނޫނެވެ.

މައްސަލަ ބެއްލެވި ގާޒީ އެންމެ ފުރަތަމަ، އޭނާގެ ބަންދަށް ޖެހީ ފަސްދުވަސް ޖެހީ ފަސް ދުވަހެވެ. އެ މުއްދަތު ހަމަ ވުމުން އިއްޔެ ވަނީ 3 ދުވަސް ޖަހާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.