މާލެ ކައިރި
ހަބަރު
22 Dec 2025 | 17:58
ސިއްހަތަށް ނުރައްކާވާފަދަ ދަރަޖައަކަށް މާލެ ސަރަހައްދު ވައިނުސާފް ވެއްޖެ

ސިއްހަތަށް ނުރައްކާވާފަދަ ދަރަޖައަކަށް މިއަދު މާލެ ސަރަހައްދުގެ ވައި ނުސާފްވެއްޖެއެވެ.

ހެލްތު ޕްރޮޓަކްޝަން އޭޖެންސީ، އެޗްޕީއޭއިން މިއަދު ނެރެފައިވާ ވައި ސާފު މިންވަރު ހުންނަ މިންވަރު އަންގައިދޭ މިންގަނޑަށް ބަލާއިރު، ވިލިމާލެ އާއި ދ.ކުޑަހުވަދޫ ސަރަހައްދުގެ ވައިނުސާފްކަން ހުރީ ހުރިހާ އެންމެންގެ ސިއްހަތަށް ނުރައްކާވާފަދަ މިންގަނޑަކަށެވެ. އެގޮތުން އެޗްޕީއޭއިން ވަނީ އެ ސަރަހައްދަށް ރެޑް އެލާޓް ނެރެފައެވެ. 

އެގޮތުން މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ 170 ގައި ހުރިއިރު ކުޑަހުވަދޫ ސަރަހައްދުގެ މިންގަނޑު ހުރީ 165 ގައެވެ. ވައި ނުސާފް މިންގަނޑު 200-150 ގައި ހުންނަނަމަ އޭގެ މާނައަކީ ސިއްހީގޮތުން ނޭދެވޭ އަސަރުތައް ކުރުމާއި ފުއްޕާމެއާއި ހިތުގެ ބަލިތައް ބޮޑުވުމުގެ ނުރައްކާތެރިކަން ހަމަ އެންމެނަށްވެސް އޮތްކަމެވެ. 

ށ.ފުނަދޫ އަދި ލ.ގަން އަދި އައްޑޫސިޓީގެ ވައިގެ ކޮލިޓީ ހުރީ މެދުމިނުގައި ހުރިއިރު އެލާޓް ލެވެލް ހުރީ ރިނދޫގައެވެ. މާނައަކީ ނޭވާލާ ނިޒާމުގެ މައްސަލަތައް ޖެހުމުގެ ފުރުސަތު ބޮޑު، އަދި ނާޒުކު ހާލުގައިވާ ފަރާތްތައް ބޭރުގައި އުޅުމުން ދުރުވާންޖެހެއެވެ.

ކޮންމެ އަހަރެއްގެވެސް އިރުވައިމޫސުން ފެށޭ ދުވަސްކޮޅާ ދިމާވާއިރު، ވައިނުސާފުވެ ދުރު ފެންނަ ނިސްބަތް ވަރަށްބޮޑަށް ދަށްވެގެން ދެއެވެ. ވައިސާފް ވާނޭ ދުވަހެއް ކަނޑައެޅިގެން ބުނަން ނޭނގުނު ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މި މައްސަލަ ދިމާވާނޭކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

އެޗްޕީއޭއިން ވަނީ ވައިނުސާފްވުމުން ލިބިދާނޭ ގެއްލުންތަކުން ސަލާމަތްވުމަށް ދީފައިވާ އިރުޝާދުތަކަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
އައިސަން
ފައިސާވެރިންނަށް ފުރައިގެން ދެވޭނެ ވައި ސާފު ގައުމުތަކަށް. ބިކާރީން ތިބޭނީ ގައުމުގަ ނޭވާ ނުލައި
23 Dec 2025
ގުޅޭ ލިޔުންތައް
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
އައިއޯއެމްއާ ގުޅިގެން ޓްރެފިކިން ހުއްޓުވުމުގެ މަޝްވަރާ ބާއްވައިފި
އައިއޯއެމްގެ ޗީފް އޮފް މިޝަން ކޮމިޝަނަރ އޮފް ޕޮލިސްއާ ބައްދަލުކުރައްވައި، މީހުން ޓްރެފިކްކުރުމުގެ ތަޙުޤީޤުތައް ހަރުދަނާކުރުމާއި ބޯޑަރު ހުރަސްކޮށް ހިންގާ ކުށްތައް ހުއްޓުވުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.