މިއަދު ބޭއްވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން: ފޮޓޯ/ ޕޮލިސް
ހަބަރު
23 Dec 2025 | 14:33
ތަކުރާރުކޮށް ވައްކަންކުރާ ހާހެއްހާ މީހުން؛ މިއަހަރު އެކަނިވެސް އެކަކު 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރި

ތަކުރާރުކޮށް ވައްކަންކުރާ ހާހެއްހާ މީހުން އުޅޭ ކަމަށާ، އޭގެ ތެރެއިން ބައެއް މީހުން މި އަހަރު އެކަނިވެސް 100 އަށްވުރެ ގިނަ ފަހަރު ހައްޔަރުކުރެވިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭގެ ފްރޮންޓްލައިން އޮފް ޕޮލިސިން ގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ރަޝީދު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅޭ މައްސަލަތަކަށް ބަލާލާއިރު މައިގަނޑު ދެ ސަބަބެއް ފާހަގަވެފައިވާ ކަމަށެވެ. 

އެއްސަބަބަކީ ތަކުރާރުކޮށް ކުށް ކުރާ ފަރާތްތައް، ގާތްގަނޑަކަށް 1000 މީހުން އެބައުޅޭ ތަކުރާރުކޮށް ކުށްކުރާ. 1000 މީހުން ގާތްގަނޑަކަށް މި ހުރިހާ ކުށްތަކެއްގައި މިއުޅެނީ. 

މާލޭގެ ފްރޮންޓްލައިން އޮފް ޕޮލިސިން ގެ ހެޑް ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އަބްދުالله ރަޝީދު 

އަބްދުالله ވިދާޅުވީ، ކުށްތަކުގެ މައްސަލަތަކުގައި ތަކުރާރުކޮށް ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މިއަހަރު މިހާތަނަށް 50 ފަހަރު ހައްޔަރުކުރެވިފައިވާ މީހެއްވެސް ހުރި ކަމަށާ، އަދި 586 ފަހަރު ހުއްޓުވައި ސުވާލުކުރެވިފައި ހުރި މީހުންވެސް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 128 ހައްޔަރު ކިރެވި 1012 ފަހަރު ހުއްޓުވައި ސުވާލު ކުރެވުނު މީހުންވެސް ތިބި ކަން ފާހަގަކުރެއްވިއެވެ. 

އެފަދަ މީސްމީހުން މަގުމަތީގައި އުޅުމަކީ ކުށް ހިނގަން ދިމާވާ ވަރަށް ބޮޑު ސަބަބެއްކަމަށާ މި މައްސަލަ ހައްލުކުރުމަށް މިހާރު މަސައްކަތް ފަށާފައިވާކަމަށް އަބްދުالله ވިދާޅުވިއެވެ

"ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީީހާއި ކްރިމިނަލް ކޯޓާއި އަދ އަޅުގަނޑުމެންނާ ގުޅިގެން މިދިޔަ މަހުން ފެށިގެން މިއުޅެނީ ފަށައިގެން ރިޕީޓް އޮފެންޑާސްތަކުގެ ތެރެއިން އެންމެ ގިނައިން ކުށްތަކުގައި އުޅޭ ފަރާތްތަކުގެ ލިސްޓެއް ނަގައިގެން، އަޅުގަނޑުމެން ތިން ފަރާތް އިށީނދެގެން މީގެތެރެއިން މުޖުތަމަޢުން އެކަހެރިކުރުމަށް ޙުކުމްކުރަންޖެހޭ މީހުންނަށް ވީހާވެސް އަވަހަށް ޙުކުމްކުރުމަށް މަސައްކަތް ފަށައިގެން މިއުޅެނީ. މީގެ ނަތީޖާ ހައެއްކަ މަހުން ފެންނާނެ." ޢަބްދުالله ރަޝީދު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
23 Sep 2026
އޭޝިއަން ގޭމްސްގެ ޓީޓީ މިކްސްޑް ޑަބަލްސްގައި ރާއްޖެއަށް ތާރީޚީ ކާމިޔާބެއް
މި ކާމިޔާބީ ހާސިލްކުރީ ރާއްޖެ ތަމްސީލުކުރާ އައިޝަތު ރަފާ ނާޒިމާއި މޫސާ މުންސިފް އަޙްމަދުގެ ޕެއާއިންނެވެ. ރައުންޑް އޮފް 32 ގައި އެ ދެ ކުޅުންތެރިން ނުކުތީ މޮންގޯލިއާގެ ބިލްގޫން އަންކްބަޔާރާއި އަންޚްމާ ސަރޫދާ ދެކޮޅަށެވެ.
23 Sep 2026
މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފި
އޮކްޓޫބަރުގައި ހުޅުމާލޭގައި ބާއްވާ އުފެއްދުންތެރިކަމުގެ މަޢުރަޒަށް 6000 އަށްވުރެ ގިނަ އުފެއްދުން ރަޖިސްޓަރކޮށްފައިވާއިރު މިއީ މިދިޔަ އަހަރަށްވުރެ 2000 އުފެއްދުމުގެ އިތުރުވުމެކެވެ.
23 Sep 2026
ޕީއައިއޭގެ ފްލީޓް ބޮޑުކޮށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ނިންމައިފި
މި ކަން ހާމަކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ޕީއައިއޭގެ ހެޑް އޮފީހުގައި އެ ކުންފުނީގެ އިސްވެރިންނާ ކުރެއްވި ބައްދަލުވުމެއްގައެވެ. އެ ބައްދަލުވުމުގައި ޕީއައިއޭގެ ސީއީއޯ އެއާ ވައިސް މާޝަލް މުހައްމަދު އާމިރު ހަޔާތު ވިދާޅުވީ، ފްލީޓަށް ބޯޓުތައް ލިބުނުހާ އަވަހަކަށް ރާއްޖެއަށް ސީދާ ދަތުރުތައް ފެށޭނެ ކަމަށެވެ. މިވަގުތު ޕާކިސްތާނާ ރާއްޖެއާ ދެމެދު ސީދާ ދަތުރުތައް ނޯވެއެވެ
23 Sep 2026
ފޮރިން އިންވެސްޓްމަންޓް ޤާނޫނަށް ޢަމަލުނުކުރާ ބޭރުގެ އަށް ކުންފުންޏެއްގެ މަޢުލޫމާތު ހާމަކޮށްފި
2024 ވަނަ އަހަރު ތަޞްދީޤުކުރެވުނު ފޮރިން އިންވެސްޓްމަންޓް ޤާނޫނުގެ ދަށުން ދިވެހީންނަށް ޚާއްޞަ ބައެއް ދާއިރާތަކުން ބޭރުގެ ވިޔަފާރިތައް ރާއްޖޭގައި ކުރުން ވަނީ މަނާވެފައެވެ
23 Sep 2026
އެލް ނީނޯގެ ގަދަ ހޫނުގައި ހަތަރު ލައްކައަށް ވުރެ ގިނަ މީހުން މަރުވެދާނެ ކަމަށް ލަފާކޮށްފި
ޔުނިވަރސިޓީ އޮފް ޗިކާގޯގެ ދިރާސާއަކުން ދައްކާ ގޮތުގައި އެލް ނީނޯގެ ގަދަ ހޫނުގެ ސަބަބުން ފެބްރުއަރީގެ ނިޔަލަށް 451،000 މީހުން މަރުވެދާނެއެވެ. އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނީ ފަގީރު ޤައުމުތަކަށެވެ