ސުވެންދޫ
ދުނިޔެ
28 Dec 2025 | 10:15
އިސްރާއިލުން ޣައްޒާއަށް ދިން ”ފިލާވަޅު“ ބަންގްލަދޭޝްއަށްވެސް ދޭން ޖެހޭ: ބީޖޭޕީ ލީޑަރެއް

ބަންގްލަދޭޝްގައި ދެ ހިންދޫ ރައްޔިތަކު މަރާލުމާ ގުޅިގެން، ވެސްޓް ބެންގާލްގެ އިދިކޮޅު ލީޑަރު އަދި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ލީޑަރު ސުވެންދޫ އަދިކާރީ، ބަންގްލަދޭޝްއާ މުސްލިމުންނާ ދެކޮޅަށް ޤަތުލުޢާއްމު ހިންގުމަކީ ކުރަންޖެހޭ ކަމެއްކަމަށް ދޭހަވާ މޭރުމުން ވާހަކަދައްކައިފިއެވެ.

އެގޮތުން އޭނާ ބުނީ، ހައްދުފަހަނައަޅާފައިވާ އިސްރާއިލުން ޣައްޒާގައި ހިންގި ޤަތުލުޢާއްމަކީ ޣައްޒާއަށް ދިން ”ފިލާވަޅެއް ކަމަށް“ ބުނެ އެފަދަ ”ފިލާވަޅެއް“ ބަންގްލަދޭޝްއަށްވެސް ދޭންޖެހޭ ކަމަށް ބުނެފައެވެ.

”(ބަންގްލަދޭޝްއަށް) ރަނގަޅު ފިލާވަޅެއް ދޭން އެބަޖެހޭ. އިސްރާއިލުން ޣައްޒާއަށް ދިން ކަހަލަ ފިލާވަޅެއް ދޭން ޖެހޭ. އިންޑިޔާގައި 100 ކޮރޯޑް ހިންދޫއިން އުޅޭ. މި ސަރުކާރަކީވެސް ހިންދޫއިން ހައްގުގައި މަސައްކަތްކުރާ ސަރުކާރެއް. (ބަންގްލަދޭޝްއަށް) ފިލާވަޅެއް ދޭން ޖެހޭ. ’އޮޕްރޭޝަން ސިންދޫރް‘ އިން ޕާކިސްތާނަށް ދިން ކަހަލަ ފިލާވަޅެއް.“ ބީޖޭޕީ ލީޑަރު ބުނެފައިވެއެވެ.  

އަދިކާރީގެ މި ވާހަކަތަކާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އޭނާއަށް ފާޑުކިޔައި އެ ވާހަކަތަކަކީ ޓެރަރިޒަމްއަށް މަގުފަހިވާގޮތަށް އެކަމަށް ހިތްވަރުދޭ ވާހަކަތަކެއް ކަމަށް ބުނަމުންނެވެ.

އެގޮތުން ވެސްޓް ބެންގާލްގެ ޓްރިނަމޫލް ކޮންގްރެސް (ޓީއެމްސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ނަފްރަތާއި ހައްދުފަހަނަޅާ ދިޔުމަކީ ބީޖޭޕީގެ ސިފައެއް ކަމުގައެވެ.

"ސުވެންދޫ ބުނަނީ ޣައްޒާއަށް އިސްރާއިލުން ފިލާވަޅު ދިން ފަދައިން ބަންގްލަދޭޝްއަށް ފިލާވަޅު ދޭން ޖެހޭނެ ކަމަށް. އޭނާ އެ ވާހަކަ ދައްކަނީ މުސްލިމުންގެ ނަސްލު ނައްތާލުމާ ބެހޭ ގޮތުން." ޓީއެމްސީން ބުނެފައިވެއެވެ.

މީގެ އިތުރުން ޓީއެމްސީއިން ފާހަގަކޮށްފައިވަނީ، ސުވެންދޫގެ މި ވާހަކަތަކަކީ މީހުން މެރުމަށާއި ނަސްލު ނައްތާލުމަށް ގޮވާލުން ކަމަށެވެ.

ކަންމިހެން ހުރި ނަމަވެސް، މިކަމާ ގުޅިގެން އޭނާއާ ދެކޮޅަށް އެއްވެސް މައްސަލައެއް ފުލުހަށް ހުށަހަޅާފައި ނުވާ ކަމަށާއި، ހައްޔަރުކޮށްފައި ނުވާ ކަމަށާއި އަދި އެއްވެސް ފިޔަވަޅެއްވެސް އަޅާފައި ނުވާ ކަން ފާހަގަކޮށް ޓީއެމްސީއިން ވަނީ ފާޑުކިޔާފައެވެ.

ޑިސެމްބަރު 18 ވަނަ ދުވަހު ޑާކާގައި ހިންދޫ އެއް ކަމަށްވާ ދީޕޫ ޗަންދުރާ ދާސް މަރާލެވިފައިވާއިރު، ޑިސެމްބަރު 24 ވަނަ ދުވަހު ރާޖްބާރީގެ އަމްރިތު މަންޑަލް ނަމަކަށް ކިޔާ ހިންދޫއެއް ވަނީ މަރާލާފައެވެ. އޭނާ މަރާލީ ފައިސާތަކެއް ނަގަން އުޅުނު ކަމުގެ ތުހުމަތުގައި ގުރޫޕެއްގެ މީހުން ހަމަލާދީ އެވެ. 

އެކަމާ ގުޅިގެން އިންޑިޔާގެ ހިންދޫއިން އަންނަނީ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާތަކުގައި ބީޖޭޕީ ލީޑަރު ސުވެންދޫ ވެސް އަންނަނީ ބައިވެރިވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ހަގީގަތުގައިވެސް އިބޫގެ ތާއީދު ފައިސަލްއަށް އެބައޮތްހެއްޔެވެ؟
މިއަދު ހެނދުނު ރާއްޖޭގެ މަޝްހޫރު ޓީވީ ޗެނަލެއްގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާނެކަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމު އިއުލާންކުރެއްވި މަންޒަރު ފެނުނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިޙްގެ ތާއީދާއެކު ފައިސަލް ނަސީމާއި އާދަމް އާޒިމްގެ ޕެއަރ ނިކުންނަ ވާހަކަތަކުގެ އަޑު ސިޔާސީ މަސްރަހުގައި ހަރުލާފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.