އެހީދޭ ޖަމާޢަތެއް-
ދުނިޔެ
31 Dec 2025 | 09:44
ޣައްޒާގައި މަސައްކަތްކުރާ އިންސާނީ އެހީދޭ ޖަމާއަތްތަކުގެ ހުއްދަ ބާތިލްކުރަން އިސްރާއީލުން ފަށައިފި

ޣައްޒާގެ ހުޅަނގު އައްސޭރީގައި އިންސާނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ބައިނަލްއަގުވާމީ ޖަމާއަތްތަކުގެ މަސައްކަތްތައް ހުއްޓުވުމަށްޓަކައި، އެ ޖަމާއަތްތަކަށް ދޫކޮށްފައިވާ ހުއްދަތައް ބާތިލްކުރަން ހައްދުފަހަނައަޅާފައިވާ އިސްރާއީލް ފަށައިފިއެވެ.

އިސްރާއީލުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފައިވާ ގޮތުގައި، އިންސާނީ އެހީ ފޯރުކޮށްދޭ 37 ޖަމާއަތެއްގެ ހުއްދަ ބާތިލްކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު 'ޑޮކްޓާސް ވިތައުޓް ބޯޑާސް' (އެމް.އެސް.އެފް) އާއި 'އެކްޝަން އެއިޑް' ފަދަ މުހިންމު ޖަމާއަތްތައް ހިމެނެއެވެ. މި ނިންމުން ނިންމާފައިވަނީ އެ ޖަމާއަތްތަކުން ފުރިހަމަކުރަންޖެހޭ ރަޖިސްޓްރީ ކުރުމުގެ އިޖުރާއަތްތައް ފުރިހަމަކޮށްފައި ނުވާކަމަށް ބުނެއެވެ.

އިސްރާއީލުގެ 'ޔެދިއޮތް އަހްރޮނޮތް' ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، 12 އަށްވުރެ ގިނަ ބައިނަލްއަގުވާމީ ޖަމާއަތަކަށް މިހާރު ވަނީ ރަސްމީކޮށް ނޯޓިސް ފޮނުވާފައެވެ. އެ ނޯޓިސްގައިވާ ގޮތުން، އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެ ޖަމާއަތްތަކުގެ ހުއްދަ ބާތިލްވާނެއެވެ. އަދި އަންނަ މާޗް މަހުގެ 1 ވަނަ ދުވަހުގެ ކުރިން އެ ޖަމާއަތްތަކުގެ ހުރިހާ ހަރަކާތްތަކެއް އެ ސަރަހައްދުތަކުގައި ހުއްޓާލުމަށް ވަނީ އަމުރުކޮށްފައެވެ.

މި ފިޔަވަޅު އެޅުމުގެ އިސްކޮޅުގައި ހުރީ އިސްރާއީލުގެ 'މިނިސްޓްރީ އޮފް ޑަޔަސްޕޯރާ އެފެއާޒް އެންޑް ކޮމްބެޓިން އެންޓިސެމިޓިޒަމް' އިން އެކުލަވާލާފައިވާ ޚާއްސަ ޓީމެކެވެ.

އެ މިނިސްޓްރީން ބުނެފައިވަނީ، ބައެއް ޖަމާއަތްތަކުން "ޓެރަރިސްޓް" ހަރަކާތްތަކުގައި ބައިވެރިވާ ފަލަސްތީނު މުވައްޒަފުން ވަޒީފާގައި ބައިތިއްބާ ކަމަށެވެ. އަދި ސަލާމަތީ ގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްޓަކައި މުވައްޒަފުންގެ ފުރިހަމަ ލިސްޓު ހުށަހެޅުމަށް އެންގުމުން، ބައެއް ޖަމާއަތްތަކުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށްވެސް އިސްރާއީލުން ތުހުމަތުކުރެއެވެ.

މިއީ އިދާރީ ނިންމުމެއްގެ ގޮތުގައި ދެއްކި ނަމަވެސް، މީގެ އަސްލު މަގްސަދަކީ ފަލަސްތީނުގައި އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުންދާ ޖަމާއަތްތަކުގެ މަސައްކަތަށް ހުރަސްއަޅައި، އެ ޖަމާއަތްތަކުގެ މައްޗަށް ބާރު ފޯރުވުމެވެ.

އަދި އިސްރާއީލުގެ ސިޔާސަތުތަކަށް ފާޑުކިޔާ ނުވަތަ އިސްރާއީލް ބޮއިކޮޓް ކުރުމަށް ފާއިތުވި ހަތް އަހަރު ތެރޭގައި ތާއީދުކޮށްފައިވާ އެއްވެސް މީހަކު ވަޒީފާގައި ބަހައްޓާ ޖަމާއަތަކަށް ފުރުސަތު ނުދޭނެ ކަމަށްވެސް އިސްރާއިލުން ވަނީ ބުނެފައެވެ.

މި ނިންމުމަކީ ފަލަސްތީނުގެ ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ އދ. ގެ އެޖެންސީ (އުންރުވާ) ގެ ހަރަކާތްތައް އިސްރާއީލުގައި މަނާކުރުމަށް އެޖަމާއަތުގެ ގާނޫނު ހަދާ މަޖިލިސް، ކްނެސެޓުން 2024 ވަނަ އަހަރު ފާސްކުރި ގާނޫނަށްފަހު، އިންސާނީ އެހީއަށް ހުރަސްއެޅުމަށް އިސްރާއީލުން އަޅަމުންދާ އިތުރު ހަރުކަށި ފިޔަވަޅެކެވެ. އުންރުވާއިން ވަނީ އިސްރާއީލުގެ މިފަދަ ނިންމުންތަކާ ދެކޮޅު ހަދައި، އެ އެޖެންސީގެ މުސްތަގިއްލުކަން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.