ޣައްޒާ އަންހެނަކު ތުއްތު ކުއްޖަކު ގޮވައިގެން: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
01 Jan 2026 | 11:02
ޣައްޒާގެ އަންހެނުންގެ ހިތްދަތި ވާހަކަތައް، ”ދިރިއުޅެނީ އެއް ރޮށި ދަރިންނަށް ބަހާލައިގެން ހައިބަނޑާ“

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ޤަތުލުޢާއްމުގެ ތެރޭގައި، އެ ސިޓީގެ އަންހެނުން ތަހައްމަލްކުރަމުންދާ ބިރުވެރި އަދި ދަތި ހާލަތްތައް އެމީހުންގެ ދުލުން ކިޔައިދީފިއެވެ 

ކާބޯތަކެތީގެ ތަދާއި، ފިނި މޫސުމުގެ ގަދަ ފިންޏާއި، މެދުނުކެނޑި ދެމުންދާ ހަމަލާތަކުގެ ތެރޭގައިވެސް، ޣައްޒާގެ އަންހެނުން ދަނީ އެމީހުންގެ އާއިލާތަކަށްޓަކައި އަމިއްލަ ނަފްސު ގުރުބާންކުރަމުންނެވެ.

އިސްރާއީލުން ޣައްޒާއަށް ވަންނަ އެހީގެ ސާމާނާއި، ފޭލިގެ ފަދަ ޒަރޫރީ ތަކެތި ހިފަހައްޓަމުން ދާއިރު، ޣައްޒާގެ މައިން ދަނީ ބަނޑުހައިހޫނުކަމުގެ ތެރޭގައި އެމީހުންގެ ދަރިންގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތް ކުރަމުންނެވެ. ޣައްޒާގައި މައެއްގެ ލޯތްބަކީ އިސްރާއީލުގެ އަނިޔާވެރިކަމާ ދެކޮޅަށް ކުރެވޭ ވަރުގަދަ ޖިހާދަކަށް ވަނީ ވެފައެވެ.

ޒައިތޫން އަވަށުން ރެފިއުޖީއަކަށް ވެފައިވާ ސޫޒަން ކިޔައިދިން ގޮތުގައި، އޭނާ މުޅި ރޭ ހޭދަކުރަނީ އޭނާގެ ތުއްތު ދަރިފުޅު ފިންޏާއި ވާރެއިން ސަލާމަތްކުރުމަށްޓަކައި ދަރިފުޅު އަތްދަނޑިމައްޗަށް ލައިގެންނެވެ.

"އަހަރެމެން އަތުގައި އޮތީ އެންމެ ތިން ރަޖާ. އެއީ ދަރިންނަށް. އަހަރެން ފިނިވިޔަސް ހެޔޮ، އެކަމަކު މި ފިނީގައި އަހަރެންގެ ދަރިންނަކަށް ކެތެއް ނުކުރެވޭނެ،" އޭނާ ބުންޏެވެ.

މިފަދަ ވާހަކަތަކަކީ މިއަދު ޣައްޒާގެ ކޮންމެ މައެއްގެ ދުލުން އިވޭ ހިތްދަތި އަޑުތަކެވެ.

ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ހޭދަކުރަމުންދާއިރު އެސިޓީއަށް ނިސްބަތްވާ، މައިސޫން ފަދަ އެތައް މައިންނެއް ވަނީ އެމީހުންގެ ކާނާ ދަރިންނަށް ދީފައެވެ.

"އަހަރެންނަށް ލިބެނީ އެންމެ ރޮއްޓެއް. އެ ރޮށި ކުދިކޮށް ކޮށާލައިގެން ދަރިންނަށް ދެނީ. އެކުދިން ކެއުމުން އަހަރެންގެ ބަނޑު ފުރޭ ފަދަ،" މައިސޫން ބުންޏެވެ.

މީގެ އިތުރުން ޣައްޒާގެ އަންހެނުންނަށް ކުރިމަތިވެފައިވާ އަނެއް ބޮޑު ގޮންޖެހުމަކީ ސިއްހީ އަދި އަމިއްލަ ސާފުތާހިރުކަމުގެ މައްސަލަތަކެވެ. ފާޚާނާ ކުރުމާއި ފެންވެރުމުގެ މިނިވަންކަމެއް ނެތް އިރު، އެތައް ބަޔަކާއެކު އެއް ފާޚާނާއެއް ބޭނުންކުރަން ޖެހުމަކީ އެމީހުންގެ ނަފްސުގެ އިއްޒަތާއި ގަދަރަށްވެސް އަސަރުކުރާ ކަމެކެވެ. އަދި، މައްސަރު ކަންކަމާއި، މާބަނޑު ދުވަސްވަރާއި، ވިހެއުމުގެ ކަންކަން ކުރިއަށްދަނީ އެއްވެސް ކަހަލަ ތަދުކަނޑުވާ ބޭހަކާ ނުލައި، ނުރައްކާތެރި ހާލަތްތަކުގައެވެ.

ޤަތުލުޢާއްމުގައި ފިރިން ޝަހީދުވުމުގެ ސަބަބުން އެތައް ހާސް އަންހެނުންނެއް ވަނީ ހުވަފަތްވެފައެވެ. މީގެ ސަބަބުން އެކަނިވެރިކަމާއި، ބިރުވެރިކަމުގެ އިތުރުން އާއިލާ ބެލެހެއްޓުމުގެ މުޅި ޒިންމާ ވަނީ އެމީހުންގެ ބޮލުގައި އެޅިފައެވެ. އެހީ ހޯދުމަށް ދާ ވަގުތުތަކުގައި އިސްރާއީލު ސިފައިންގެ ހަމަލާތަކުގައި އެތައް އަންހެނުންނެއް ވަނީ ޝަހީދުވެ ނުވަތަ ޒަޚަމްވެފައެވެ.

އަލް-އަޤްޞާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ އަންހެނަކު ބުނި ގޮތުގައި، އޭނާގެ ބަނޑަށް ވަޒަން އެރީ އެހީ ހޯދަން ގޮސް ހުއްޓައެވެ. އަދި އޭނާ ފަރުވާ ހޯދަން ޖެހުނީ އެއްވެސް ކަހަލަ ހޭނައްތާ ބޭހަކާ ނުލައެވެ.

މި ޤަތުލްޢާއްމުގެ ސަބަބުން ޣައްޒާގެ އަންހެނުންގެ ސިއްހަތަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ބަނޑުހައިހޫނުކަމުގެ ސަބަބުން ދަރިންނަށް ގާތުން ކިރުދިނުމަށް އުނދަގޫވެފައިވާއިރު، ބައެއް އަންހެނުންނަށް ވަނީ ކެންސަރު ފަދަ ބަލިތައް ޖެހިފައެވެ.

ރަޝާ ނަމަކަށް ކިޔާ އަންހެނަކު ބުނި ގޮތުގައި، އޭނާއަށް ކެންސަރު ޖެހުނީ އޭނާގެ ގެއަށް ބޮން އެޅުމުން ކުނިތަކުގެ ދަށުގައި ތާށިވެ، އެތަނުގެ ވިހަ ދުމާއި ހިރަފުސް ނޭވާލުމުގެ ތެރެއަށް ދިއުމުގެ ސަބަބުންނެވެ.

މީގެ އިތުރުން ހާލާ ނަމަކަށް ކިޔާ އަންހެނަކު ކިޔައިދިން ގޮތުގައި، އޭނާ އުތުރުން ދެކުނަށް ހިޖުރަކުރަން ޖެހުނު ވަގުތު، އޭނާގެ ބަނޑުގައި އޮތް އެއްމާބަނޑު ދެ ކުދިންގެ ތެރެއިން އެއް ކުއްޖަކު ވަނީ ބަނޑަށް މަރުވެފައެވެ. އެ ހާލުގައިވެސް އޭނާ ދިޔައީ އޭނާގެ ސާމާނުތައް އުފުލަމުންނެވެ.

ޣައްޒާގެ އަންހެނުން މިއަދު ތަހައްމަލު ކުރަމުންދާ މި ބިރުވެރި ހާލަތަކީ ބައިނަލްއަގުވާމީ މުޖުތަމައުން ބޭނުންނަމަ ހުއްޓުވޭނެ ކަންކަމެވެ.

އެހެންނަމަވެސް، މިއަދާ ހަމައަށްވެސް އެކަނބަލުން ދަނީ ކަރުނައާއި ލޭގެ ތެރޭގައި، އެމީހުންގެ އާއިލާތަކަށްޓަކައި ސާބިތުކަމާއެކު ތިބެ، ދުނިޔެއަށް ކެތްތެރިކަމުގެ ނަމޫނާއެއް ދައްކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.