އެމެރިކާގެ ރައީސް ޓްރަމްޕް: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
04 Jan 2026 | 09:49
ރައްކާތެރިކަން ކަށަވަރުވަންދެން ވެނެޒުއެލާ ހިންގާނީ އެމެރިކާއިން: ޓްރަމްޕް

ވެނެޒެއުލާގައި ރައްކާތެރި، އެކަށީގެންވާ އިންތިޤާލީ މަރުޙަލާއެއް ގާއިމުކުރެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ކޮކެއިން ޓްރެފިކް ކުރުމުގެ ތުހުމަތުކޮށް އެމެރިކާގެ އަސްކަރިއްޔާއިން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ވެނެޒެއުލާގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސީލިއާ ފްލޮރެސް ވަނީ އިއްޔެ ހައްޔަރުކޮށްފައެވެ. 

އެއަށްފަހު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ވެނެޒެއުލާގައި ރައްކާތެރި، އެކަށީގެންވާ އަދި ބުއްދިވެރި އިންތިޤާލީ މަރުޙަލާއެއް ގާއިމުކުރެވެންދެން އެ ޤައުމު ހިންގާނީ އެމެރިކާއިން ކަމަށެވެ.

މީގެ އިތުރުން، ވެނެޒެއުލާގެ ރައީސް ހައްޔަރުކުރުމުން ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް ވަގުތީ ރައީސްގެ ގޮތުގައި ހުވާކުރައްވާފައިވާ ކަމަށްވެސް ޓްރަމްޕް ބުންޏެވެ. އަދި ރޮޑްރިގޭޒް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވާހަކަދައްކަވާފައި ކަމަށާއި، ވެނެޒެއުލާ އަލުން އާރާސްތުކުރުމަށްޓަކައި އެމެރިކާއިން ބޭނުންވާ ކަންކަން ކުރުމަށް އޭނާ ތައްޔާރަށް ހުންނެވި ކަމަށް ޓްރަމްޕް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ޓްރަމްޕް ބުނީ، ވެނެޒެއުލާގެ ތެލުގެ މުއްސަނދިކަމުގެ ސަބަބުން، އެ ޤައުމު ހިންގުމަށް އެމެރިކާއިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށާއި، އެމެރިކާގެ ތެޔޮ ކުންފުނިތަކުން އެތަނުގައި އިންވެސްޓްކޮށް ބޮޑު ފައިދާއެއް ހޯދާނެ ކަމަށެވެ.

ޓްރަމްޕް މިހެން ބުނެފައިވާއިރު، ދައުލަތުގެ ޓީވީ މެދުވެރިކޮށް ވާހަކަދައްކަވަމުން ވެނެޒުއެލާގެ ނައިބު ރައީސް ރޮޑްރިގޭޒް ވަނީ އެމެރިކާގެ އަސްކަރީ ހަމަލާ ކުށްވެރިކުރައްވާފައެވެ.

އެގޮތުން އޭނާ ވަނީ އެއީ "ލާއިންސާނީ އުދުވާނެއް"ގެ ގޮތުގައި ސިފަކުރައްވައި، މަދޫރޯ ވަގުތުން މިނިވަންކުރުމަށް ގޮވާލައްވާފައެވެ.

މަދޫރޯ ވެނެޒެއުލާގެ ވެރިކަމާ ހަވާލުވެވަޑައިގަތީ 2013 ވަނަ އަހަރު، އޭނާގެ ކުރިން 1999 އިން ފެށިގެން ވެރިކަން ކުރެއްވި ހޫގޯ ޗާވޭޒް އަވަހާރަވުމާ ގުޅިގެންނެވެ. މި ދެ ބޭފުޅުންގެ ވެރިކަމުގައި ވެސް ޚާރިޖީ ސިޔާސަތާއި، ތެލާއި، އިންސާނީ ޙައްޤުތަކުގެ މައްސަލައިގައި އެމެރިކާއާ އެކު އޮތް ގުޅުން އޮތީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

2024 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވި އިންތިޚާބު މަދޫރޯ ކާމިޔާބު ކުރެއްވި ކަމަށް އިޢުލާން ކުރެއްވި ނަމަވެސް، ބައިނަލްއަޤްވާމީ މުޖުތަމަޢުން އެއީ އޮޅުވާލުންތަކެއް ހިމެނޭ އިންތިޚާބެއް ކަމަށް ބުނެފައިވެއެވެ. އަދި އިދިކޮޅު ކެންޑިޑޭޓް އެޑްމުންޑޯ ގޮންޒާލޭޒް އުރުޝިއާއަށް ވޯޓުގެ 70 އިންސައްތަ ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ޓްރަމްޕާއި މަދޫރޯގެ ގުޅުން އިތުރަށް ގޯސްވީ މިދިޔަ ސެޕްޓެމްބަރު މަހު ވެނެޒުއެލާގެ އައްސޭރިފަށުން ދަތުރުކުރި އުޅަނދުތަކަކަށް އެމެރިކާ ސިފައިން ދިން ހަމަލާތަކެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވުމާ ގުޅިގެންނެވެ. ޓްރަމްޕް ބުނީ އެއީ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ދިން ހަމަލާތަކެއް ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.