މިނިސްޓަރު ޒަމީރު ދިއްދޫއަށް ވަޑައިގެންނެވުން --
ހަބަރު
05 Jan 2026 | 20:33
މާލެ ބަނދަރު ބޭރު ބަޔަކަށް ދޭން އުޅޭ ވާހަކަ އަކީ ދޮގެއް: ޒަމީރު

މާލެ ވިޔަފާރި ބަނދަރު ބޭރު ބަޔަކަށް ކުއްޔަށް ދޭން އުޅޭ ވާހަކަ އަކީ ދޮގެއް ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ހއ. ދިއްދޫ އެއާޕޯޓް އަޅަން ބިންހިއްކަން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ޒަމީރު ވިދާޅުވީ 

ބަނގުރޫޓްވާނެ ކަމަށް ބުނަމުންދިޔަ ކަމަށްމާލެ ވިޔަފާރި ބަނދަރު ބޭރު ބަޔަކަށް ކުއްޔަށް ދޭން އުޅޭ ވާހަކަ ވަރަށް ބޮޑަށް ދެކެވެމުންްދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވި އެވެ.

މިދިޔަ ދެ އަހަރު, ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކާއެކު ދިވެހި އިގްތިސާދަށް ހެޔޮ ބަދަލުތަކެއް އައިސްފައިވާ ކަމަށާ އެ ބަދަލާއެކު ބޭރުގެ ވަރަށް ގިނަ އިންވެސްޓަރުން ރާއްޖޭގައި އިވެސްޓް ކުރަން ބޭނުންވާ ކަމަށް ވިދާޅުވި އެވެ. އެގޮތުން އެކި އިންވެސްޓްމަންޓްތަކަށް ޕްރޮޕޯސަލްތައް ލިބިފައިވާ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ދިއްދޫއަށް ވަޑައިގެންނެވުން -- 

ޒަމީރު ވިދާޅުވީ ވަކި ކަމަކަށް ޕްރޮޕޯސަލެއް ލިބުމަކީ އަދި އެ ޕްރޮޕޯސަލެއް ސަރުކާރުން ބެލުމަކީ އެކަން އެގޮތަށް ކުރުން ނޫން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ, ކޮންމެ މީހެއްގެ ޕްރޮޕޯސަލް ލިބުނަސް އެ ބައްލަވާނެ. އޭގެ މާނައަކީ ރައްޔިތުންނަށް ދެރަވާނެ ގޮތަކަށް ރައީސުލްޖުމްހޫރިއްޔާ އެއްވެސް ކަމެއް ކުރެއްވީއެއް ނޫން. ބަޔަކު ޕްރޮޕޯސަލެއް ހުށައެޅުމަކީ ރައީސުލްޖުމްހޫރިއްޔާ އެ ގަބޫލުކުރައްވާ ކަމެއް ކުރެއްވީއެއް ނޫން," ޒަމީރު ވިދާޅުވި އެވެ.

މިނިސްޓަރު ޒަމީރު ދިއްދޫއަށް ވަޑައިގެންނެވުން -- 

ޒަމީރު ވަނީ މާލެ ވިޔަފާރި ބަނދަރު ބޭރު ބަޔަކަށްދޭން އުޅޭ ވާހަކައަކީ އެއްވެސް ހަގީގަތެއް ހުރި ވާހަކަތަކެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އެޅުއްވި ކޮންމެ ފިޔަވަޅެއް އެޅުއްވީ ގައުމުގެ ހައްގުގައި ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.
23 Sep 2026
އިލްމުވެރީންގެ ވީޑިއޯ ޑޮކިއުމަންޓްރީތަކެއް ހެދުމުގެ މަސައްކަތް މަންފާއިން ފަށައިފި
މި މަސައްކަތް ފެށުމުގެ ގޮތުން ފުރަތަމަ އިލްމުވެރިއެއްގެ ގޮތުގައި "މަންފާ" އިން އިހްތިޔާރުކޮށްފައިވަނީ ދައުވަތުގެ މައިދާނުގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވަމުން ގެންދަަވާ އައްޝައިޚް މުޙައްމަދު އިބްރާހިމް އެވެ.