ބޭސްފިހާރައެއްގެ ހަރުގަނޑު... ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
06 Jan 2026 | 16:20
ބޭސްފިހާރަތަކުން އާސަންދަ ބިލްކުރަނީ އާއްމު އަގުތަކަށްވުރެ މާ ބޮޑުކޮށް: އޮޑިޓް

ބޭސްފިހާރަތަކުން އާސަންދައަށް ބިލްކުރާއިރު، އާއްމުކޮށް ބާޒާރުގައި ވިއްކާ އަގުތަކަށްވުރެ އެތައް ގުނަ ބޮޑުކޮށް އާސަންދައަށް ބިލްކުރާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފިއެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ނެރެފައިވާ އިޖުތިމާއީ ސިއްހީ އިންޝުއަރަންސް ސްކީމްގެ ޕާފޯމަންސް އޮޑިޓްގައި ބުނެފައިވަނީ، ބާޒާރުން ލިބެން ހުންނަ އަގަށްވުރެ ބޮޑުކޮށް އާސަންދައިން ބޭސް ދޫކޮށްފައި ހުންނަކަން ފާހަގަކުރެވޭ ކަމަށާއި، ރާއްޖެ އެތެރެކުރާ އަދި އާންމުކޮށް ބޭނުންކުރެވޭ ބައެއް ބޭސްތައް ބާޒާރުން ލިބެން ހުރި އަގަށްވުރެ ބޮޑުކޮށް އާސަންދަ ސްކީމުން ހަރަަދުކުރާކަން ފާހަގަކުރެވިފައިވާކަމަށެވެ. އެގޮތުން އާންމުކޮށް ބޭނުންކޮށް އުޅޭ 26 ބޭހެއް ބޭސްފިހާރަތަކުން ދޫކުރާ އެންމެ ކުޑަ އަގާއި އާސަންދައިން އެބޭސް ދޫކުރާ އަގާ އަޅާބެލިއިރު، 17 ބޭހެއްގެ އަގު ބާޒާރުން ވިއްކްާ އަގަށްވުރެ ބޮޑުކޮށް ސްކީމް މެދުވެރިކޮށް ދޫކޮށްފައިވާކަމަށެވެ. މީގެ ތެރެއިން ބައެއް ބޭސްވިއްކާ ތަންތަނުން ބޭސްވިއްކާ އެންމެ ކުޑަ އަގަށްވުރެ 63 އިންސައްތައާ ހަމަޔަށްވެސް ބޮޑުކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ ބޭހާބެހޭ ޤަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ބޮޑުކޮށް އާސަންދައިން ބޭހުގެ އަގު ކަނޑައަޅާފައިވާކަމަށެވެ. އެގޮތުން އާސަންދައިން ބޭސް ވިއްކާ އަގު ކަނޑައެޅުމުގައި ބޭހާބެހޭ ގަވާއިދުގައިވާ މިންގަނޑަށް އަމަލުކުރަމުން ނުދާއިރު، ބޭހުގެ އަގު ކަނޑައެޅުމުގައި ބޭސް ވިއްކާ ފަރާތްތަކުންވެސް އަމަލުކުރަނީ އެކިފަހަރު އެކިގޮތަށްކަމަށް ވަނީ ބުނެފައެވެ. ރިޕޯޓްގައި ވަނީ ފާމަސީތަކުން އިންވޮއިސް އަދި ސީއައިއެފް ހުށަހެޅުމަށް އުޒުރުވެރިވުމާއި، ބޭސް އެތެރެކުރާ ފަރާތްތަކުގެ ތަފާސްހިސާބުތަކުގައި ބޮޑެތި ފަރަގުތައް ހުރުމުން އަގު ކަނޑައެޅުމަށް ގޮންޖެހުންތައް ދިމާވެފައިހުރިކަންވެސް ފާހަގަކޮށްފައެވެ.

ބޭހާބެހޭ ގަވައިދުގައި ބަޔާންކޮށްފައިވާ މިންގަނޑަށްވުރެ ބޮޑުކޮށް އާސަންދައިން ބޭހުގެ އަގު ބޮޑުކޮށްފައިވުމުން އޮޑިޓްގައި ވަނީ 17 ބޭހަކަށް އެކަނިވެސް އިސްރާފަށް މަގުފަހިވާގޮތަށް 3 އަހަރުގެ ތެރޭގައި 45 މިލިއަން ރުފިޔާ އިތުރަށް ހަރަދުވާނޭކަމަށް އަންދާޒާކޮށްފައެވެ. 

މި ރިޕޯޓްގައި އާސަންދައިގެ ދަށުން ބޭސް ދޫކުރުމުގައި ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ބޭސް ދޫކުރާ މުއްދަތު ހަމަވުމުގެ ކުރިން ބޭސް ނަގާ މައްސަލަވެސް ވަނީ ފާހަގަކޮށްފައެވެ. އަދި އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިނުވާކަންވެސް އޮޑިޓް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.