ލަންކާގައި އޮތް ރެލީއެއްގައި ނަޝީދު ވާހަކަދައްކަވަނީ: ފޮޓޯ/ އިންޓަނެޓް
ހަބަރު
08 Jan 2026 | 13:51
ލަންކާ ވިސާ މައްސަލަ: ރައީސް ނަޝީދު ހުށަހެޅުއްވި ހައްލަކީ ދެ ގައުމުގެ މެދުގައި ވިސާ އަދި ވޯކް ޕާމިޓް އުވާލަން

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވެފައިވާ ވިސާގެ މައްސަލަ ހައްލުކުރުމަށް، ލަންކާއާ ރާއްޖެއާ ދެމެދު ވިސާ އަދި ވޯކް ޕާމިޓް އުވާލަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ގޮވާލައްވައިފިއެވެ.

ސްރީލަންކާއަށް ޒިޔާރަތްކުރާ އަދި އެ ގައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ވިސާ ހޯދުމުގައި އެ ގައުމުގެ އިމިގްރޭޝަން ޑިޕާޓްމަންޓުގެ އޮފިޝަލުންގެ ފަރާތުން ދަތިތައް ކުރިމަތިކުރުވަމުންދާ ކަމަށް ވިދާޅުވެ، ސްރީލަންކާގައި ހުންނަވާ ދިވެހި ސަފީރު މަސްއޫދު އިމާދު ވަނީ ކަންބޮޑުވުންފާޅުކުރައްވާފައެވެ.

އެގޮތުން ސަފީރު މަސްއޫދު އިމާދު ވިދާޅުވީ، ދިވެހި ރައްޔިތުން ވިސާ ހޯދުމަށްޓަކައި ހެނދުނު 9:00 އިން ހަވީރު 5:00 އަށް އިމިގްރޭޝަން އޮފީހުގެ ދިގު ކިއުތަކުގައި މަޑުކުރަން ޖެހޭ ކަމަށެވެ.

އަދި އެހެން ގައުމުތަކުން ޒިޔާރަތްކުރާ މީހުންނަށް ހުންނަފަސޭހަތައް ދިވެހިންނަށް ނުލިބޭކަން ފާހަގަކުރެއްވިއެވެ. 

އެކަމާ ގުޅިގެން 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް ބޯޑަރު ކޮންޓްރޯލް އުވާލުމަކީ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމެއް ކަމަށެވެ.

އަދި އޭގެ ސަބަބުން އިގްތިޞާދީ އަދި އިޖްތިމާއީ ގުޅުންތައް ހަރުދަނާ ވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

”(ރާއްޖެ އާއި ލަންކާއާ ދެމެދު) ވިސާ އަދި ވޯކް ޕާމިޓް އުވާލުމަކީ ވިޔަފާރިއާއި ފަތުރުވެރިކަން އަދި އަމިއްލަ ގުޅުންތައް އިތުރުވެ، އެއްބަޔަކު އަނެއް ބަޔަކަށް ގުޅުން ބަދަހި ކުރުމަށް މަގުފަހިވެގެންދާނެ ކަމެއް“ ނަޝީދު ވިދާޅުވިއެވެ.

މަސްއޫދު ލަންކާ ނޫހަށް ދެއްވި އިންޓަވިޔުގައި އޭނާ ވަނީ ވަކިން ހުށަހަޅާ ވިސާ އެޕްލިކޭޝަންތަކަށް ގިނަ ވަގުތު ހޭދަވި ނަމަވެސް، ޓްރެވަލް އެޖެންޓުން މެދުވެރިކޮށް ހުށަހަޅާ ފޯމުތަކަށް އެއްވެސް ދަތިކަމެއް ނެތި ވަގުތުން ވިސާ ލިބޭކަން ފާހަގަކުރައްވާފައެވެ. މިއީ އިމިގްރޭޝަންގެ ތެރޭގައި ހިނގާ މާލީ މަންފާތަކަކާ ގުޅުންހުރި ކަމެއް ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ޚާއްޞަކޮށް ކިޔަވާ ކުދިންނާއި ބެލެނިވެރިން ވިސާ ހޯދުމަށް ގިނަ ގަޑިއިރުތަކެއް ވަންދެން މަޑުކުރަން ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް މަސްއޫދު ވިދާޅުވިއެވެ. އަދި މިކަން މިގޮތަށް ކުރިއަށްދާނަމަ، ސްރީލަންކާގެ ޕްރޮފެޝަނަލުންނަށް ރާއްޖެއިން ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލުތައް މުރާޖައާކުރަން ރާއްޖެއަށް މަޖުބޫރުވާނެ ކަމުގެ އިންޒާރުވެސް ސަފީރު ދެއްވިއެވެ.

ސްރީލަންކާއަށް ދަތުރުކުރާ ދިވެހިންނަށް އެ ގައުމަށް އެތެރެވުމުން ވިސާ (އޮން-އެރައިވަލް ވިސާ) ލިބޭތީ، އާންމުގޮތެއްގައި ދަތުރުގެ ކުރިން ވިސާއަށް އެދި ހުށަހަޅާކަށް ނުޖެހެއެވެ. އެހެންނަމަވެސް، ދިގު މުއްދަތަކަށް އެ ގައުމުގައި މަޑުކުރަން ބޭނުންވާ ފަރާތްތަކާއި، އެ ގައުމުގައި ދިރިއުޅެން ގަސްތުކުރާ ފަރާތްތަކުން އެކަމަށް ބޭނުންވާ ހާއްސަ ވިސާ ހޯދަންޖެހެއެވެ.

ސްރީލަންކާއަކީ ގިނަ އަދަދެއްގެ ދިވެހިން ތައުލީމާއި ބޭސްފަރުވާގެ ކަންކަމުގައި ދިރިއުޅެމުންދާ ގައުމަކަށްވާއިރު، ވިސާގެ މިފަދަ މައްސަލަތަކަކީ ދިވެހި އާއިލާތަކަށް ބޮޑެތި ތަކްލީފުތަކެއް ކުރިމަތިވަމުންދާ ކަމެކެވެ.

ކޮމެންޓް
ހުސޭނުބެ
މީނައަކީ ދިވެހިންނަށް ހެޔޮ ވިސްނިގެން ބޭރުކޮށްފައި ހުރި މީހެކެވެ. ގައުމީ ކަންކަމުގައި އަނގަ ހުޅުވަންވާނީ ރައްޔިތުންގެ ތާއީދު އޮންނަ ފަރާތަކުންނެވެ.
08 Jan 2026
ގުޅޭ ލިޔުންތައް
24 Sep 2026
ރާއްޖޭއަށް ސަޢުދީގެ ފުރިހަމަ އެހީތެރިކަން ލިބޭނެ: ސަފީރު
މިހާތަނަށް ސަޢޫދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ވަނީ 488 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ސަފީރުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ.
23 Sep 2026
ރާއްޖެއާއި ސަޢޫދީގެ ގުޅުމުގެ އުންމީދީ އައު ބާބެއް ދަނީ ފެށެމުން: ރައީސް
ބައިނަލްއަޤްވާމީ މައިދާނުގައިވެސް ސަޢޫދީ ޢަރަބިއްޔާއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ދިވެހިރާއްޖެއިން ތައްޔާރަށް އޮތްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފަ އެވެ.
23 Sep 2026
އިސްލާމްދީނަށް ފުރައްސާރަކޮށްގެން ސައުދީ ކޯޓުން މަރަން ހުކުމްކުރި ލަންކާ މީހާ ސަލާމަތްކުރަން ރައީސް ނަޝީދު
ސައުދީގައި ހުރެ ސިވަރާސާ ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަ ކުރި މައްސަލަ ފެށުނީ ސޯޝަލް މީޑިއާގައި ހިނގި ދީނީ ބަހުސެއްގެ ދެބަސްވުމެއްގެ ތެރެއިންނެވެ. މި ބަހުސްގެ ތެރެއިން އޭނާ ވަނީ ސައުދީގެ ޤާނޫނުތަކަށް ގޮންޖަހައި އިސްލާމްދީނާއި އަދި ރަސޫލާއަށް ފުރައްސާރަކޮށްފައެވެ.
23 Sep 2026
ޔަހޫދީ ވަޒަންވެރިން އަލްއަޤްޞާގެ ހުރުމަތް ކަނޑައިފި
މި ކަން ހިނގި ވަގުތު އިސްތިއުމާރީ ފުލުހުން ދިޔައީ އަލްއަޤްޞާ މިސްކިތުގެ ދޮރުތައް ކައިރިން ފަލަސްތީނު ރައްޔިތުން ފައްސައި އެމީހުންނަށް އިންޒާރުދެމުންނެވެ.
23 Sep 2026
އެމްބާޕޭ ލިވަރޕޫލަށް ނުދިޔަ ސަބަބު ހާމަކޮށްފި
ލިވަރޕޫލުގެ ކުރީގެ ކޯޗު ޔާގެން ކްލޮޕް ކުރިން ބުނެފައިވާ ގޮތުގައި އޭނާ އެމްބާޕޭ ލިވަރޕޫލަށް ގެންނަން މަސައްކަތް ކުރިއެވެ. އެ މަޝްވަރާތައް ކުރިއަށް ދިޔައީ ބްލެކްޕޫލުން ނީސް އަށް ދިޔަ ޕްރައިވެޓް ޖެޓެއްގައި
23 Sep 2026
ޣައްޒާ އާރާސްތުކުރުމަށް 2.45 ބިލިއަން ޑޮލަރުގެ ޕްލޭނެއް ހާމަކުރަނީ
މީޑިއާގެ ރިޕޯޓްތައް ބުނާގޮތުގައި ހަ މަސް ދުވަހުގެ މުއްދަތަށް ރާވާފައިވާ މި ޕްލޭން ރަސްމީކޮށް ހުށަހެޅުމަށް ހަމަޖެހިފައި ވަނީ މިއަދު އެ ބޯޑުގެ މެންބަރުން ބޭއްވުމަށް ނިންމާފައިވާ ޖަލްސާގައެވެ
23 Sep 2026
އެމްއެމްއޭގެ ދިރާސާ ފަންޑުން ފަސް މިލިއަން ރުފިޔާގެ ހިލޭ އެހީއަށް ކުރިމަތިލާން ހުޅުވާލައިފި
ޖުމްލަ ފަސް މިލިއަން ރުފިޔާ ކަނޑައަޅާފައިވާ މި ފަންޑުން ދެ ބާވަތެއްގެ ގްރާންޓަކަށް ހުށަހެޅެއެވެ. އެއީ ވަކި ފަރާތެއްގެ ބެލުމުގެ ދަށުން ހިންގާ މިނިވަން ދިރާސާ ގްރާންޓާއި ފޮތް ލިޔުމުގެ ގްރާންޓެވެ. އަމިއްލަ ފަރުދުންނާއި ތަޢުލީމީ މުއައްސަސާތަކާއި ތިންކް ޓޭންކުތަކަށް މި ފުރުޞަތުގައި ބައިވެރިވެވޭނެއެވެ.
23 Sep 2026
ޣައްޒާގެ އެތައް ހާސް ދަރިވަރުންގެ ކިޔެވުން ފޭލިގެތަކުގައި ފަށައިފި
އިސްރާއީލްގެ ބޮން އަޅާ ބޯޓުތަކުން ޣައްޒާގެ ސްކޫލްތައް ސުންނާފަތި ކޮށްލާފައިވާއިރު، ދަރިވަރުްނގެ ކިޔެވުން ކުރިއަށްގެންދަނީ ފޭލިގެތަކުގައެވެ. އަދި ކިޔަވަން ތިބެންޖެހެނީ ބިންމަތީގައި އިށި އިނދެގެންކަމަށްވެސް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.