ޓްރަމްޕް
ދުނިޔެ
12 Jan 2026 | 10:31
ވެނެޒެއުލާގެ ވަގުތީ ރައީސް އަކީ ޓްރަމްޕް ކަމަށް އޭނާ ބުނެފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާއަކީ ވެނެޒުއޭލާގެ "އެކްޓިންގް ޕްރެޒިޑެންޓް" ނުވަތަ ވަގުތީ ރައީސްގެ ގޮތުގައި ސިފަކޮށްފައިވާ ވިކިޕީޑިއާ ޞަފުޙާއެއްގެ ފޭކު ފޮޓޯއެއް ސޯޝަލް މީޑިއާގައި ހިއްސާކޮށްފިއެވެ.

ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރޫތު ސޯޝަލް" ގައި ހިއްސާކުރި މި ފޮޓޯގައިވާ ގޮތުން، ޓްރަމްޕް ވެނެޒުއޭލާގެ ރައީސްކަމާ ހަވާލުވީ 20 ޖެނުއަރީ 2025 ގައެވެ. އަދި 2026 ވަނަ އަހަރުގެ ޖެނުއަރީ މަހާ ހަމައަށްވެސް އޭނާ އެ މަގާމުގައި ހުރި ކަމަށް އެ ޞަފުޙާގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެމެރިކާގެ ނައިބު ރައީސް ޖޭ.ޑީ ވެންސް އަކީ ޓްރަމްޕްގެ ނައިބު ކަމަށްވެސް އެ ފޮޓޯގައި ބަޔާންކޮށްފައިވެއެވެ.

މިފަދަ ފޮޓޯއެއް ޓްރަމްޕް ހިއްސާކޮށްފައި މިވަނީ ވެނެޒުއޭލާގެ ސިޔާސީ އަދި އަސްކަރީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދަނޑިވަޅެއްގައެވެ.

އެގޮތުން އެމެރިކާގެ އަސްކަރިއްޔާއިން ދާދިފަހުން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެއްގައި ވެނެޒުއޭލާގެ ކުރީގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ސިލިއާ ފްލޯރެސް ވަނީ ކަރާކަސްއިން ހައްޔަރުކޮށްގެން ނިއުޔޯކަށް ގެންގޮސްފައެވެ.

މަދޫރޯގެ މައްޗަށް ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވުމުގެ ދައުވާ އުފުލާފައެވެ. ނަމަވެސް މަދޫރޯ ވަނީ މި ތުހުމަތުތަކަށް އިންކާރުކުރައްވާފައެވެ.

އެމެރިކާގެ އޮފިޝަލުން "ސީ.ބީ.އެސް ނިއުސް" އަށް މައުލޫމާތު ދިން ގޮތުގައި، މަދޫރޯ ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގާފައިވަނީ އެމެރިކާގެ "ޑެލްޓާ ފޯސް" އިންނެވެ. މި އޮޕަރޭޝަނަށްޓަކައި އެމެރިކާގެ މަނަވަރު "ޔޫ.އެސް.އެސް ޖެރަލްޑް އާރް. ފޯޑް" ހިމެނޭހެން ކެރީބިއަން ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ބާރުތައް ވަނީ ވަރުގަދަކޮށްފައެވެ.

މަދޫރޯ މަގާމުން ވަކިކުރުމާ ގުޅިގެން، ވެނެޒުއޭލާގެ ވަގުތީ ރައީސް ކަމުގެ ހުވާ މިދިޔަ ހަފުތާގައި ކުރެއްވީ އެ ގައުމުގެ ކުރީގެ ނައިބު ރައީސް ޑެލްސީ ރޮޑްރިގޭޒް އެވެ. އޭނާ ހުވާކުރެއްވީ އޭނާގެ ކޮއްކޮ ޖޯޖް ރޮޑްރިގޭޒް ރިޔާސަތު ބަލަހައްޓަވާ ވެނެޒުއޭލާގެ ގައުމީ މަޖިލީހުގައެވެ.

ވޮޝިންގޓަންގައި ދިން ބަޔާނެއްގައި ރައީސް ޓްރަމްޕް ކުރިން ބުނީ، ވެނެޒުއޭލާގެ އިންތިގާލީ މަރުހަލާގައި އެމެރިކާއިން އެ ގައުމު "ހިންގާނެ" ކަމަށާއި، އަދި އެ ގައުމުގެ ތެޔޮ ބޭރުކުރަން ފަށާނެ ކަމަށެވެ. ނަމަވެސް، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވަނީ އެމެރިކާގެ ސިޔާސަތު ސާފުކޮށްދެއްވަމުން، އެމެރިކާއިން ވެނެޒުއޭލާގައި ސީދާ ވެރިކަން ކުރުމުގެ ނިޔަތެއް ނެތް ކަމަށާއި، އެމެރިކާއިން މަސައްކަތް ކުރަނީ "އޮއިލް ކަރަންޓީނެއް" މެދުވެރިކޮށް އެ ގައުމުގެ ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށް ކަމަށް ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
އަލް-ޢަސްރުގެ ނަމާދު ވޯކްޝޮޕް މިފަހަރު ށ. މަރޮށީގައި ބާއްވަނީ
ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޖަމްޢިއްޔާއެއް ކަމަށްވާ އަލް-ޢަސްރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ލޯތަކުގެ ފިނިކަން" ނަމާދު ވޯކްޝޮޕް، ށ. މަރޮށީގައި ބޭއްވުމަށް ނިންމައިފިއެވެ.
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.