އިންޑިއާގެ ބޮޑުވަޒީރު މޯދީ އާއި އެމެރިކާގެ ރައީސް ޓްރަމްޕް... ފޮޓޯ: އިންޑިއަން އެކްސްޕްރެސް
ދުނިޔެ
12 Jan 2026 | 15:10
ވިޔަފާރީގެ މައްސަލަތަކާ ގުޅޭގޮތުން އިންޑިއާ އާއި އެމެރިކާއިން މާދަމާ މަޝްވަރާ ކުރަނީ

އިންޑިއާ އާއި އެމެރިކާއާ ދެމެދު އުފެދިފައިވާ ވިޔަފާރީގެ ނުތަނަވަސްކަމަށް ހައްލެއް ހޯދުމަށްޓަކައި، ދެގައުމުގެ ދެމެދުގައި މާދަމާވެސް މަޝްވަރާކުރަން ހަމަޖެހިއްޖެއެވެ. ވީޑީއޯ ކޮންފަރެންސް މެދުވެރިކޮށް ބާއްވާ މި ރަސްމީ މަޝްވަރާތައް އޮންނާނެކަން ހާމަކުރެއްވީ އިންޑިއާއަށް އަލަށް ކަނޑައެޅުއްވި އެމެރިކާގެ ސަފީރު ސާޖިއޯ ގޯރ އެވެ.

މަޝްވަރާތައް މި ބާއްވަނީ، ދެގައުމުގެ ދެމެދުގައި ވިޔަފާރީގެ އެއްބަސްވުމަކަށް ނާދެވުމުގެ ސަބަބުން ގުޅުންތަކަށް ބުރޫއަރައި، އިންޑިއާ ރުޕީސްގެ އަގު ރެކޯޑް މިންވަރަކަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައެވެ.

މީގެ ކުރިން ކުރިއަށްދިޔަ ވިޔަފާރީގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެން، އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މިދިޔަ އޯގަސްޓް މަހު އިންޑިއާގެ މުދަލުން ނަގާ ޓެކްސް 50 އިންސައްތައަށް ބޮޑުކުރައްވާފައެވެ. މީގެ ތެރޭގައި އިންޑިއާއިން ރަޝިއާގެ ތެޔޮ ގަންނާތީ، އަދަބެއްގެ ގޮތުން ނަގާ 25 އިންސައްތައިގެ ލެވީއެއްވެސް ހިމެނެއެވެ. މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ސަފީރު ގޯރ ވިދާޅުވީ، ވިޔަފާރީގެ އިތުރުން ސަލާމަތީ ކަންކަމާއި، ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި، ހަކަތަ، ޓެކްނޮލޮޖީ އަދި ތައުލީމީ ދާއިރާއިންވެސް ދެގައުމުން ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރިން އެއްބަސްވެވަޑައިގެންފައިވަނީ 2025 ވަނަ އަހަރުގެ ފަހުކޮޅާ ހަމައަށް ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށެވެ. އަދި 2030 ވަނަ އަހަރާ ހަމައަށް ދެގައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު 500 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

ދެގައުމުގެ ދެމެދުގައި އޮތް 47 ބިލިއަން ޑޮލަރުގެ ވިޔަފާރީގެ ފަރަގު ކުޑަކުރުމަށްޓަކައި، އެމެރިކާއިން 25 ބިލިއަން ޑޮލަރާ ހަމައަށް ހަކަތަ ގަތުމަށާއި، ދިފާއީ ސާމާނު އެތެރެކުރުން އިތުރުކުރުމަށް އިންޑިއާއިން ވަނީ ވައުދުވެފައެވެ.

އިންޑިއާގެ ވިޔަފާރިއާއި ސިނާޢަތްތަކާއި ބެހޭ ވަޒީރު ޕިޔޫޝް ގޯޔާލްވެސް ވަނީ އެމެރިކާއާއެކު ވިޔަފާރީގެ އެއްބަސްވުމަކަށް އައުމަށް މެދުނުކެނޑި މަސައްކަތް ކުރަމުންދާކަން ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.