ޣައްޒާ: ފޮޓޯ/ ރޮއިޓާސް
ދުނިޔެ
13 Jan 2026 | 13:10
ޣައްޒާގައި ހިންގަމުންދާ ޤަތުލުޢާންމު ”މެދުކަނޑާލި“ ފަހުންވެސް 420 މީހުން ޝަހީދުކޮށްލި

އިސްރާއީލުގެ އިސްތިޢުމާރީ ބާރުތަކުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމު ހުއްޓުމެއްނެތި ކުރިއަށްދާއިރު، މުޅި ޣައްޒާ ބިމާ ހަމަކޮށް އެ ސަރަޙައްދުން ފަލަސްޠީނުގެ ރައްޔިތުން ފޮހެލުމަށް އިސްރާއީލުން ރާވައިގެން ކުރަމުންދާ މަސައްކަތްތައް އަދިވެސް ދަނީ ކުރިއަށެވެ. 

އޮކްޓޯބަރު 10 ވަނަ ދުވަހު ޤަތުލުޢާއްމު ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އިސްރާއީލުގެ ޙަމަލާތަކަށް އެއްވެސް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް ދިން ޙަމަލާތަކުގައި 420 އަށްވުރެ ގިނަ ފަލަސްޠީނު ރައްޔިތުން ޝަހީދުވެ، 1,150 އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އިސްރާއީލުގެ ސިފައިން ދަނީ ވައިގެ މަގުންނާއި އެއްގަމު މަގުން ވަރުގަދަ ޙަމަލާތައް ދީ، ޣައްޒާގެ ބޮޑު ސަރަޙައްދެއް ސުންނާފަތި ކުރަމުންނެވެ.

ޣައްޒާގެ ރައްޔިތުންނަށް ކުރިމަތިވެފައިވަނީ ހަމައެކަނި ބޮމާ ބަޑީގެ ނުރައްކަލެއް ނޫނެވެ. ފެންބޮޑުވުމުގެ ސަބަބުން އެތައް ހާސް ފޭލިގެއެއް ހަލާކުވެފައިވާއިރު، ޙަމަލާތަކުގައި ރެނދުލާފައިވާ ޢިމާރާތްތައް ވެއްޓި އޭގެ ދަށުވެ އެތައް ބަޔަކު ދަނީ މަރުވަމުންނެވެ. މީގެ އިތުރުން، ބޭހާއި ޞިއްޙީ ފަރުވާގެ ނިޒާމު އިސްރާއީލުން ހަލާކުކޮށްލުމުގެ ސަބަބުން، ކިޑްނީ ބަލީގެ 600 އެއްހާ މީހުން ފަރުވާ ނުލިބި ވަނީ މަރުވެފައެވެ.

އިސްރާއީލުގެ މައިގަނޑު ސިޔާސަތަކީ ޣައްޒާގެ ބިން ފޭރިގަނެ، އެތަނުގައި ދިރިއުޅޭ ރައްޔިތުން ބޭރުކޮށްލުމެވެ.

މިގޮތުން، އިންސާނީ އެހީ ފޯރުކޮށްދޭ ޖަމްޢިއްޔާތަކަށް ހުރަސްއަޅައި، ޣައްޒާގެ އިންފްރާސްޓްރަކްޗަރ ނައްތާލުމަށް ބާރުގަދަ އުޞޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އިސްރާއީލުން އަލަށް ކަނޑައަޅާފައިވާ "ޔެލޯ ލައިން" ނުވަތަ ރީނދޫ ރޮނގަކީ ޣައްޒާގެ ބިން އިތުރަށް ހަނިކުރުމަށް ދަމާފައިވާ ރޮނގެކެވެ. މި ރޮނގު ހުރަސްކުރާ ކޮންމެ މީހަކު، އުމުރުން ކިތަންމެ ކުޑަ ނަމަވެސް، އިސްރާއީލު ސިފައިން ދަނީ މަރަމުންނެވެ. މިގޮތުން އުމުރުން އެންމެ 8 އަހަރާއި 10 އަހަރުގެ ކުޑަކުދިން ވެސް އިސްރާއީލުގެ އަނިޔާވެރިކަމުން ސަލާމަތެއް ނުވެއެވެ.

މި ޤަތުލުޢާންމުގެ ހިތްދަތިކަން ކޮންމެ ޢާއިލާއަކަށް ވެސް ވަނީ ފޯރާފައެވެ. ޤަތުލްޢާއްމު މެދުކަނޑާލުމުގެ ދެ ހަފުތާ ކުރިން ދިން ޙަމަލާއެއްގައި އެއް ޢާއިލާއެއްގެ 9 މީހުން ޝަހީދުވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނެއެވެ. ޝަހީދުވި ކޮންމެ މީހަކާއެކު ދުނިޔޭގައި ތިބި މީހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ދަނީ ބޮޑުވަމުންނެވެ. އެއީ މި އަނިޔާވެރިކަމުގެ ހެކިވެރިންގެ ގޮތުގައި ތިބުމާއި، ޔަތީމުވި ކުދިން ބެލެހެއްޓުމުގެ ބުރަ ޒިންމާއެވެ.

އިސްރާއީލުން ޣައްޒާގެ ބިން ހަނިކޮށް، 1948 އިން ފެށިގެން އެ ސަރަޙައްދު ކުޑަކުރަމުން ގޮސް، މިއަދު ވަނީ ޣައްޒާގެ ދެބައިކުޅަ އެއްބަޔަށްވުރެ ބޮޑު ބައެއް ހިފައިފައެވެ. ނަމަވެސް، ޣައްޒާގެ ރައްޔިތުން ބުނަނީ އިސްރާއީލަށް އެމީހުންގެ ގެދޮރާއި ޢިމާރާތްތައް ސުންނާފަތި ކުރެވުނަސް، ފަލަސްޠީނުގެ މިނިވަންކަމަށް ކުރާ އުންމީދާއި، އިންސާފަށް ކުރާ މަސައްކަތް ހުއްޓުވައި ނުލެވޭނެ ކަމަށެވެ.

މި ޤަތުލުޢާންމު ހުއްޓުވުމުގެ ޒިންމާއަކީ ހަމައެކަނި ފަލަސްޠީނުގެ ރައްޔިތުންގެ ޒިންމާއެއް ނޫނެވެ. އެއީ މުޅި ބައިނަލްއަޤްވާމީ މުޖުތަމަޢާއި، ވަކިން ޚާއްޞަކޮށް އިސްރާއީލަށް ހަތިޔާރު ފޯރުކޮށްދޭ ޤައުމުތަކުގެ ބޮޑު ޒިންމާއެކެވެ. ޣައްޒާ އަލުން އާރާސްތުކޮށް، އެތަނުގެ ޞިއްޙީ އަދި ތަޢުލީމީ ނިޒާމު ކޮޅަށް ޖެހުމަކީ އިންސާނިއްޔަތަށްޓަކައި ކުރަންޖެހިފައިވާ ކަމެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.