ގަދަވައިގައި ޣައްޒާގެ ޓެންޓް ހަލާކުވެފައި: ފޮޓޯ/ އަލްޖަޒީރާ
ދުނިޔެ
14 Jan 2026 | 08:07
ގަދަ ފިނީގެ ސަބަބުންނާއި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ޣައްޒާގެ ފަސް މީހުން މަރުވެއްޖެ

އިސްރާއީލުން ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ހިންގަމުންދާ ޤަތުލުޢާއްމުގައި ސުންނާފަތިކޮށްލާފައިވާ ޢިމާރާތްތައް ވެއްޓުމުގެ ސަބަބުން މަދުވެގެން ފަސް މީހުން މަރުވެ، ފިނީގެ ސަބަބުން އިތުރު ކުދިންތަކެއްގެ ފުރާނަ ގޮސްފިއެވެ.

ޣައްޒާގެ ސިއްހީ އޮފިޝަލުން ހާމަކުރި ގޮތުގައި، އަންގާރަ ދުވަހު މަރުވި މީހުންގެ ތެރޭގައި ދެ އަންހެނުންނާއި، އަންހެން ކުއްޖެއްގެ އިތުރުން ފިރިހެނަކު ހިމެނެއެވެ. މީގެ ތެރެއިން ތިން މީހުންނަކީ އެއް އާއިލާއަކަށް ނިސްބަތްވާ ބައެކެވެ.

އެގޮތުން ޣައްޒާ ސިޓީގެ އައްސޭރިފަށުގައި ހުރި ފޭލިގެއެއްގެ މައްޗަށް 8 މީޓަރުގެ އުސް ފާރެއް ވެއްޓި މަރުވީ އުމުރުން 72 އަހަރުގެ މުޙައްމަދު ޙަމޫދާ އާއި، އޭނާގެ 15 އަހަރުގެ ކާފަ ދަރިފުޅުގެ އިތުރުން އޭނާގެ ދަނބިދަރިފުޅެވެ.

ފިނީގެ ސަބަބުން ލިބުނު ގެއްލުންތަކަށް ބަލާއިރު، އެއް އަހަރުގެ ފިރިހެން ކުއްޖަކު ހައިޕޯތާމިއާ (ގަދަ ފިނީގެ ސަބަބުން ހަށިގަނޑުގެ ހޫނުމިން ދަށްވުން) ޖެހިގެން މަރުވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނެއެވެ. މީގެ އިތުރުން، އެކަށީގެންވާ ހިޔާވަހިކަމެއް ނެތުމުގެ ސަބަބުން ހޯމަ ދުވަހުގެ ރޭ ވެސް ދެ ކުޑަކުދިން މަރުވެފައިވާ ކަމަށް އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

އޮކްޓޫބަރު 10 އިން ފެށިގެން ޤަތުލްޢާއްމު ހުއްޓާލުމުގެ އެއްބަސްވުމެއް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީއާއި ހިޔާވަހިކަން ގާއިމުކުރުމަށް ބޭނުންވާ ތަކެތި އެތެރެކުރުމަށް ހުރަސް އަޅަމުންނެވެ.

މިކަމުގެ ސަބަބުން ގިނަ ބަޔަކު ދިރިއުޅެމުންދަނީ ވަގުތީ ފޭލިގެތަކުގައެވެ. އަންގާރަ ދުވަހުގެ ގަދަ ވަޔާއެކު އެތައް ސަތޭކަ ފޭލިގެއެއް ވަނީ ވަޔާ ގޮސްފައެވެ.

ޔުނިސެފްގެ ތަރުޖަމާނު ޖޭމްސް އެލްޑަރ ވިދާޅުވި ގޮތުގައި، ޤަތުލްޢާއްމު ހުއްޓާލި ފަހުން ވެސް 100 އަށްވުރެ ގިނަ ކުޑަކުދިން ވަނީ ޝަހީދުކޮށްލާފައެވެ. އަދި މި ފިނި މޫސުމުގައި މިހާތަނަށް ހަ ކުދިން ފިނީގެ ސަބަބުން މަރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޣައްޒާގެ މަދަނީ ދިފާއީ ބާރުގެ ތަރުޖަމާނު މަޙްމޫދު ބާސަލް ވަނީ، އިސްރާއީލުގެ އުދުވާނުގެ ސަބަބުން ހަލާކުވެފައިވާ އިމާރާތްތަކަކީ ކޮންމެ ވަގުތެއްގައިވެސް ވެއްޓިދާނެ ތަންތަން ކަމަށްވާތީ، އެފަދަ ތަންތަނަށް ހިޔާވަހިކަން ހޯދަން ނުވަނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މި ހާދިސާއާ ގުޅިގެން ހަމާސް ޖަމާއަތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ބައިނަލްއަގުވާމީ މުޖުތަމައުން ޣައްޒާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ނުކުޅެދިފައިވާ ކަމަށާއި، މިއީ އިންސާނީ ތާރީޚު ދުށް އެންމެ ބިރުވެރި ނަސްލު ނައްތާލުމުގެ އަމަލު ކަމަށެވެ.

ގަތަރުގެ ފޮރިން މިނިސްޓްރީން ވެސް ވަނީ މިއީ އިންސާނުން ރާވައިގެން ހިންގާ އިންސާނީ ކާރިސާއެއް ކަމަށް ސިފަކޮށް، އެއްވެސް ޝަރުތަކާ ނުލައި އެހީ އެތެރެކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.