ޓްރަމްޕްގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން
ދުނިޔެ
21 Jan 2026 | 09:23
ނޫސްވެރިންގެ ބައްދަލުވުމަށްފަހު އަނެއްކާވެސް ޓްރަމްޕްގެ ސިއްޙީ ހާލަތާމެދު ދެކެވޭ ވާހަކަތަކުގެ އަޑުގަދަވެއްޖެ

ވައިޓް ހައުސްގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަދެއްކިއިރު ބައެއް ލަފްޒުތައް ކިޔަން އުނދަގޫވެ، ބަސްމަގު އޮޅުމުގެ ސަބަބުން އޭނާގެ ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލީން ލީވިޓްއާ އެކު ބޭއްވި މި ބައްދަލުވުމުގައި ޓްރަމްޕް ވަނީ އިމިގްރޭޝަން އެންފޯސްމަންޓް (ICE) އިން ހައްޔަރުކޮށްފައިވާ ބައެއް ނުރައްކާތެރި މީހުންގެ ފޮޓޯތަކެއް ދައްކާފައެވެ. "މިނެސޯޓާ، ވޯސްޓް އޮފް ވޯސްޓް" ޖަހާފައިވާ މި ބޯޑުތައް ދައްކަމުން ޓްރަމްޕް ވަނީ އެމީހުންގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތައް ބުނެދީފައެވެ.

ނަމަވެސް، މި ހަރަކާތުގެ ތެރޭގައި އެކަކުގެ މައްޗަށް ކުރެވިފައިވާ "އިންޓެންޝަނަލް މާޑަރ" (ގަސްދުގައި މީހަކު މެރުން) މި ލަފްޒުގެ ބަދަލުގައި ޓްރަމްޕަށް ބުނެވުނީ "އިންޓަނޭޝަނަލް މާޑަރ" (ބައިނަލްއަގުވާމީ މީހަކު މެރުން) މިހެންނެވެ. މީގެ އިތުރުން، ތިން މަހުގެ ތުއްތު ދަރިފުޅު މަރާލި ކަމުގެ ތުހުމަތު އޮތް އަލްޑްރިން ގުއެރޭރޯ-މުނޯޒްގެ ނަން ކިޔުމަށް ވެސް ޓްރަމްޕަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިވިއެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ޓްރަމްޕަށް ފާޑުކިޔަމުންނެވެ. އެގޮތުން، އެކްސްގައި ހިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވަނީ ޓްރަމްޕްގެ ހާލަތާއި އޭނާގެ ބުންވަރު ވަރަށް ދަށްކޮށް ފެންނަ ކަމަށާއި، އޭނާގެ ސިކުނޑި މިހާރު ރަނގަޅަށް މަސައްކަތް ނުކުރާ ކަމަށް ބެލެވޭ ކަމަށެވެ. އަދި ގައުމެއްގެ ކޮމާންޑަރ އިން ޗީފްގެ ކިބައިގައި ހުންނަންޖެހޭ ފަދަ ހުށިޔާރުކަމެއް އޭނާގެ ކިބައިން ނުފެންނަ ކަމަށް ވެސް ބައެއް މީހުން ފާހަގަކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޓްރަމްޕް ބުނީ، ICE އިން ކުރަމުންދާ މަސައްކަތަކީ އެފަދަ ކުށްވެރިން ގައުމުން ބޭރުކުރުން ކަމަށާއި، ނަމަވެސް އެކަމަށް ހުރަސްއެޅުމަށް "ފޭކް" މުޒާހަރާކުރާ މީހުންނާއި ހަމަނުޖެހުން ހިންގާ މީހުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވައިޓް ހައުސްގެ ޕްރެސް ބްރީފިންތަކަކީ ފަހަކަށް އައިސް ވަރަށް ބޮޑަށް ހޫނު ބަހުސްތަކެއް ހިނގާ ތަނަކަށް ވަނީ ވެފައެވެ. މިދިޔަ ހަފްތާގައި ވެސް ލީވިޓް ވަނީ ނޫސްވެރިއަކާ ދިމާލަށް "ވާތު ފިޔައިގެ އެކްޓިވިސްޓެއް" ކަމަށް ބުނެ ބަހުގެ ހަމަލާތަކެއް ރައްދުކޮށްފައެވެ.

ޓްރަމްޕްގެ އުމުރުން މިހާރު 79 އަހަރުވެފައިވާއިރު، އޭނާގެ ރިޔާސީ ދައުރު ނިމޭއިރު އުމުރުން 82 އަހަރުވާނެއެވެ.

މިއާއެކު، އޭނާގެ ކުރިން ރައީސްކަން ކުރި ޖޯ ބައިޑަންގެ ރެކޯޑު މުގުރާލައި، އެމެރިކާގެ ތާރީޚުގައި ވެރިކަން ކުރި އެންމެ އުމުރުން ދުވަސްވީ ރައީސްގެ ޝަރަފު ޓްރަމްޕަށް ލިބިގެންދާނެއެވެ.

ނަމަވެސް، ބައިޑަންގެ އުމުރާއި ސިއްހީ ހާލަތާ މެދު ގިނަ ބަޔަކު ސުވާލު އުފެއްދި ފަދައިން، ޓްރަމްޕަށް ވެސް ވަނީ މިފަދަ ފާޑުކިޔުންތަކެއް އަމާޒުވާން ފަށާފައެވެ. ޖެނުއަރީ 2025 ގައި ދެވަނަ ދައުރަކަށް މަގާމާ ހަވާލުވުމަށްފަހު، ރަސްމީ އެކި ހަފުލާތަކުގައި އޭނާއަށް ނިދިޖެހިފައި އިންނަ މަންޒަރު ފެނިފައިވާއިރު، މިދިޔަ ޑިސެމްބަރު މަހު ނަގާފައިވާ އޭނާގެ އަތުގެ ފޮޓޯތަކުން، އަތުގައި މޭކަޕްގެ ބޯ ފަށަލައެއް އުނގުޅާފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.