އުރީދޫގެ 2026 ވަނަ އަހަރުގެ ކަލަންޑަރު-- ފޮޓޯ/ ވޮއިސް
ހަބަރު
26 Jan 2026 | 15:36
އުރީދޫގެ މިފަހަރުގެ ކަލަންޑަރު ހާއްސަ ކުރީ ސަޔަށް

އުރީދޫ ގެ މި އަހަރުގެ ކަލަންޑަރު ދިވެހިންގެ އާދަކާދައިގައި ހިމެނޭ ސައި ބުއިމުގެ ސަގާފަތަށް ހާއްސަކޮށް "ޓީ ވިތް އުރީދޫ" ގެ ނަމުގައި ނެރެފި އެވެ.

ކޮންމެ އަހަރަކުވެސް އުރީދޫގެ ކަލަންޑަރުން ދިވެހި ސަގާފަތާއި އުފެއްދުންތެރިކަމާއި ތަޖުރިބާ ހިއްސާ ކުރާ ވާހަކައެއް ކިޔައިދެއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ކަލަންޑަރު ހާއްސަކޮށްފައިވަނީ ރާއްޖޭގެ ޖީލުތަކާއި މުޖުތަމައުތައް ގުޅުވައިދޭ ސަގާފަތެއް ކަމަށްވާ "ސައި" ގެ މައްޗަށެވެ.

ސަޔަކީ ރާއްޖޭގެ ގޭގޭގައި ޒަމާނުއްސުރެވެސް ހަމައެކަނި ބުއިމަކަށް ވުރެ މާ މާނަހުރި އެއްޗެކެވެ. އެއީ ދުވަސް ފެށުމަށާއި، ބުރަ ދުވަހެއްގެ މެދުތެރެއިން ހަމަޖެހިލުމަށް ނަގާ ވަގުތުކޮޅެކެވެ. ނުވަތަ އާޢިލާއާއި ރަހުމަތްތެރިން ބައްދަލުވާ ގޮތެކެވެ. "

މި ސަގާފަތާ ގުޅުވައިގެން 2026 ވަނަ އަހަރުގެ ކަލަންޑަރުގައި ކޮންމެ މަހަކު ވެސް ތަފާތު ސައިގެ ބާވަތެއް ހިމެނިފައިވެއެވެ. މި ކަލަންޑަރުގައި ގެނެސްދެވިފައިވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ލިބެން ހުންނަ މޭވާ އަދި މާމެލާމެލި ރަހަތައް ހިމޭ ސައެވެ. ކޮންމެ ޞަފްހާޢަކުން ފެނިގެންދާނީ މިފަދަ ސައިތަކުގައި އެކުލެވިގެންވާ މައި ރަހައިގެ ބާވަތަކަމަށް އުރީދުއިން މައުލޫމާތުދެއެވެ. 

އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޚާލިދު އަލް ހަމާދީ ވިދާޅުވާ ގޮތުގައި އުރީދޫއިން ގަބޫލުކުރާ ގޮތުގައި ގުޅުންތަކަކީ ހަމައެކަނި ޓެކްނޮލޮޖީގެ ޒަރީއާއިން ބަދަހިވާ އެއްޗެއް ނޫނެވެ. އަދި ސައި ބުއިމުގެ ސަގާފަތަކީ ދިވެހިން އެކަކު އަނެކަކާ ގުޅުން ބަދަހިވުމުގެ އެއް މެދުވެރިއެއް ކަމަށާއި އޮފީސް މަސައްކަތުގަޔާއި، ރައްޓެހިން ނުވަތަ އާއިލާ އެއްވެލާ ފަދަ މުހިންމު ގިނަ ވަގުތު ތަކުގައިވެސް ސައި ބުއިމަކީ ދިވެހިންގެ އާދަކާދައިގައި ހިމެނޭ މުހިންމު ކަމެއްކަމުން އުރީދޫގެ 2026 ވަނަ އަހަރުގެ ކަލަންޑަރުގެ ތެރެއިން މި އާދަ ކާދަ ދިރުވަން ބޭނުންވާ ކަމަށް ޚާލިދު ވިދާޅުވިއެވެ. 

އުރީދޫ މޯލްޑިވްސް އިން މި އަހަރު ޑެސްކް ކަލަންޑަރުގެ އިތުރުން ފާރުގައި އަޅުވާ ކަލަންޑަރެއް އަދި ޑިޖިޓަލް ކަލަންޑަރެއް ވެސް ތައާރަފްކުރިއެވެ. އެކުންފުނިން މައުލޫމާތުދޭ ގޮތުގައި ކޮންމެ މަހަކު ވެސް ދިވެހި ރަހަތައް ހިމެނިފައިވާ ހާއްސަ ގްރީންޓީ ބްލެންޑެއްގެ ޓީ ކޭކެއް ޑެސްކް ކަލަންޑަރާއެކު، ހިމެނިފައި ވާނެއެވެ. އަދި ކަލަންޑަރުގެ ޑިޖިޓަލް ވާޝަނެއް ވެސް ލިބެން ހުންނާނެ އެވެ.

އުރީދޫ މޯލްޑިވްސްގެ އުންމީދަކީ 2026 ވަނަ އަހަރުގެ ކަލަންޑަރަކީ ޑެސްކް، ފާރު އަދި ސްކްރީނުން ކޮންމެ ދުވަހެއްގެ އާދަކާދަގެތެރޭގައި ހިމެނޭ ކަލަންޑަރަކަށް ވެގެންދިޔުން ކަމަށް އެކުންފުނިން ބުނެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ބަންގްލަދޭޝް އެއާލައިންސްގެ ފްލައިޓެއްގައި ދެ ފަސިންޖަރަކު މާރާމާރީ ހިންގައިފި
މި ހާދިސާ ހިނގާފައިވަނީ ފްލައިޓް ދަތުރުކުރަމުން ދިޔަ ވަގުތު ދެ ފަސިންޖަރެއްގެ ދެމެދުގައި ހިނގި ހޫނު ޒުވާބަކަށް ފަހުގައެވެ. ޑާކާ ޓްރިބިއުނުން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޒުވާބު ބޮޑުވެ އެކަކު އަނެކަކަށް ހަމަލާދީ މާރާމާރީއަކަށް ބަދަލުވުމާ ގުޅިގެން، ފްލައިޓުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިން ހިމެނޭހެން ގިނަ ފަސިންޖަރުންގެ މެދުގައި ބޮޑު ބިރުވެރިކަމެއް އުފެދުނެވެ.
18 Sep 2026
އެޗްއައިވީ ފެތުރުން އިތުރުވެ ފީޖީގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާންކޮށްފި
ޞިއްޙީ މާހިރުންނާއި ޖަމްޢިއްޔާތަކުން ބުނާ ގޮތުގައި މި ބަލިމަޑުކަން ހަލުވިކަމާއެކު ފެތުރެން މައިގަނޑު ސަބަބަކަށް ވެފައިވަނީ މަސްތުވާތަކެތި ބޭނުންކުރުން އިތުރުވުމާއި، ރައްކާތެރިނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، ސިރިންޖު ބޭނުންކޮށްގެން މަސްތުވާތަކެތި ޙިއްޞާކުރުމުގެ އިތުރުން "ބްލޫޓޫތިންގ" ފަދަ ނުރައްކާތެރި އާދަތަކުގެ ސަބަބުންނެވެ.
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.