ދަރިވަރެއް ކިޔަވަނީ: ފޮޓޯ/ އިންޓަނެޓް
ލައިފްސްޓައިލް
28 Jan 2026 | 08:13
ކާމިޔާބު މޮޅު ދަރިވަރަކަށް ވުމަށް ޕްރޮފެސަރު އުގައިލްގެ މުހިންމު 5 އިރުޝާދެއް

ކިޔެވުމުގައި އެންމެ ކުރީ ސަފަށް އެރުމަކީ ހަމައެކަނި ޚާއްޞަ ވިސްނުމެއް ނުވަތަ "ނެޗުރަލް ސްމާޓް" ކަމެއް ހުރެގެން ވާނެ ކަމެއް ނޫން ކަމަށާއި، އެއީ ކޮންމެ ކުއްޖަކަށްވެސް ހާސިލްކުރެވޭނެ ކަމެއް ކަމަށް މަޝްހޫރު ޕްރޮފެސަރު ޙަސަން އުގައިލް ވިދާޅުވެއްޖެއެވެ.

ޕްރޮފެސަރު އުގައިލްގެ ފޭސްބުކް މެދުވެރިކުރައްވައި ދަރިވަރުންނަށް ދެއްވި މި އިރުޝާދުތަކުގައި ފާހަގަކުރައްވާފައިވަނީ، ކިޔެވުމަކީ ކުޅިވަރެއްގެ ގޮތުގައި ދެކި، އޭގެ އުސޫލުތައް ދަސްކޮށް، އެއްގޮތުގައި ހުއްޓުމެއްނެތި ކުރިއަށްދާނަމަ، ކޮންމެ ކުއްޖަކަށްވެސް ކާމިޔާބު ދަރިވަރަކަށް ވެވިދާނެ ކަމަށެވެ. މިގޮތުން ކިޔެވުމުގައި އެންމެ މޮޅު ނަތީޖާ ހޯދުމަށް ކުރެވިދާނެ ފަސް ކަމެއް އޭނާ ވަނީ ހިއްސާކުރައްވާފައެވެ.

1. ރަނގަޅު ޕްލޭނެއް އޮތުން

ރޭވުމެއް ނުވަތަ ޕްލޭނެއް ނެތި ކިޔަވާނަމަ، ދުވަސްތައް ބޭކާރުވެ، ކުރިއެރުމެއް ނުލިބި ވަގުތުތަކެއް ހިނގައިދާނެއެވެ. އެހެންކަމުން، އެންމެ މުހިންމީ ކޮން ކަމެއްކަމާއި ވަގުތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފާނެ ގޮތުގެ ރަނގަޅު ޕްލޭނެއް އޮތުމަކީ މަސައްކަތަށް ސަމާލުކަން ދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ.

2. މިއަދު ކުރަންޖެހޭ ކަންކަން މިއަދު ނިންމުން

ކަންކަން ފަސްކުރުމަކީ ދަރިވަރުން ސްޓްރެސްވުމަށް ދިމާވާ އެންމެ ބޮޑު ސަބަބެވެ. މިއަދު ކުރަންޖެހޭ މަސައްކަތެއް މިއަދު ނިންމާލުމުން ބުރަކަން ކުޑަވެގެންދާނެއެވެ. ބޮޑެތި މަސައްކަތްތައް ކުދި ބައިތަކަށް ބަހާލައިގެން ފެށުމަކީ މަސައްކަތް ނިންމުމަށް ފަސޭހަވާނެ ގޮތެކެވެ.

3. އެއްވަގުތެއްގައި އެއްކަމަކަށް ސަމާލުކަން ދިނުން

ގިނަ ކަންތައްތަކެއް އެއްފަހަރާ ކުރަން އުޅުމަކީ (މަލްޓިޓާސްކިންގް އަކީ) އޭގެ ސަބަބުން ނަތީޖާ ގޯސްވާ ކަމެކެވެ. އެންމެ ކާމިޔާބު ދަރިވަރުންނަކީ އެއްވަގުތެއްގައި އެއް މަސައްކަތަކަށް ފުރިހަމަ ސަމާލުކަންދޭ ކުދިންނެވެ. އޭރުން މަސައްކަތުގެ ފެންވަރު ރަނގަޅުވެ، އަވަހަށް ނިންމާލެވޭނެއެވެ.

4. ރަނގަޅު އެކުވެރިން އިޚްތިޔާރުކުރުން

ތިމާ ވަގުތު ހޭދަކުރާ މީހުންގެ ސަބަބުން ތިމާގެ އާދަތަކަށް ބޮޑު ނުފޫޒެއް ފޯރައެވެ. ކިޔަވަން ޝައުގުވެރިވާ، އަޚްލާޤު ރަނގަޅު ކުދިންނާއެކު ވަގުތު ހޭދަކުރުމަކީ ކިޔެވުމަށް ލިބޭ ހިތްވަރެކެވެ. އަދި އެކަކު އަނެކަކަށް ކިޔަވައިދިނުމަކީ އުގެނުން އިތުރަށް ހަރުދަނާވާނެ ކަމެކެވެ.

5. އަރާމުކުރުމަށް ވަގުތު ހޯދުން

ކިޔެވުމަކީ މުޅި ދިރިއުޅުން ކަމުގައި ނުހަދައި، އެއީ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ހަދަންޖެހެއެވެ. ރަނގަޅު ކާނާ ކެއުމާއި، ފުރިހަމައަށް ނިދުމާއި، ކަސްރަތު ކުރުމުގެ އިތުރުން ހިތްހަމަޖެހޭ ފަދަ ކަންކަމަށް ވަގުތު ހުސްކުރުމަކީ ކިޔެވުމުގައި ދެމިހުރުމަށް ވަރަށް މުހިންމު ކަމެކެވެ.

ޕްރޮފެސަރު އުގައިލް އިތުރަށް ވިދާޅުވީ، ކާމިޔާބު ދަރިވަރަކަށް ވުމުގެ ސިއްރަކީ މަސައްކަތުގައި ސާބިތުކަމާއެކު ދެމިހުރުމާއި، އަމިއްލަ ނަފްސަށް ބަލައިގެން ރޭވުންތެރިކަމާއެކު ކުރިއަށް ދިއުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.