ނިޕާ ވައިރަސްއިން ރައްކާތެރިވުމަށް އެއާޕޯޓް ސެކިޔުރިޓީން މާސްކް އަޅައިގެން
ދުނިޔެ
28 Jan 2026 | 15:33
އިންޑިޔާއިން ފެނުނީ ނިޕާ ވައިރަސްގެ ދެ ކޭސް

އިންޑިއާގެ އިރުމަތީގެ ސްޓޭޓެއް ކަމަށްވާ ވެސްޓް ބެންގޯލްއިން މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ނިޕާ ވައިރަސްގެ ދެ ކޭސް ފެނިފައިވާކަމަށް އެ ޤައުމުގެ ހެލްތު މިނިސްޓްރީން ކަށަވަރުކޮށްދީފިއެވެ.

މިކަމާ ގުޅިގެން އެގައުމާއި، ދެކުނު އިރުމަތީ އޭޝިއާގެ ބައެއް ޤައުމުތަކުން މިހާރު ވަނީ ވައިގެ މަގުން ދަތުރުކުރާ ފަރާތްތައް ސްކްރީން ކުރުމުގެ މަސައްކަތް ވަރުގަދަކޮށްފައެވެ.

އިންޑިއާގެ ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ނިޕާ ވައިރަސްއާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތާއި އަދަދުތައް ފެތުރެމުންދާ ކަމަށާއި، ނަމަވެސް މިހާތަނަށް ފެނިފައިވަނީ ރަސްމީކޮށް ކަށަވަރުކުރެވޭ ދެ ކޭސް ކަމަށެވެ. މި ބަލި ޖެހުނު މީހުންނާ ބައްދަލުވި 196 މީހަކު ދެނެގަނެ، އެމީހުން މޮނިޓަރ ކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ. ނަމަވެސް އެއިން އެއްވެސް މީހެއްގެ ކިބައިން ބަލީގެ އަލާމާތެއް ފެނިފައި ނުވާކަމަށާއި، އެންމެންގެ ޓެސްޓުތައް ނެގެޓިވްވެފައިވާ ކަމަށްވެސް އިންޑިއާއިން ހާމަކުރެއެވެ.

މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ތައިލެންޑާއި މެލޭޝިއާއިން ވަނީ ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ތައިލެންޑުގެ ހެލްތު މިނިސްޓްރީން ބުނިގޮތުގައި، ނިޕާ ވައިރަސް ފެނިފައިވާ ސަރަހައްދުތަކުން އަންނަ ބޯޓުތައް ޕާކުކުރުމަށް ވަކި ސަރަހައްދުތަކެއް ވަނީ ހަމަޖައްސާފައެވެ. އަދި އެ ގައުމަށް އެތެރެވާ ފަސިންޖަރުން އިމިގްރޭޝަން ކްލިއަރެންސް ހޯދުމުގެ ކުރިން ސިއްހީ ޑިކްލަރޭޝަން ފޯމެއް ފުރިހަމަކުރަން ޖެހޭނެއެވެ.

މެލޭޝިއާގެ ހެލްތު މިނިސްޓްރީންވެސް ވަނީ ބައިނަލްއަޤްވާމީ ބޯޑަރުތަކުގައި ސްކްރީން ކުރުމުގެ ކަންކަން ވަރުގަދަކޮށް، ބަލި ފެތުރުމުގެ ފުރުސަތު އޮތް ޤައުމުތަކުން އަންނަ ދަތުރުވެރިންނަށް ހާއްސަ ސަމާލުކަމެއް ދޭން ފަށާފައެވެ. އެ މިނިސްޓްރީން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެހެން ޤައުމުތަކުން ބަލި ފެންނަމުންދާތީ، ބޯޑަރު ހުރަސްކޮށް ބަލި އެތެރެވިޔަނުދިނުމަށް ފާރަވެރިވަމުންދާ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (WHO) އިން ހާމަކުރާ ގޮތުގައި، ނިޕާ ވައިރަސް ޖެހޭ މީހުން މަރުވުމުގެ ފުރުސަތު އޮތީ 40 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މިންވަރެއްގައެވެ. މި ބައްޔަކީ ބޮޑު ވަބާއަކަށް ބަދަލުވުމުގެ ބިރު އޮތް ނުރައްކާތެރި ބައްޔެއްގެ ގޮތުގައި އެ ޖަމިއްޔާއިން ވަނީ ކަނޑައަޅާފައެވެ. މިހާތަނަށް މި ބަލިން ރައްކާތެރިވުމަށް އެއްވެސް ވެކްސިނެއް ނުވަތަ ބައްޔަށް ފަރުވާދޭނެ ވަކި ހާއްސަ ބޭހެއް އުފެއްދިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Oct 2026
ސައުދީ އެއާޕޯޓަކަށް ދިން ހަމަލާތަކެއްގައި ޕައިލެޓަކާއެކު ތިން މީހުން މަރުވެއްޖެ
ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް އަމާޒުކޮށް ދިން ދެ ހަމަލާއެއްގައި، ޕައިލެޓަކު ހިމެނޭހެން ތިން މީހަކު މަރުވެއްޖެ ކަމަށް އެ ޤައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ހާމަކޮށްފިއެވެ.
09 Oct 2026
ޕްރައިމަރީގައި ވާދަކުރާ ކެންޑިޑޭޓުން ރަނިންމޭޓުން އިއުލާންކުރުމަކީ ކަންބޮޑުވާ ކަމެއް
މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުން، ރަނިންމޭޓުން އިޚްތިޔާރުކޮށް އިއުލާނުކުރަމުން ދިޔުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
09 Oct 2026
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން
އިސްލާމްދީނުގައި އެންމެ ބޮޑަށް ނަހީކުރައްވާފައިވާ އެއް ކަމަކީ ޙަރާމް ގޮތުގައި އާމްދަނީ ހޯދުން ކަމަށާއި، މުދަލަކީ މާތް الله ދެއްވާފައިވާ އިމްތިޙާނެއްގެ އިތުރުން ވަގުތީ އަމާނާތެއްކަން މިއަދު ހުކުރު ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
09 Oct 2026
ބޭންކް އޮފް ސިލޯން-ރާއްޖޭގެ ކުރީގެ ވެރިޔަކު ޖަލަށްލާން ހުކުމްކޮށްފި
ބޭންކް އޮފް ސިލޯން (ބީއޯސީ) ގެ މާލޭ ބްރާންޗުގެ ކަސްޓަމަރެއްގެ އެކައުންޓުން، އޭނާއަށް ނޭނގި ސައްހަނޫން ލިޔެކިޔުން ތައްޔާރުކޮށްގެން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލާގައި އެ ބޭންކުގެ ކުރީގެ އިސް ވެރިއަކު ޖަލަށް ލުމަށާއި ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
09 Oct 2026
ދުމުގެ އަސަރު ބޮޑުވުމުގެ ސަބަބުން މެލޭޝިޔާގެ ގިނަ ސްކޫލްތަކެއް ބަންދުކޮށްފި
ކައިރީގައި އޮންނަ އިންޑޮނޭޝިއާގެ ޖަންގަލިތަކުގައި ރޯވެފައިވާ އަލިފާނުގެ ސަބަބުން އުފެދިފައިވާ ބޯ ދުމުގެ އަސަރުކޮށް، ވައި ނުސާފުވުމާ ގުޅިގެން މެލޭޝިޔާގެ އެކި ސްޓޭޓްތަކާއި ވެރިކަންކުރާ ސަރަހައްދުތަކުގެ ސްކޫލްތައް ހުކުރު ދުވަހު ބަންދުކޮށްފިއެވެ.
09 Oct 2026
ކުރިއަށް ތިން ދުވަހުވެސް މޫސުން ގޯސްވާނެ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މެދުރާއްޖެ ތެރޭ އަތޮޅުތަކަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
09 Oct 2026
ތިން ޖުމްލައިން ޝެއިޚް ދެއްވީ ވަރުގަދަ އިންޒާރަކާއި އަގުހުރި ނަޞޭޙަތެއް
ދުނިޔެއަކީ ފަނާވަނިވި ތަނެކެވެ. އިންސާނާ ދުނިޔެއަށް ފޮނުއްވުނީ ވަކި މުއްދަތަކަށް، ވަގުތީ އިމްތިޙާނެއް ފުރިހަމަކުރުމަށެވެ. ކޮންމެ ނަފްސަކީވެސް މަރުގެ ރަހަ ލިބިގަންނާނޭ އެއްޗެއްކަން ކީރިތި ޤުރްއާނުގެ އާޔަތްތަކުންނާއި، އަޅުގަނޑުމެންގެ ލޯމަތިން ކޮންމެ ދުވަހަކު ފެންނަމުންދާ މަންޒަރުތަކުން ސާބިތުވެއެވެ.
09 Oct 2026
އެފްއޭއެމް އެވޯޑްސް؛ މޮޅު ފުޓްބޯޅަ ކުޅުންތެރިންނަށް އައިހަމް އަދި ސާލިޔާ
އެންމެ މޮޅު އަންހެން ކުޅުންތެރިޔާގެ އެވޯޑް ޝާލިޔާ ހޯދިއިރު، އޭނާ އާ އެންމެ ވާދަކޮށްފައިވަނީ، މާޒިއާގެ އާއިމިނަތު ލީޒާ އާއި، ނިއުރެޑިއަންޓްގެ މައީޝާ، އަދި ހަމަ އެޓީމްގެ މަރިޔަމް ނޫރާ އާއި މާޒިޔާގެ ޝައްފައެވެ.