ކ. ތިލަފުށި
ހަބަރު
28 Jan 2026 | 21:06
ތިލަފުށީން ބިދޭސީއަކު ގެއްލުނުތާ ދެ ދުވަސް؛ ތުހުމަތުތަކެއް، އަދި ނުފެނޭަ

އިންޑަސްޓްރިއަލް މަސައްކަތް ހިނގާ ކ. ތިލަފުށީން ބިދޭސީއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެ މީހާ ގެއްލިފައިވަނީ ވަނީ މި މަހުގެ 26 ވަނަ ދުވަހު އެވެ. ދެ ދުވަސް ފަހުން އެ މީހާ ގެއްލިފައިވާކަން ފުލުހަށް ރިޕޯޓް ކުރީ މިއަދު އެވެ.

އެއީ ތިލަފުށީ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝް މީހެއް ކަމަށް ވެ އެވެ.

ފުލުހުން ބުނީ އެ މީހާ ގެއްލިފައިވާ ކަމުގެ ރިޕޯޓް މިއަދު ލިބިފައިވާ ކަމަށެވެ. އަދި އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެ މީހާ ފެނިފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

އަދި ބުނީ އެ މީހާ ގެއްލުނު މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށެވެ.

އެ މީހާ ގެއްލުނު ހާދިސާއާ ގުޅިގެން ތަފާތު އެކި ވާހަކަތައް ދަނީ ފެތުރެމުންނެވެ. އޭނާއަށް ބޮޑު އަނިޔާއެއްދީ ތާކަށް އެއްލާލި ކަމަށް ވެސް ވާހަކަ ދެކެވެ އެވެ. ނަމަވެސް މި ތުހުމަތުތަކާއި ގުޅޭގޮތުން ފުލުހުން ވަކި އެއްޗެއް ނުބުނެ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
15 Sep 2026
ދިވެހިރާއްޖެއާއި މެލޭޝިޔާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި
މެލޭޝިޔާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި މެލޭޝިޔާގެ ބޮޑުވަޒީރު ރަސްމީ ވާހަކަފުޅުތައް މިއަދު ބާއްވަވައިފިއެވެ.
15 Sep 2026
އޭލެވެލް ދަރިވަރުންނަށް އޮންލައިންކޮށް ނެގި ކްލާހަކުން ލަދުވެތި މަންޒަރެއް
އިމްތިޙާން ބޯމަތިވެފައިވާ މި ދަނޑިވަޅުގައި، "ދަނަތު ލާނިން ސެންޓަރ" ގެ ފަރާތުން ތަޖުރިބާކާރު ދިވެހި މުދައްރިސް އިލްޔާސް ޝުޖާޢު ކުރިއަށް ގެންދެވި މި ސެޝަނުގައި 300 އެއްހާ ދަރިވަރުން ބައިވެރިވިއެވެ.
15 Sep 2026
ރާއްޖޭގައި ތެޔޮ ހޯދުމުގެ ދިރާސާ ކުރުމަށް މަޝްވަރާކުރައްވާނެ ކަމަށް އަންވަރު ވިދާޅުވެއްޖެ
ރައީސް އޮފީހުގައި ދެ ލީޑަރުން ބޭއްވެވި ރަސްމީ ބައްދަލުވުމަށް ފަހު މީޑިއާތަކަށް ދެއްވި ގުޅިފައިވާ ބަޔާނުގައި ބޮޑުވަޒީރު އަންވަރު ވިދާޅުވީ ރާއްޖޭގެ ސަރަހައްދުން ތެލާއި އެ ނޫން ވެސް މައުދަންތައް ފެނިދާނެތޯ ބެލުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރައީސް ޑރ. މުޢިއްޒު އެދިވަޑައިގެންފައިވާ ކަމަށެވެ. ޕެޓްރޯނަސް އަކީ ދުނިޔޭގެ ތަފާތު ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ހަރަކާތްތެރިވާ ބައިނަލްއަޤުވާމީ ވަރުގަދަ ކުންފުންޏެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
15 Sep 2026
ރާއްޖެ އާއި މެލޭޝިއާއިން ވިޔަފާރީގެ އެއްބަސްވުމެއް އެކުލަވާލަން މަޝްވަރާކޮށްފި
ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިކުރުމުގެ ގޮތުން "ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓް" (ޕީޓީއޭ) އެއް އެކުލަވާލުމަށް ދެ ޤައުމުން އެއްބަސްވެއްޖެއެވެ.
15 Sep 2026
ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް މެލޭޝިއާއިން އެއްބަސްވެއްޖެ
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެދިފައިވާ 100 މިލިއަން ޑޮލަރުގެ ފައިނޭންޝަލް ފެސިލިޓީ ދިނުމަށް މެލޭޝިއާ ސަރުކާރުން އެއްބަސްވެފައިވާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް މިއަދު ވިދާޅުވެއްޖެއެވެ.
15 Sep 2026
ރާއްޖެއާއި މެލޭޝިއާއާ ދެމެދު އެއްބަސްވުންތަކެއްގައި ސޮއިކޮށްފި
ދީނީ އަދި ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމުގެ ގޮތުން ދިވެހިރާއްޖެއާއި މެލޭޝިއާއާ ދެމެދު މުހިންމު ފަހުމުނާމާ (އެމްއޯޔޫ) ތަކެއްގައި މިއަދު ސޮއިކޮށްފިއެވެ.
15 Sep 2026
ސްޕޯޓްސް ކޮމިޝަނަރުގެ ޒިންމާތައް ވަގުތީ ގޮތުން ހާނިމްއާ ހަވާލުކޮށްފި
ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އެހެން މަގާމަކަށް ބަދަލުކުރެއްވުމާ ގުޅިގެން، އެ އޮފީސް ހިންގުމުގެ އެންމެހައި ޒިންމާތައް ވަގުތީ ގޮތުން ޑެޕިއުޓީ ސްޕޯޓްސް ކޮމިޝަނަރު މުޙައްމަދު ހާނިމްއާ ހަވާލުކޮށްފިއެވެ.
15 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މަރުޙަބާ ދަންނަވައިފި
މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ ޢިއްޒަތުގައި މިއަދު މަރުޙަބާ ދަންނަވައިފިއެވެ.