އޭއައި ފޮޓޯ އެއް
ދުނިޔެ
29 Jan 2026 | 08:36
ފަލަސްތީނުގެ ރައްޔިތުންގެ ގުނަވަންތައް ވަގަށް ނަގާކަމުގެ ތުހުމަތު އޮތް އިސްރާއިލުން ގުނަވަން ހަދިޔާ ކުރުމުގެ ރިކޯޑެއް ހަދައިފި

ފަލަސްތީނުގެ މުސްލިމުން ރަހީނުކޮށް އެމީހުންނަށް އަނިޔާކޮށް، އެމީހުންގެ ގުނަވަންތައް ވަގަށް ނަގާކަމުގެ ތުހުމަތު އޮތް އިސްރާއީލުން، ގާތްގަނޑަކަށް 1،200 ކިޑްނީ ”ހަދިޔާ“ކޮށް ގިނިސް ވޯލްޑް ރެކޯޑެއް ގާއިމުކޮށްފިއެވެ.

ވޯލްޑް ރިކޯޑް ހެދިކަން އިއުލާންކުރުމަށް ގުދުސްގައި ބޭއްވި މި ރަސްމިއްޔާތުގައި ހަދިޔާ ކުރާ ކިޑްނީ ތަކަކީ ”އިސްރާއިލުގެ ކިޑްނީ ޑޯނަރުން“ ތައް ވަނީ ފޮޓޯއަކަށް ހުއްޓިފައެވެ. މިކަން ކުރި އިސްރާއިލުގެ ޖަމިއްޔާއިން ބުނީ މި ހަރަކާތަކީ، ގުނަވަން ހަދިޔާކުރުން އިތުރުކުރުމުގެ މަގްސަދުގައި ހިންގި ހަރަކާތެއް ކަމަށެވެ. 

ނަމަވެސް، މި ރެކޯޑު ހެދި ދަނޑިވަޅަކީ ފަލަސްތީނުގެ ޝަހީދުުންގެ ހަށިގަނޑުތަކުން އިސްރާއީލުން ގުނަވަންތައް ވަގަށް ނަގަމުންދާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް ފެންމަތިވެފައިވާ ދަނޑިވަޅެކެވެ.

ފަލަސްތީނުގެ މީހުންގެ ހަށިގަނޑުން ގުނަވަން ނެގުމުގެ މައްސަލައަކީ މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދެކެވެމުންދާ ވާހަކައެކެވެ. 2009 ވަނަ އަހަރު ސްވިޑަންގެ ނޫސްވެރިއެއް ކަމަށްވާ ޑޮނަލްޑް ބޮސްޓްރޯމް ވަނީ އިސްރާއީލުގެ 'އަބޫ ކަބީރު' ފޮރެންސިކް ސެންޓަރުގެ ވެރިޔާ ޑރ. ޔަހޫދާ ހިސްގެ ބެލުމުގެ ދަށުން ފަލަސްތީނު މީހުންގެ ލޮލުގެ ކޯނިއާ އާއި ހަންގަނޑު ފަދަ ތަކެތި އާއިލާގެ ހުއްދަ ނެތި ނަގަމުންދާ ކަމަށް ރިޕޯޓްކޮށްފައެވެ. ފަހުން ޑރ. ހިސް އަމިއްލައަށްވެސް ވަނީ މިކަމަށް އިއުތިރާފުވެފައެވެ.

މީގެ އިތުރުން، 2015 ވަނަ އަހަރު ޔޫރަޕިއަން ޕާލަމެންޓުން ވަނީ އިސްރާއީލަކީ ގުނަވަންތަކުގެ ވަގު ވިޔަފާރި ކުރާ މައިގަނޑު އެއް މަރުކަޒު ކަމަށް ކަނޑައަޅާފައެވެ. އިސްރާއީލުން ހަތަރުވަނަ ޖެނީވާ ކޮންވެންޝަންގައި ސޮއިކޮށްފައި ނުވުމަކީ، މިފަދަ ލާއިންސާނީ އަމަލުތައް ހިންގުމަށް އެ އެމީހުންނަށް ލިބޭ ފުރުސަތެއް ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބުނެއެވެ.

ޣައްޒާ ޤަތުލްޢާއްމު ތެރެއިންވެސް ގުނަވަން ވަގަށް ނެގުމުގެ ތުހުމަތުތަކެއް

އޮކްޓޯބަރު 2025 ގައި ޣައްޒާގެ ސަރުކާރުގެ މީޑިއާ އޮފީހުގެ ޑައިރެކްޓަރު އިސްމާއިލް ތަވާބްތާ ވިދާޅުވި ގޮތުގައި، އިސްރާއީލުން އަނބުރާ ހަވާލުކުރި ފަލަސްތީނު މީހުންގެ ހަށިގަނޑުތައް ހުރީ ކޮެނެ، ގުނަވަންތައް ނަގާފައެވެ. މީގެ ތެރޭގައި ލޮލުގެ ކޯނިއާ އާއި، ކިޑްނީއާއި އެނޫންވެސް މުހިންމު ގުނަވަންތައް ހިމެނެއެވެ.

ބްރިޓިޝް-ޕަލަސްޓީނިއަން ޕްލާސްޓިކް ސާޖަން ޑރ. ޣައްސާން އަބޫ ސިއްތާ ހާމަކުރެއްވި ގޮތުގައި، ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިގަނޑުތަކުން ހިތާއި، ފުއްޕާމޭ، ފުރަމޭ އަދި ކިޑްނީ ފަދަ ގުނަވަންތައް ނަގާފައިވަނީ ވަރަށް ފަންނީ ގޮތެއްގައެވެ. އަދި އެ ގުނަވަންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ލިކުއިޑް ނައިޓްރޯޖަން ބޭނުންކޮށްފައިވާ ކަމުގެ ނިޝާންތައް ހުރި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ހަރަކާތާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. ފަލަސްތީނުގެ ރައްޔިތުން ގަތުލުކޮށް، އެމީހުންގެ ހަށިގަނޑުން ގުނަވަން ވަގަށް ނަގާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް އޮތް އިރު، އިސްރާއީލުން ގުނަވަން ހަދިޔާކުރުމުގެ ރެކޯޑެއް ފާހަގަކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ގިނަ ބަޔަކު ބުނަމުންދެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކުން ދަނީ މި މައްސަލަ ބައިނަލްއަގުވާމީ ފެންވަރެއްގައި ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.