ގާޑިއޯލާ ވާހަކަ ދައްކަނީ:
ދުނިޔެ
30 Jan 2026 | 14:57
ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާގެ ވަރުގަދަ މެސެޖެއް: ޣައްޒާގެ ކުޑަކުދިން ތިބީ އަޅާލުމެއްނެތި ބާކީކޮށްލާފައި

މެންޗެސްޓަރ ސިޓީގެ މެނޭޖަރު ޕެޕް ގާޑިއޯލާ، ފަލަސްތީނުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ހުރިކަން ހާމަކޮށް، ގައްޒާގެ ކުޑަކުދިންނަށް ދުނިޔެއިން އިހުމާލުވެފައިވާ ކަމަށް ބުނެ އަސަރުގަދަ މެސެޖުތަކެއް ދީފިއެވެ.

އޭނާ މިހެން ބުނީ ބާސެލޯނާގައި ބޭއްވި "ކޮންސަޓް ފޯ ފަލަސްތީން" ހަރަކާތުގައި ވާހަކަދައްކަމުންނެވެ.

ގާޑިއޯލާގެ ވާހަކައިގައި ފަލަސްތީނުގެ މައްސަލައަކީ މުޅި އިންސާނިއްޔަތާ ގުޅިފައިވާ ކަމެއްގެ ގޮތުގައި ސިފަކުރިއެވެ.

"އަޅުގަނޑުމެން މިތިބީ އަނިޔާ ލިބެމުންދާ މީހުންނާއެކު. މިއަދު އަޅުގަނޑުމެން މިތިބީ ފަލަސްތީނާއެކު. މިއީ ހަމައެކަނި ފަލަސްތީނަށްޓަކައި ކުރާ ކަމެއް ނޫން، މިއީ އިންސާފުވެރި ކަމަށްޓަކައި ކުރާ ކަމެއް. މިއީ ފަލަސްތީނާއި އިންސާނިއްޔަތަށްޓަކައި ކުރާކަމެއް،" ގާޑިއޯލާ ބުންޏެވެ.

ތާރީޚީ ކަންކަމަށް އަލިއަޅުވާލަމުން ގާޑިއޯލާ ވަނީ 1938 ވަނަ އަހަރު ބާސެލޯނާއަށް ދިން ބޮމުގެ ހަމަލާތައް ހަނދާން އާކޮށްފައެވެ. އޭނާ ފާހަގަކުރި ގޮތުގައި ބާސެލޯނާ، ލަންޑަން އަދި ޕެރިސް ފަދަ ސިޓީތަކަށް އަނިޔާލިބުމަކީ ކޮބައިކަން ތާރީޚުގެ ތެރެއިން އެނގޭނެއެވެ.

"މިއަދު މުޅި ދުނިޔޭގެ ކުރިމަތީގައި އަޅުގަނޑުމެން މިއޮތީ ފާޅުކަން ބޮޑު ގޮތެއްގައި އެންމެ ނިކަމެތި މީހުންގެ ފަރާތުގައި،" އޭނާ އިތުރަށް ބުންޏެވެ.

ގައްޒާގެ ހާލަތާ މެދު އޭނާގެ އަމިއްލަ އިހުސާސްތައް ހިއްސާކުރަމުން ގާޑިއޯލާ ބުނީ، އިމާރާތްތަކުގެ ކުނިބުނިތަކުގެ ތެރޭގައި ހުރެގެން "މަންމަ ކޮބައިތޯ" އަހައި ރޮމުންދިޔަ ކުޑަކުއްޖެއްގެ ވީޑިއޯ ފެނުނު ކަމަށެވެ. އެ ކުއްޖާއަށް ވެގެން އުޅޭ ގޮތްވެސް އޭރު ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އަބަދުވެސް ވިސްނަން އެ ކުދިންގެ ހިތަށް އަރާނީ ކީކޭ ބާވައޭ. އަޅުގަނޑުމެން އެކުދިން އެކަނި ދޫކޮށްލައިފި. އަޅާނުލައި ބާކީކޮށްލައިފި،" އޭނާ ބުންޏެވެ.

ބައިނަލްއަގުވާމީ މުޖުތަމައުން މިކަމުގައި ފިޔަވަޅެއް ނާޅާތީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުން ގާޑިއޯލާ ބުނީ، އެ ކުދިން އެހީއަށް އެދި ގޮވަމުންދާ އަޑު އޭނާއަށް އިވޭ ފަދަ ކަމަށެވެ.

"އަޅުގަނޑަށް ސިފަވަނީ އެ ކުދިން ބުނާ ކަހަލަ 'ތިމީހުން ތިބީ ކޮންތާކު؟ އައިސް އަހަރެމެންނަށް އެހީވެދީބަލަ'. ނަމަވެސް މިހާތަނަށްވެސް، އަދި މިހާރުވެސް އަޅުގަނޑުމެންނަށް އެ އެހީއެއް ނުވެވުނު. އަޅުގަނޑުމެން އެކުދިން އެކަނި ދޫކޮށްލައިފި،" ގާޑިއޯލާގެ ވާހަކަ ނިންމާލަމުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.