ހިޔާ ޓަވަރު 5 ގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ އާ ގުޅިގެން ޓަވަރުން މީހުންތައް ނިކުންނަނީ.. ފޮޓޯ: ވޮއިސް
ހަބަރު
31 Jan 2026 | 14:45
އަލިފާނުގެ ހާދިސާގައި 18 އެޕާޓްމަންޓަކުން މީހުން ބަދަލުވާން ޖެހުނު: އެންޑީއެމްއޭ

ހިޔާޓަވަރު 5 ގައި އިއްޔެ އިރުއޮއްސުނުފަހުން ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކުރިން ލަފާކުރި ވަރަށްވުރެ ލިބުނު ގެއްލުންތައް ބޮޑުވެއްޖެއެވެ.

މިކަމާ ގުޅިގެން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން މިއަދު ހެނދުނު އެކްސްގައި ކުރި ޕޯސްޓެއްގައި އެންމެ ފުރަތަމަ ބުނެފައިވަނީ، އަލިފާނުގެ ހާދިސާއާއި ގުޅިގެން އެ ޓަވަރުގެ 7 އެޕާޓްމަންޓެއްގެ 37 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާކަމަށެވެ.

ނަމަވެސް އޭގެ ފަހުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އެހީތެރިކަން ބޭނުންވެގެން ރިޕޯޓުކޮށްފައިވާ 18 އެޕާޓްމަންޓްގައި ދިރިއުޅޭ 85 ފަރާތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާކަމަށެވެ. މީގެ އިތުރުން އެފަރާތްތަކަށް ކެއުން ބުއިމަށްވެސް އެހީ ފޯރުކޮށްދީފައިވާކަމަށް ޑިޒާސްޓާއިން ވަނީ ބުނެފައެވެ.

ޑިޒާސްޓާއިން ބުނީ އަލިފާނުގެ ހާދިސާގައި 5 ވަނަ ޓަވަރުގެ 38 އެޕާޓްމަންޓުގެ ނަރުދަމާ ހޮޅިތަކަށް ގެއްލުން ލިބިފައިވާކަމަށެވެ.

އަލިފާނުގެ ހާދިސާގައި އޭސީ އައުޓްޑޯ ޔުނިޓެއް އަނދާފައި.. ފޮޓޯ: ވޮއިސް

މި ހާދިސާއަށް ފަހު ނަރުދަމާއަށް ލިބުނު ގެއްލުން ދެނެގަނެ ގެއްލުންތައް މަރާމާތުކުރުމުގެ މަސައްކަތް އެޗް.ޑީ.ސީ.އިން ދަނީ ކުރަމުންނެވެ. އެންޑީއެމްއޭއިން ބުނީ އަލިފާނުގެ ހާދިސާއާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން އެޗް.ޑީ.ސީ އާ ގުޅިގެން ބަލަމުން އަންނަކަމަށެވެ.

ހިޔާ ޓަވަރު 5 ގައި ހިނގާދިޔަ އަލިފާނުގެ ހާދިސާ ހިނގާފައިވަނީ ވައިގޮޅީގެ ތެރޭގައި ހަރުލާފައިހުރި ކުނިތަކެއްގައި ރޯވެގެންނެވެ. މި ހާދިސާ ހިނގަން ދިމާވި ސަބަބު އަދި މިހާތަނަށް ހޯދިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގައްދޫ އަތުން އީގަލްސް އަށް މޮޅެއް
މިއީ މި ފަހަރުގެ ލީގުގައި އީގަލްސް ހޯދި ދެވަނަ މޮޅެވެ. އެ ޓީމު މީގެ ކުރިން މޮޅުވެފައިވަނީ ބިސްބުރު ސްޕޯޓްސް ކްލަބާ ވާދަކުރި މެޗުންނެވެ.
20 Sep 2026
ކޮންގްރެސް އިން ކެމްޕެއިން ޓީމު ތަރުތީބު ކުރެވިއްޖެ، ފަސޭހަކޮށް ކާމިޔާބުވާނެ: އަބްދުއްރަހީމް
އަބްދުއްރަހީމް ވިދާޅުވީ ކޮންގްރެސް އިން ލިބުނު ހިތްވަރާއި ފިލާވަޅުގެ އަލީގައި އެންމެ ވަގުތެއްވެސް ނަގައި ނުލައި 2028 އަށް އަމާޒު ހިފަން ޖެހޭ ކަމަށެވެ.
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.