މިނިވަން މުވަްްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ މަޖިލިސް
ހަބަރު
02 Feb 2026 | 15:38
ދެ އިންތިހާބު އެއްކޮށްލުމާ މެދު ހިޔާލު ހޯދުމުގެ ވޯޓު އޭޕްރީލްގައި ނެގޭނީ މި މަހުގެ 18 އަށް ބިލް ނިންމައިގެން: އީސީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ މެންބަރުންގެ އިންތިހާބު ބާއްވާއިރު، ރިޔާސީ އިންތިޚާބާ، ރަައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުއެކީގައި ބޭއްވުމާ މެެދު ރައްޔިތުންނަށް ފެންނަ ގޮތެއް ބަލަން ބާއްވަން ޖެހޭ ރިފަރެންޑަން އެކު ބޭއްވޭނީ ގާނޫނުއަސާސީ އަށް ގެންނަ ބަދަލުގެ މަަސައްކަތް މިމަހުގެ 18 ގެ ކުރިން ނިންމައިގެން ކަމަށް އިލެކްޝަންް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

ދެ އިންތިހާބު އެއްކޮށް ބާއްވާ ގޮތަށް ގާނޫނުއަސާސީ ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބިލަށް، ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަން މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ ބައްދަލުވުންތައް ބާއްވާފައެވެ.

އެގޮތުން އީސީއާއި ބަންޑާރަ ނާއިބުގެ އޮފީހާއެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ، ގާނޫނުގައި ވާގޮތުގެ މަތީން ރިފަރެންޑަމްއަކަށް ދިޔުމަށް ނިންމައިފި ނަމަ އެކަން އިލެކްޝަން ކޮމިޝަނުން ކުރާނެ ކަމަށެވެ. އެހެން ނަމަވެސް ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ވޯޓު ނެގޭނީ މިމަހު 18ގެ ކުރިން ގާނޫނަށް ބަދަލު ގެނެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ

ނަމަވެސް އެކަމަށްޓަކައި 45 ދުވަސް އެބަ ދޭންޖެހޭ. ދެން ކުރިއަށް މިއޮތް ލޯކަލް ކައުންސިލް އިންތިޚާބާ މި ދޭތި (ރިފަރެންޑަމް) އެއްވެގެން އަޅުގަނޑުމެންނަށް ބޭއްވޭނީ، އެންމެ ފަހުގެ ތާރީޚެއްގައި ނަމަ 18 ފެބްރުއަރީގައި އެކަން ނިމިގެން އަންނަ ނަމަ. މި ދެންނެވީ ހުރިހާ މަރުހަލާ ތަކެއް ނިމިގެން ރައްޔިތުންގެ ވޯޓަކަށް އަހާން އެކުގައި ބޭއްވޭނީ.

އީސީގެ ރައީސް މުހައްމަދު ޒާހިދު

މީގެ އިތުރުން ޒާހިދު ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބުގެ އިތުރުން ރިފަރެންޑަމް ވޯޓު ނަގާނަމަ، އެކަމަށް އިތުރު ބަޖެޓެއް ބޭނުންވާނެ ކަމަށެވެ. އެގޮތުން، ކައުންސިލް އިންތިޚާބާއެކު ރިފަރެންޑަމް ބާއްވާނަމަ އިތުރު 20 މިލިއަން ރުފިޔާގެ ބަޖެޓެއް ބޭނުންވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. 

އެ ބަޖެޓަކީ ކަރުދާސް ޗާޕުކުރަންޖެހޭނެ. އަދި އަޅުގަނޑުމެން އޮފިޝަލުން ގޮތުގައި މަސައްކަތްކުރާ މީހުން އިތުރަށް މަސައްކަތްކުރަންޖެހޭނެ. ފަހަރެއްގައި އިތުރު އޮފިޝަލުން ނަގާންވެސް ޖެހޭނެ.އެ ހާލަތެއްގައި އެމީހުންނަށް ދޭންޖެހޭ އިތުރު އެލަވަންސްއެއް އޭގެ ތެރެއަށް އަންނާނެ. މީގެ އިތުރުން ކައުންސިލް އިންތިޚާބަށް ބޭނުންވާ ފޮށިތައްވެސް މިހާރު ރަށްރަށަށް ފޮނުވާފައި ވާނީ. ރިފަރެންޑަމް ބާއްވައްޏާ އިތުރު ފޮށިވެސް ބޭނުންވާނެ. 

އީސީގެ ރައީސް މުހައްމަދު ޒާހިދު

ޒާހިދު ވިދާޅުވީ ކަން ދިމާވާ ގޮތަކުން، ފޮށިތައް ފޮނުވުމުގެ ކަންކަން ފަދަ ކަންކަމަށް އިތުރު ފައިސާވެސް ޚަރަދުވެދާނެ ކަމަށާ، ނަމަވެސް ފޮށިތައް ފޮނުވުމުގެ ކަންކަމުގައި އައިލެންޑް އެވިއޭޝަނާއި އެމްޓީސީސީގެ އެހީ ލިބިއްޖެ ނަމަ، 20 މިލިއަނެއްހާ ރުފިޔާގެ ބަޖެޓުން ވާނެ ކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.