ސްކޭމް ކޯލެއް--
ހަބަރު
03 Feb 2026 | 13:30
މިދިޔަ މަހު އެކަނިވެސް ސްކޭމްތަކަށް މިލިއަނަކަށް ވުރެ ގިނަ ރުފިޔާ ގެއްލުނު

މިދިޔަ ޖެނުއަރީ މަހު އެކްނިވެސް ސްކޭމްތަކުގައި މިލިއަނަކަށް ވުރެ ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން މައުލޫމާތުދީފިއެވެ. 

ފުލުހުން އާންމުކުރި ހިސާބުތަކުގައި ވާގޮތުން، މުޅި ޖުމުލަ 189 މައްސަލައެއްގައި މިދިޔަ މަހު ފައިސާ ގެއްލިގެން ވަނީ ހުށަހަޅާފައެވެ. އެ މައްސަލަތަކުގައި 1.7 މިލިއަން ރުފިޔާ ގެއްލިފައިވާއިރު، އަނބުރާ ހޯދިފައިވަނީ 630،319.15 ރުފިޔާކަމަށްވެސް މި ހިސާބުތަކުގައި ހާމަކޮށްފައިވެއެވެ. ފުލުހުން ބުނި ގޮތުގައި، އެ މައްސަލަތަކުގެ ތެރެއިން އެއްކޮށް ފައިސާ ހޯދުނީ، 52 މީހުންނެވެ. އެގާރަ މީހުންގެ ހޯދައިދެވުނީ، ގެއްލުނު ފައިސާއިން ބައެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ މަހު އެންމެ ގިނަ މީހުން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ އީކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެ ބާވަތުގެ 109 މައްސަލަ ހުށަހަޅާފައިވެއެވެ. އަދި ޑޮލަރު މާރު ކުރުމުގެ ސްކޭމްގައި ވެސް 36 މީހަކު މިދިޔަ މަހު ޖެހިފައިވެއެވެ. މީގެ އިތުރަށް، މީހެއްގެ ފަރާތުން ކަމަށް ހެދިގެން އޮޅުވާލައިގެން 17 މީހެއްގެ އަތުން މަކަރާއި ހީލަތުން މިދިޔަ މަހު ސްކޭމަރުން ވަނީ ފައިސާ ހޯދާފައެވެ.

އެ މައްސަލަތަކުގައި ބޭނުންކޮށްފައިވާ މަންސަތަކުގެ ތެރޭގައި، ފޯނު ކޯލާއި އައިބޭއާއި އޮންލައިން މެސެޖިން ޕްލެޓުފޯމުތަކާއި ފިޝިން ލިންކުތަކާއި ފޭސްބުކް މާކެޓު ޕްލޭސް ހިމެނޭ ކަމަށް ހިސާބުތަކުން ދައްކައެވެ.

ބަލި މީހުންނަށް އެހީވުމުގެ ނަމުގައި ސްކޭމް ކުރުން އިތުރުވާތީ ފުލުހުން ވަނީ، އެ ފަދަ ސްކޭމަރުންނަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަން އިލްތިމާސްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.