ރިޔާސީ ބަޔާން އިއްވާ ޖަލްސާ... ފޮޓޯ: މަޖިލީހުގެ އިދާރާ
ހަބަރު
05 Feb 2026 | 09:19
ރިޔާސީބަޔާން އިއްވުން: ބަޔާނުގެ ވަކި ހިސާބަކުން އިދިކޮޅު މެމްބަރުންގެ ޖެއްސުންކުރުންތައް ފެށިއްޖެ

ރައީސުލްޖުމްހޫރިއްޔާ ރިޔާސީބަޔާން އިއްވަން ފެށިތާ އިރުކޮޅެއްފަހުން އިދިކޮޅު މެމްބަރުން ޖެއްސުންކުރަން ފަށައިފިއެވެ.

މިއަދުގެ ރިޔާސީބަޔާން އިއްވަން ފެށިއިރު މަޖިލީހުގެ މާލަމް ވަރަށް އަމާން އޮމާންކޮށް ދިޔަނަމަވެސް ވަކި ހިސާބަކުން އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ އިދިކޮޅު ބައެއް މެމްބަރުން ވަނީ، ބަޔާނަށް ހުރަސްއެޅުމުގެ ގޮތުން ކަށިގަނޑު ފުމެން ފަށާފައެވެ. އޭރު ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު އަމާޒުކުރައްވާފައިވަނީ ދީނާ ސިޔާސަތާ ގުޅޭގޮތުންނެވެ. އިދިކޮޅު ބައެއް މެމްބަރުން ކަށިގަނޑު ފުމުނު ނަމަވެސް ފަސްވަރަކަށް މިނެޓްފަހުން ވަނީ ހުއްޓާލާފައެވެ. 

އަދި ފަހުން ޗާގޯސް މައްސަލައާ ގުޅޭގޮތުން ވާހަކަ ދައްކަން ފެށުމުން އިދިކޮޅު މެމްބަރުން ވަނީ ގޮނޑިކޮޅުތަކުން ތެދުވެ އިހުތިޖާޖުކުރަން ފައްޓަވާފައެވެ. އިދިކޮޅު މެމްބަރުން އިހުތިޖާޖުކުރައްވަމުން ގެންދަވަނިކޮށް ރައީސް ވަނީ ވަރަށް މުހިންމު ނިންމުމެއް ނިންމަވާފައިވާކަން އިއުލާނުކުރައްވާފައެވެ. އެގޮތުން ކުރީ ސަރުކާރުން ދޫކޮށްލިކަން އަންގައި މޮރިސަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީ އަނބުރާ ގެނައުމަށް ނިންމެވިކަން ރައީސް ވަނީ ވަނީ އިއުލާނުކުރައްވާފައެވެ.

އިދިކޮޅު ބައެއް މެމްބަރުން މަޖިލީހުގައި އަޑުގަދަކުރައްވަން ފެއްޓެވުމާއެކު މަޖިލީހުގެ ރައީސް ވަނީ ބައެއް މެމްބަރުންގެ ނަންފުޅުތައް އިއްވައި ތަޅުމުން ނިކުމެ ވަޑައިގަތުމަށް އަންގަވާފައެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހާ ގުޅޭގޮތުން އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރުން އިއްޔެ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައިވާއިރު، ރިޔާސީ ބަޔާން އިއްވާ ޖަލްސާ ބޮއިކޮޓް ކުރާނޭވާހަކައެއް ދައްކާފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.