ރައީސް މުޢިއްޒު ރިޔާސީ ބަޔާން އިއްވަނީ: ފޮޓޯ/ ރައީސް އޮފީސް
ހަބަރު
05 Feb 2026 | 10:16
ރިޒާވްގައި 1.1 ބިލިއަން ޑޮލަރު އެބަހުރި، މިއީ ތާރީހީ އަދަދެއް: ރައީސް މުޢިއްޒު

ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި މިވަގުތު 1.13 ބިލިއަން ޑޮލަރު އެބަހުރި ކަމަށާ މިއީ ރާއްޖޭގެ ތާރީހުގައި ވެސް ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަ ފަހަރު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ، މަރުކަޒީ ބޭންކް، އެމްއެމްއޭއިން މިދިޔަ އަހަރު އެކަނިވެސް 492 މިލިޔަން އެމެރިކާ ޑޮލަރު މާރުކޮށްފައިވާ ކަމަށެވެ. އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވެ، ރަސްމީ ގްރޮސް ރިޒާވް 1.13 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާފައިވާ ކަމަށެވެ.

ބޭރު ފައިސާއާ ބެހޭ ޤާނޫނު ތަންފީޒު ކުރަން ފެށުމާއެކު 2025 ވަނަ އަހަރުގެ ޖެނުއަރީން ފެށިގެން ޑިސެމްބަރާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް 492 މިލިއަން އެމެރިކާ ޑޮލަރު މާރުކޮށްފައިވޭ. މީގެ ސަބަބުން 2025 ވަނަ އަހަރު ރާއްޖޭގެ ރަސްމީ ރިޒާވް އިތުރުވުމަށް މަގުފަހިވި. މިގޮތުން ބަލާއިރު މިވަގުތު ރާއްޖޭގެ ރަސްމީ ގްރޮސް ރިޒާވްގައި 1.13 ބިލިއަން އެމެރިކާ ޑޮލަރަށްވުރެ މަތީގަ އެބަހުރި. މީ ދިވެހިރާއްޖޭގެ ތާރީހުގަވެސް ރަސްމީ ގްރޮސް ރިޒާވް އެންމެ މައްޗަށް ދިޔަފަހަރު. 

ރައީސް މުޢިއްޒު

މީގެ އިތުރުން، އަބޫދާބީ ޑިވެލޮޕްމެންޓް ފަންޑުން 2018 ވަނަ އަހަރު ނަގާފައިވާ 100 މިލިޔަން ޑޮލަރުގެ ބޮންޑު މި ސަރުކާރުން ކޮށްފައިވާ މަސައްކަތުގެ ނަތިޖާއެއްްގެ ދަށުން ރޯލްއޯވަރކޮށް، އޭގެ މުއްދަތު 5 އަހަރަށް އިތުރުކުރުމުގެ އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ.

"މި ސަރުކާރުން ކުރި މަޝްވަރާގެ ނަތީޖާގެ ގޮތުން ރޯލްއޯވަރކޮށް މެޒޫރިޓީގެ މުއްދަތު 5 އަހަރަށް އިތުރުކުރުމަށާއި، އަދި މިކަމާ ގުޅޭ އެގްރީމެންޓުގައި ސޮއިކުރުމުގެ ޓާރމްސްތަކަށް ވަނީ އެއްބަސްވެފައި. އަދި މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީގެ އިތުރުން ނޮން ޓެކްސް އާމްދަނީގެ ގޮތުގައި 100 މިލިޔަން ޑޮލަރު މިހާރު ކަށަވަރުވެފައިވާއިރު މި އާމްދަނީ ކުރިއަށްއޮތް 45 ދުވަހުގެ ތެރޭގައި ޖަމާވާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. 

ރައީސް އިތުރަށް ވިދާޅުވީ، ދައުލަތުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 2025 ވަނަ އަހަރުގެ ނިޔަލަށް 36 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އެގޮތުން، ޓެކްސްގެ އާމްދަނީގެ ގޮތުގައި 28.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 9.6 ބިލިއަން ރުފިޔާ ލިބިފައިވާކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ހިލޭ އެހީގެ ގޮތުގައި 378.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޖުމްލަ އާމްދަނީއާއި ހިލޭ އެހީ ވަނީ 2024 ވަނަ އަހަރަށް ބަލާއިރު 12 އިންސައްތަ ކުރިއަރާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މި ބަދަލުތަކާ އިޤްތިޞާދީ ދުވެއްޔަށް އަންނަ ކުރިއެރުމާ އެކު މިއަހަރު 40.4 ބިލިއަން ރުފިޔާ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާ ކުރެވޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.