ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ބަޔާން އިއްވަވަނީ --
ހަބަރު
05 Feb 2026 | 10:42
ދިވެހީންގެ ނަމުގައި 10 ރިސޯޓް ތަރައްގީކޮށް ކޮންމެ އަހަރަކު ހުރިހާ ދިވެހީންނަށް ފައިދާ ބަހަން ފަށަނީ

ދިވެހީންގެ ނަމުގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް ކޮންމެ އަހަރަކު ހުރިހާ ދިވެހީންނަށް ފައިދާ ބަހަން ނިންމާ އެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިއުލާނު ކުރައްވައިފި އެވެ.

އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ މިއަދު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ. ރައީސް ވިދާޅުވީ ދިވެހި ފަތުރުވެރިކަމަށް 50 ވުރެެ ގިނަ އަހަރު ވެގެން ދިޔަނަމަވެސް ހުރިހާ ދިވެހީންނަށް އެ ސިނާޔަތުން ފައިދާ ލިބޭނެ ގޮތެއް ފަހިވެފައި ނެތް ކަމަށެވެ. އެއީ ހަމަޖެހޭ އަދި ގަބޫލު ކުރެއްވޭނެ ކަމެއް ނޫން ކަމުގައި ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މި ރާއްޖޭގެ ފަޅުތަކާއި ރަށްތަކާއި ގިރިތަކާއި އެ ނޫން ކޮންމެ ތަނަކީ ހުރިހާ ދިވެހީންގެ މިލްކުވެރިކަން އޮތް ތަންތަން ކަމަށެވެ. އެހެން ކަމުން ފަތުރުވެރިކަމުން ދިވެހި ހުރިހާ ރައްޔިތުންނަށް ހަމަހަމަ ކަމާއެކު މަންފާ ލިބެން ޖެހޭ ކަމުގައި ވިދާޅުވި އެވެ.

އެކަމަށް މަގު ފަހި ކުރުމުގެ ގޮތުން ދިވެހީންގެ ނަމުގައި މަދުވެގެން 10 ރިސޯޓް ތަރައްގީކޮށް ކޮންމެ އަހަރަކު ހުރިހާ ދިވެހީންނަށް ފައިދާ ބަހަން ނިންމާފައިވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ސަރުކާރުގެ ކުންފުންޏެއް މެދުވެރިކޮށް ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި މަދުވެގެން 10 ރިސޯޓް ތަރައްޤީކޮށް އެ ރިސޯޓްތަކުން ލިބޭ ފައިދާގެ ބޮޑު ބައެއް ހަމަ އެއްވެސް ރައްޔިތަކު ބާކީ ނުކޮށް ރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޭންކު އެކައުންޓަށް ހަމަހަމަ ކަމާއެކު އަހަރަކު އެއް ފަހަރު ބޭރު ފައިސާއިން ޖަމާކޮށްދޭން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ގޮތަށް ތަރައްގީކުރާ ހުރިހާ ރިސޯޓެއްގެ ހިއްސާ ދިވެހި ހުރިހާ ރައްޔިތުންނަށް ލިބޭ ގޮތަށް ގާނޫނުގައި އެކަން ކަނޑައަޅުއްވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ.

އަންދާޒާ: 2030 ގައި ފައިދާ ޖަމާކުރެވެން ފެށޭނެ

ރައީސް ވިދާޅުވި ގޮތުގައި ރިސޯޓްތައް ތަަރައްގީކޮށް ކުރިއަށް އޮތް 2030 ވަނަ އަހަރުން ފެށިގެން ފައިދާ ޖަމާކުރަން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އަންދާޒާ އަކީ އަހަރަކު ކޮންމެ ރައްޔިތެއްގެ އެކައުންޓަށް 400 ޑޮލަރު ޖަމާވުން ކަމަށެވެ. އަދި ވިދާޅުވީ އެ އުންމީދު ހަގީގަތަކަށް ހެދުމަށް ވަރަށް ހަލުވިކަމާއެކު މަސައްކަތް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Aug 2026
ފަރުމަސްވެރި ކަމަށް ހާއްސަކޮށް އަޅާ ފުރަތަމަ އައިސްޕްލާންޓް އުކުޅަހުގައި
މިއީ ފަރުމަސްވެރި ކަމަށް ހާއްސަކޮށްގެން އަޅާ ކުދި އައިސްޕްލާންޓު ތަކުގެ ތެރެއިން ފުރަތަމަ އައިސްޕްލާންޓެވެ.
05 Aug 2026
އުކުޅަހުން އެދުނީ އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށް
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގަ އެވެ.
05 Aug 2026
އެމްޑީޕީގެ މުޒާހަރާގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ހާލަތު ބަދަލުކުރުން: ޝިފާޒް
އެމްޑީޕީން ކުރިއަށްގެންދާ މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ އޮގަސްޓް 13 ވަނަ ދުވަހުގެ ރޭ 20:30 ގައި މަޖީދީމަދު ސޯޝަލް ސެންތަރު ކައިރިން ކަމަށް އެޕާޓީން ބުނެއެވެ
05 Aug 2026
'ޕާލް ރެސިޑެންސް" އާ ގުޅިގެން އިލްމުވެރިންގެ ގުޅުމުން މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަނީ
ޕާލް ރެސިޑެންސް ޕްރޮގްރާމާ ގުޅޭގޮތުން ސަރުކާރުން ބުނެފައިވަނީ، މިއީ ރާއްޖެއަށް ގެއްލުންވާ ބީދައިން ކުރިއަށްގެންދާ ޕްރޮގްރާމެއް ނޫންކަމަށެވެ
05 Aug 2026
ނިޔާވި ފަރާތްތަކުގެ އެކައުންޓަށް ޖަމާވި ފައިސާ ރިކަވާވޭ
ނިޔާވެފައިވާ 700 ވުރެ ގިނަ މީހުންގެ އެކައުންޓަށް ޖަމާކޮށްފައިވާ 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ރިކަވާ ކުރެވެމުންދާ ކަމަށް އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެ އެވެ.
05 Aug 2026
ތިންލައްކަ އަށްވުރެ ގިނަ ރުފިޔާހުރި ފޮއްޓެއް ވަގަށް ނެގި މީހަކު ހައްޔަރުކޮށްފި
މި މަހުގެ ހަތަރުވަނަ ދުވަހު މި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، ސެވެންސްޓަރ / ލ. މުންޑޫ، ޢަލީ ނާޡިމް (44އ) ހައްޔަރުކޮށްފައިވެ އެވެ.
05 Aug 2026
ފުލުހުންގެ ބެލެމުގެ ދަށަށް ގެނައި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
ދޫނިދޫގައި މިއަދު ނައްތައިލި ތަކެތީގެ ތެރޭގައި ހިމެނެނީ ބްރޭންޑެޑް ފުޅީގެ 96 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 181 ފުޅި ބަނގުރަލާއި 10 ދަޅު ބަނގުރާ އަދި އެހެނިހެން ތަކެތީގެ ގޮތުގައި 58 އައިޓަމެކެވެ.
05 Aug 2026
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް މި އަހަރު ވެސް ބާއްވަނީ
ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) މި އަހަރު ބާއްވާނެ ކަމަށާއި ރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވައިލާނެ ކަމަށް ދިރާގުން އިއުލާނުކޮށްފިއެވެ.