ރައީސް ރިޔާސީ ބަޔާން އިއްވަވަނީ --
ހަބަރު
05 Feb 2026 | 10:55
އަންނަ އަހަރުގެ ޖުމްހޫރީ ދުވަހަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނެ

އަންނަ އަހަރުގެ ޖުމްހޫރީ ދުވަހުގެ ނިޔަލަށް ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެެއްޖެ އެވެ.

ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަަސައްކަތް ކުރަމުންދާ ކަމަށެވެ. އެ މަސައްކަތުގެ އަދާހަަމަ އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފަ އެވެ.

އެގޮތުން މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ 125 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްގެ މަސައްކަތް އެމްޕީއެލް އިން މިއަދު ބަޔަކާ ހަވާލުކުރާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ޑޮމޮސްޓިކް ޕޯޓް ބަދަަލުކުރަން ބޭނުންވާ ދެ ކިލޯ މީޓަރުގެ ކީވޯލާއި ޕޭވޯލާއި އިމާރާތްކުރުމުގެ މަސައްކަތްތަކާއި މެޝިނަރީސް ހޯދުމުގެ މަސައްކަތް މި އަހަރުގެ މެދުތެރޭގައި ކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

"މި ހުރިހާ މަސައްކަތެއް ނިންމާ, އިރާދަކުރެެއްވިއްޔާ 11 ނޮވެންބަރު 2027 ވަނަ ދުވަހު މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލު ކުރާނަން," ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުން ބޮޑު ފަސޭހައަކާއި ފައިދާތަކެއް ރައްޔިތުންނަށް ވާނެ އެވެ. އެގޮތުން މި ބަދަލާއެކު ހަތް ދުވަހުން ހުސްކުރެވޭ ބޯޓް 24 ގަޑިއިރުގެ ތެރޭގައި ހުސްކޮށް ނިންމާލެވޭނެ ކަމުގައި ވިދާޅުވި އެވެ.

އެކަން އެހެން ވުމުން މުދަލުގެ އަގު ހެޔޮވާނެ ކަމަށް ވިދާޅުވި އެވެ. 

އެމަނިކުފާނު އިތުރަށް ވިދާޅުވި ގޮތުގައި މާލޭގައި މިހާރު ހިންގާ ހޯލްސޭލް ވިޔަފާރި އެކީގައި ތިލަފުއްޓަށް ބަދަލު ކުރެވޭނެ އެވެ. އަދި މުދާ އުފުލާ ބޯޓްތަކަށް ތިލަފުށީ ބަނދަރުން ހިދުމަތް ހޯދަން ފަސޭހަވެ އަތޮޅުތަކަށް މުދާ ގެންދިއުމަށް ފަސޭހަވާނެ ކަމުގައި ވިދާޅުވި އެވެ.

އެ ބަދަލާއެކު މާލޭގެ އެންމެ ކާރުބާރު ބޮޑު ސަރަހައްދު, ދުއްވާ މީހުންނާއި ހިނގާ ބިނގާވެ އުޅޭ މީހުންނަށް ފަސޭހަ ސަރަހައްދަކަށް ވާނެ ކަަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.