އިސްރާއިލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިމެއް
ދުނިޔެ
10 Feb 2026 | 08:14
ހުޅަނގު އައްސޭރި ރަސްމީކޮށް ހިފުމަށް އިސްރާއީލުގެ މަކަރުވެރި ރޭވުމެއް؛ ފަލަސްތީނުން ކުށްވެރިކޮށްފި

މުޅި ދުނިޔޭގެ ސަމާލުކަން ގައްޒާގައި ހިނގަމުންދާ ގަތުލުއާންމަށް ހުއްޓިފައިވާ ދަނޑިވަޅެއްގައި، އިސްރާއީލު ސަރުކާރުން ހުޅަނގު އައްސޭރީގައި "ގާނޫނީ ބަޣާވާތެއް" ހިންގައި، އެ ބިންތައް ރަސްމީކޮށް އިސްރާއީލުގެ ދަށަށް ގެނައުމަށް ފިޔަވަޅުތަކެއް އަޅަން ފަށައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހުގެ ރޭ އިސްރާއީލުގެ ސެކިއުރިޓީ ކެބިނެޓުން ވަނީ މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް އާއި ދިފާއީ ވަޒީރު އިސްރާއީލް ކާޓްޒް ހުށަހެޅި ސިޔާސަތުތަކެއް ފާސްކޮށްފައެވެ.

މި އާ ފިޔަވަޅުތަކުގެ މަގްސަދަކީ ގަދަކަމުން ފޭރިގެންފައިވާ ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ބާރު ފުޅާކުރުމާއި، ފަލަސްތީނުގެ ބިންތައް ޣައިރު ގާނޫނީ ގޮތެއްގައި އަތުލަން ފަސޭހަކުރުމެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދިފާއީ ވަޒީރު ކާޓްޒް ބުނީ، ޔަހޫދީ އާބާދީތައް ބިނާކުރުމަކީ އިސްރާއީލު ސަރުކާރުގެ ސިޔާސަތުގެ ވަކިނުކުރެވޭނެ ބައެއްގެ ގޮތުގައި ހަމަޖައްސަމުންދާ ކަމަށެވެ.

ގާނޫނީ މާހިރުން ފާހަގަކުރާ ގޮތުގައި، މި ނިންމުމުގެ ސަބަބުން ހުޅަނގު އައްސޭރީގެ މަދަނީ އަދި ގާނޫނީ ހާލަތަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އަދި އެތައް އަހަރެއް ވަންދެން ޣައިރު ގާނޫނީ އާބާދީތައް ފުޅާކުރުމަށް ހުރި "ގާނޫނީ ހުރަސްތައް" މި ނިންމުމުގެ ސަބަބުން ނެތިގެންދާނެ ކަމަށް އިސްރާއީލުގެ ވަޒީރުން ވަނީ ބުނެފައެވެ.

ފަލަސްތީނުގެ ރިއާސަތުން މި ނިންމުންތަކަކީ "ނުރައްކާތެރި" ނިންމުންތަކެއްގެ ގޮތުގައި ސިފަކޮށް، މިއީ އާބާދީތައް ފުޅާކުރުމަށާއި ބިންތައް ފޭރިގަތުމަށް އިސްރާއީލުން ހިންގާ ފާޅުކަން ބޮޑު އަމަލެއް ކަމަށް ބުނެފައެވެ.

ރައީސް މަހްމޫދު އައްބާސްގެ އޮފީހުން ވަނީ އެމެރިކާއަށާއި އދ. ގެ ސަލާމަތީ މަޖިލީހަށް މިކަމުގައި ވަގުތުން ތަދަޚުލްވުމަށް ގޮވާލާފައެވެ.

މިދިޔަ ހޯމަ ދުވަހު، އިސްލާމީ އަށް ގައުމަކުން ވަނީ ހުޅަނގު އައްސޭރީގެ މައްޗަށް "ޣައިރު ގާނޫނީ އިސްރާއީލުގެ ސިޔާދަތު" ފެތުރުމަށް ކުރާ މަސައްކަތް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ފަލަސްތީނުގެ އޮފިޝަލުންނާއި ގާނޫނީ މާހިރުން އިންޒާރު ދެއްވާ ގޮތުގައި، އިސްރާއީލުގެ މި އަމަލުތަކުގެ ސަބަބުން 1993 ވަނަ އަހަރުގެ އޮސްލޯ މުއާހަދާ އަމަލީ ގޮތުން ނިމުމަކަށް އަންނާނެއެވެ. އަދި ފަލަސްތީނުގެ އިދާރާ (ޕީ.އޭ) އަށް ލިބިފައިވާ މަދަނީ ބާރުތައް ގެއްލި، ހުޅަނގު އައްސޭރި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ކުރާ މަސައްކަތްތައް ގާނޫނީ އޮނިގަނޑެއްގެ ތެރެއަށް ފެތިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.