މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ފޮޓޯ / މަޖިލިސް
ހަބަރު
17 Feb 2026 | 11:32
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތް ހަދަން ގާނޫނަށް އިސްލާޙެއް

ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލުއިތަކެއް ހޯދައިދިނުމަށާއި ވަޒީފާއާބެހޭ ކަންކަން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވަޒީފާއާބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން އިސްލާޙުތަކެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިސްލާޙު ސަރުކާރުގެ ފަރާތުން ހުށަހެޅުއްވީ މަޑަވެލި ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒެވެ. މި ބިލުގެ އިބުތިދާއީ ބަހުސް މިހާރު މަޖިލީހުގައި ދަނީ ކުރިއަށްގެންދަމުންނެވެ.

މި އިސްލާޙު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު ވެވޭ އެއްބަސްވުންތައް ބާޠިލުކުރުމުގެ އުސޫލުތައް ހަރުދަނާކުރުމާއި، ބިދޭސީ މުވައްޒަފުން ގެނައުމަށް ދައްކަންޖެހޭ ކޯޓާ ފީ މުރާޖަޢާކޮށް، ބައެއް ފަރާތްތަކުން އެ ފީ ދެއްކުމުން އިސްތިސްނާކުރުމެވެ. 

ކޯޓާ ފީން އިސްތިސްނާކުރުން

ހުށަހަޅާފައިވާ އިސްލާޙުގައިވާ ގޮތުން، ވަކި ބާވަތެއްގެ ވިޔަފާރިތަކަކަށް ނިސްބަތްވާ ފަރާތްތަކުން ކޯޓާ ފީ ދެއްކުމުން އިސްތިސްނާކުރުމަށް ވަޒީރުންގެ މަޖިލީހަށް ނިންމިދާނެއެވެ. މިގޮތަށް އިސްތިސްނާ ދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ:

- އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހި މާޙައުލެއް ގާއިމުކޮށް، އިޤްތިޞާދުގައި އެފަދަ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުން.

- އެފަދަ ވިޔަފާރިތަކުގައި ދިގު މުއްދަތުގެ ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުން.

- ކުދި ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކާ ދެމެދު އޮތް ފަރަޤު ކުޑަކުރުން.

- ވާދަވެރިކަން އުފައްދައި، އާ އުފެއްދުންތަކާއި ޚިދުމަތްތައް ތަޢާރުފުކުރުމަށް ހިތްވަރުދީ، ވިޔަފާރިތަކުގެ ފެންވަރު މަތިކުރުން.

ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމާއި ނޯޓިސް ދިނުން

މީގެ އިތުރުން، ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމާ ގުޅޭ އުސޫލުތަކަށްވެސް ވަނީ ބަދަލުތަކެއް ހުށަހަޅާފައެވެ. އެގޮތުން:

އެއް އަހަރަށްވުރެ ދިގު ނޫން މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ ދޭންޖެހޭނީ ދެ ހަފުތާގެ ނޯޓިސްއެވެ.

ގާނޫނުގައި ބަޔާންކުރާ ނޯޓިސްގެ މުއްދަތަށްވުރެ އިތުރު ނުވަތަ ކުރު މުއްދަތެއް ދިނުމަށް ދެފަރާތުން އެއްބަސްވުމަކަށް އައުމަކަށް މި އިސްލާޙު ހުރަހެއް ނާޅައެވެ.

ނޯޓިސް ދިނުމުގެ ބަދަލުގައި، ނޯޓިސްގެ މުއްދަތަށްވާ މުސާރައާއި އިނާޔަތްތައް ދިނުމަށްފަހު ވަޒީފާގެ އެއްބަސްވުން ބާޠިލުކުރުމުގެ ފުރުޞަތު ވަޒީފާދޭ ފަރާތަށާއި މުވައްޒަފަށްވެސް ލިބިގެންވެއެވެ.

އަންނަ މާޗު މަހުން ފެށިގެން، ވިއްސަށްވުރެ މަދު އަދަދެއްގެ ބިދޭސީން ގެންގުޅޭ ކުންފުނިތަކުން އަހަރީ ކޯޓާ ފީ ދައްކަން ނުޖެހޭ ގޮތަށް ހަދަން ނިންމާފައިވާ ކަމަށާ، އެކަމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއުލާން ކުރެއްވީ މި އަހަރުގެ ރިޔާސީ ބަޔާނުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.
20 Sep 2026
އެމްއެންޔޫއިން ދަރިވަރުންނަށް ކެރިއާ އިޚުތިޔާރުކުރުމަށް އެހީވާ ސިލްސިލާއެއް ފަށަނީ
މި ސިލްސިލާގެ ފުރަތަމަ ސެޝަން ބާއްވަން ހަމަޖެހިފައިވަނީ 24 ސެޕްޓެމްބަރު 2026 ވަނަ ދުވަހު މެންދުރުފަހު 14:00 ގައި އެމްއެންޔޫ ސެންޓްރަލް އެޑްމިނިސްޓްރޭޝަން އޮޑިޓޯރިއަމްގައެވެ. މި ސެޝަނަށް ދީފައިވާ ނަމަކީ "އެމްއެންޔޫ ފިއުޗާ ރެޑީ: ޑިސްކަވާ ޔޯ ޕާތް. ޝޭޕް ޔޯ ފިއުޗާ" އެވެ.
20 Sep 2026
މިއަހަރު 2231 މައްސަލައެއްގައި ދަޢުވާ އުފުލައިފި
މިއަހަރުގެ ފުރަތަމަ އަށް މަހު ޕީޖީ އޮފީހުން 2231 މައްސަލައެއްގައި ދަޢުވާކޮށްފައިވާއިރު، އެންމެ ގިނައީ މަސްތުވާތަކެއްޗާ ގުޅޭ މައްސަލަތަކެވެ.
20 Sep 2026
އެފްއައިބީގެ ޚާއްސަ ތަމްރީނެއް ދިވެހި ފުލުހުންގެ އިސް އޮފިސަރަކު ފުރިހަމަކޮށްފި
"އެފްބީއައި ނޭޝަނަލް އެކަޑަމީ" ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގެ 299 ވަނަ ސެޝަން ހިނގީ މިދިޔަ ޖުލައި މަހުގެ 10 ވަނަ ދުވަހުން ފެށިގެން ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ނިޔަލަށެވެ. ދުނިޔޭގެ އެކި ޤައުމުތަކުގެ ޤާނޫނު ތަންފީޒު ކުރާ އިދާރާތަކުގެ އިސް އޮފިސަރުންގެ ޢިލްމީ ޤާބިލުކަމާއި ލީޑާޝިޕް ހުނަރު ތަރައްޤީކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ ބޭނުމުގައި ރޭވި މި ސެޝަނުގައި ޖުމްލަ 265 އޮފިސަރަކު ދަސްވެނިވެފައިވެއެވެ.
20 Sep 2026
ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456"
ދިވެހި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި އިރުޝާދު ފޯރުކޮށްދިނުމުގެ ގޮތުން ޚާއްޞަ ހިލޭ ގުޅޭ ހޮޓްލައިން "1456" ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާއިން ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.