ދިރާގުގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ފޮޓޯ/ ދިރާގު
ވިޔަފާރި
18 Feb 2026 | 10:26
ދިރާގުގެ ރަމަޟާން މަހުގެ ޝިއާރަކީ "އާއިލީ ގުޅުން"؛ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ތައާރަފުކޮށްފި

ދިރާގުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ތީމްގެ އިތުރުން ރަމަޟާން މަހަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަން އިއުލާނުކޮށްފިއެވެ.

ދިރާގުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި މި އަހަރުގެ ރަމަޝާންމަހު ދިރާގުން ދޭން ބޭނުންވާ މެސެޖަށް އަލިއަޅުވާލައްވަމުން ދިރާގުގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގ ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ ދިރާގަކީ ދިވެހިރާއްޖޭގެ ގުޅުން ކަމަށެވެ. 

ދިރާގުން ދަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން. މި ގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ހާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ 'އާއިލީ ގުޅުން' މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަން ދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުން. އެހެންކަމުން، މި ގުޅުންތަކަށް އިސްކަންދީ މި ރަމަޟާން މަހުގެ ތެރޭގައި ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަންތަކާއި ހަރަކާތްތައް ހިންގުމަށް ވަނީ ހަމަޖެހިފައި. އަޅުގަނޑުމެންގެ ހުރިހާ ކަސްޓަމަރުންނަށާއި އާއިލާތަކަށް ބަރަކާތްތެރި ރަމަޟާންމަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރަން."

ދިރާގުން މިއަދު ލޯންޗުކުރި ހާއްސަ ޕްރޮމޯޝަންގައި ހިމެނޭ އޮފަރތަކަކީ:

• ކާށި ބިނދެގެން ޗައިނާއަށް ދިއުމުގެ ފުރުސަތު:

ކޮންމެ ދުވަހަކު ދިރާގުއެޕް މެދުވެރިކޮށް ކާށި ބިނދެގެން 2ޖީބީ ޑޭޓާ ހޯދުމުގެ ފުރުސަތުހުރިހާ ކަސްޓަމަރުންނަށްލިބިގެންދާނެ. އަދިކޮންމެ ދުވަހަކު މި ޗެލެންޖްގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށްޗައިނާއަށްދެ މީހަކަށްދެވޭޗުއްޓީ ދަތުރެއް ވަނީ ކަނޑައަޅައިފައި.

•ތަރާވީސްދަމަށް އަންލިމިޓެޑްޑޭޓާ:

ދިރާގު މޯބައިލް ކަސްޓަމަރުންނަށް އެންމެ 35 ރުފިޔާއަށް 1 ދުވަހަށް ހިލޭ ޑޭޓާ، އަދި އެންމެ 199 ރުފިޔާއަށް 28 ދުވަހަށް ހިލޭ ޑޭޓާ. މި ޑޭޓާރޭގަނޑު 09:00 އިން ދަންވަރު 01:00އާ ދެމެދު ބޭނުންކުރެވޭނެ.

•ހާރު ދަމަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލް: ދިރާގު މޯބައިލް ކަސްޓަމަރުންނަށް ކޮންމެ ރެއެއްގެ ދަންވަރު 1:00 އިން ފަތިހު 4:00 އަށް، އެއް ގަޑިއިރުގެ ވަގުތަކަށް އަންލިމިޓެޑް ޑޭޓާ ނުވަތަ ވޮއިސް ކޯލް މުޅިން ހިލޭ ލިބޭނެއެވެ.

• ދިރާގު ލިމިޓެއްނެތް ފައިބަރ އަށް ހިލޭ އަޕްގްރޭޑް: އިތުރު އެއްވެސް އަގަކާ ނުލައި، މިހާރު ހުރި އަގުގައި ދިރާގު ލިމިޓެއްނެތް ފައިބަރ ޕެކޭޖަކަށް އަޕްގްރޭޑް ކޮށްލެވޭނެއެވެ. އަދި މި ޚާއްޞަ އަގުގައި ދެ މަސް ދުވަހު ޚިދުމަތް ބޭނުންކުރެވޭނެއެވެ.

• ސަޅި އާއިލާ ޕްލޭން: އާއިލާގެ މެދުގައި ގުޅުން ބަދަހިކުރުމަށްޓަކައި، 30 ޖީބީއާ ހަމައަށް ޑޭޓާ، އާއިލާގެ 4 މެންބަރުންގެ މެދުގައި ހިއްސާކުރެވޭނެއެވެ.

• ފުޑީސް ވައުޗަރ ހަދިޔާކުރުން: ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް، ފަސޭހަކަމާއެކު ފުޑީސް ވައުޗަރުތައް ހަދިޔާކުރެވޭނެއެވެ.

• ކާބޯތަކެތި ހަދިޔާކުރުން (Donate a Meal): 'މިޝަން ފޯ މައިގްރެންޓް ވޯކަރސް މޯލްޑިވްސް' އާ ގުޅިގެން، ދިރާގުޕޭ މެދުވެރިކޮށް ބިދޭސީ މަސައްކަތްތެރިންނަށް އިފްތާރު ޕެކް ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ.

• އާއިލާތަކަށް އެހީތެރިވުން (Donate to a Family): 'މަމްސް އެއިޑް' މެދުވެރިކޮށް، އެހީއަށް ބޭނުންވާ އާއިލާތަކަށް އަސާސީ ކާބޯތަކެތި ހިމެނޭ 'ކެއަރ ބާސްކެޓް' ހަދިޔާކުރެވޭނެއެވެ. ދިރާގުން ވަނީ މި ހަރަކާތުގެ ދަށުން 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމާފައެވެ.

• ފިތުރު ޒަކާތް ދެއްކުން: ދިރާގުޕޭ ނުވަތަ ދިރާގު އެޕް މެދުވެރިކޮށް، ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ދިރާގުން ވަނީ މި އޮފަރތަކުގެ އިތުރުން މި އަހަރުގެ ރަމަޟާން މަހަށް ހާއްސަކޮށްގެން ކުރިއަށްގެންދާ ހަރަކާތްތަކުގެ ވާހަކަ ވެސް ހިއްސާކޮށްފައެވެ. މި ގޮތުން، މި އަހަރު ވެސް، އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި އޮފަރތަކާއި ހާއްސަ ހަރަކާތްތަކުގެ އިތުރުން، މި ޕްރެސް ކޮންފަރެންސް ނިންމާލީ އާއިލީ ގުޅުންތަކުގެ މުހިންމުކަން ދައްކުވައިދޭ ކުރު ފިލްމެއްގެ އެކްސްކްލޫސިވް ޕްރިމިއާއަކުންނެވެ. ރާއްޖޭގެ މަޝްހޫރު އެކްޓަރުން ފެނިގެންދާ މި ފިލްމުގައި ދައްކުވައިދެނީ ހީނަރުވެފައިވާ އާއިލީ ގުޅުމުގެ ސަބަބުން ޖީލުތަކަށް ކުރާ އަސަރުތަކާއި، އާއިލީ ގުޅުން އާލާކޮށް ދެމެހެއްޓުމުގެ މުހިންމުކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
02 Aug 2026
ތަކެތީގެ އަގު ބޮޑުވާތީ ކަމަށް ބުނެ ކަޅުހުކުރުގައި އެމްޑީޕީން މުޒާހަރާއަށް ނިކުންނަނީ
އެމްޑީޕީން މިރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ 4 ވަނަ ދައުރުގެ 36 ވަނަ ބައްދަލްވުމުގައި އޮގަަސްޓް 12 ވަނަ ދުވަހު މުޒާހަރާ ކުރަން ނިންމީ އެ ޕާޓީގެ ޗެއާޕާސަން, ރައީސް މުހައްމަދު ނަޝީދެވެ.
02 Aug 2026
އެމްޑީޕީގެ ކޮންގްރެސް ވެސް ސެޕްޓެންބަރު މަހު ބާއްވަން ނިންމައިފި
63 މެންބަރުން ބައިވެރިވި ބައްދަލްވުމުގައި އެ ހުށައެޅުމަށް 52 މެންބަރުންގެ ތާއީދު ލިބުނެވެ.
02 Aug 2026
ހަލާކުވެފައިވާ އަމީނީ މަގު މާރާމާތު ކުރަނީ: މިރޭ މަސައްކަތް ފަށާނެ، މަގުން ބައެއް ބަންދު
މި ބަދަލާއި ގުޅިގެން ފުލުހުން ވަނީ ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފައިވާ ކަަމަށްވެސް ވަނީ ބުނެފަ އެވެ.
02 Aug 2026
ވީއައިއޭއިން ޖުލައިމަހު ރެކޯޑް އަދަދަކަށް ޓްރާންޝިޕްމަންޓް ކާގޯ އުފުލައިފި
އެމްއޭސީއެލުން ބުނީ ޖުލައިމަހު ރާއްޖެއިން ބޭރަށް ފޮނުވި ޓްރާންޝިޕްމަންޓް ކާގޯގެ މިންވަރު 2،000 ޓަނަށްވުރެ އިތުރުކަމަށެވެ
02 Aug 2026
އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ރިވެލި އެވޯޑް ބާއްވަނީ، ކުރިމަތިލާން ހުޅުވާލައިފި
މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ، 2026 އޮގަސްޓު 30 ވަނަ ދުވަހުގެ މެންދުރުފަހު 13:00 އެވެ.
02 Aug 2026
ޖޫން މަހު ލިބުނު މުދަލުޱޒަކާތް 100 އިންސައްތަ އިތުރު، 21 މިލިއަން
ޒަކާތު ހައުސް އިން ބުނީ މިދިޔަ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21,298,021.15 ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލިބުނު 10,644,218.55 ރުފިޔާއާ އަޅާބަލާއިރު 100 އިންސައްތައިގެ އިތުރުވުމެކެވެ.
02 Aug 2026
ވަކިނުކޮށް އެއްކޮށްގެން ގެންނަ ކުނި ތިލަފުށީ ފެސިލިޓީއަށް ބަލައިނުގަނެވޭނެ
ނެރުނު އިޢުލާނެއްގައި ބުނެފައިވަނީ، މުޅި ރާއްޖޭގައި ދުވާލެއްގެ މައްޗަށް އުފެދޭ ކުނީގެ 60 އިންސައްތަ އަކީ ތިލަފުށީ ފެސިލިޓީއަށް ގެނެވޭ ކުނި ކަމަށެވެ. ނަމަވެސް، ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ވަކިކުރުމުގެ ބަދަލުގައި، ގިނަ ކަސްޓަމަރުން އަދިވެސް ކުނި ގެންނަނީ ވަރަށް ބޮޑަށް އެއްކޮށްގެންކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
02 Aug 2026
އެގްރޯ ނޭޝަނަލްގެ ބޯޑަށް ޝަޒުހަތު ލަތީފް އައްޔަނުކޮށްފި
އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގައި އެކައުންޓިންގ އެންޑް ފައިނޭންސް މެންބަރެއްގެ ގޮތުގައި ގދ. ތިނަދޫ ވިނަވި ޝަޒުހަތު ލަތީފް އައްޔަނުކޮށްފިއެވެ.