އެމްޕީއެލުން ކްލިއާ ކުރި ބިހުގެ ޝިޕްމަންޓެއް
ހަބަރު
21 Feb 2026 | 11:35
ބްރާސްފަތި ދުވަހު އެންމެ ގިނައިން ކްލިއާ ކޮށްފައިވަނީ ބިހާއި ފިޔާ: އެމްޕީއެލް

މާލޭ ވިޔަފާރި ބަނދަރުން މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު ގިނަ އަދަދަކަށް ބިސް އަދި ފިޔާ ކްލިއާ ކޮށްފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެދުވަހު އެންމެ ގިނައިން ކްލިއާ ކޮށްފައިވަނީ، ބިހެވެ. އެގޮތުން 3،658 ކޭސް ބިސް ކްލިއާ ކުރިއިރު، 2،165 ބަސްތާ ފިޔާ ވަނީ ކްލިއާކޮށްފައެވެ. ވިޔަފާރި ބަނދަރުން ދެން އެންމެގިނައިން ކްލިއާކޮށްފައިވަނީ، ޓޮމާޓޯ، އަލުވި، އަލަނާސި، ކަރާ އަދި ދޮންކޭލެވެ. 

ވިޔަފާރި ބަނދަރަށް ބޭލި މުދާތަކެއް ކްލިއާކުރަނީ..

ބްރާސްފަތިދުވަހު އެކަނިވެސް 1،224 ކޭސް ޓޮމާޓޯ ކްލިއާ ކުރިއިރު، 926 ބަސްތާ އަލުވި ވަނީ ކްލިއާ ކޮށްފައެވެ. މީގެ އިތުރުން ހަމަ އެދުވަހު 600 ބަސްތާ ކަރާ ކްލިއާ ކުރިއިރު، 224 ކޭސް ދޮންކެއޮ ކްލިއާ ކޮށްފައި ވެއެވެ.

މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހު އެކަނިވެސް އެމްޕީއެލުން ވަނީ، ކޮންވެންޝަނަލް ކާގޯގެ ގޮތުގައި 3،260 ޓަނުގެ ކޮންޓެއިނާ ކްލިއާކޮށްފައެވެ. އެއީ 167 ކޮންޓޭނަރެވެ. 

ރޯދަމަހު މާލޭ ވިޔަފާރި ބަނދަރަށް ގެންނަ އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި ކްލިއާ ކުރުމުގެ ގޮތުން އެމްޕީއެލުން ވަނީ މާލޭ ވިޔަފާރި ބަނދަރުގައި 3،000 އަކަފޫޓުގެ ޝެޑެއް މިކަމަށް ހާއްސަކޮށްފައެވެ. ރޯދައަށް ގެންނަ ތަރުކާރީ އާއި މޭވާފަދަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ކްލިއާ ކުރުމަށް އެމްޕީއެލުން ހާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.

މި ޝެޑް ހެދުމުން، އަވަހަށް ހަލާކުވާ ޒާތުގެ ކާބޯތަކެތި އަވަހަށް ބާލައި، ބެހެއްޓުމަށް އިތުރު ޖާގައެއް ލިބި، މިފަދަ ހަލުވި ކަމާއެކު ކްލިއަރކުރުމަށް މަގުފަހިވެގެންދާނޭކަމަށް އެމްޕީއެލުން ވަނީ ބުނެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.