އައިޖީއެމްއެޗް
ހަބަރު
24 Feb 2026 | 22:12
ވެމްކޯގައި ނުރައްކާތެރި ހާދިސާއެއް، އަނިޔާވި މީހާ ވެންޓިލޭޓަރުގައި

ވެމްކޯގައި ނުރައްކާތެރި ހާދިސާއެއް ހިނގާ މީހަކަށް ވަރަށް އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ އާދިއްތަ ދުވަހު މާލޭގައި ހުންނަ ވެމްކޯ ސައިޓް ތެރޭގައި ހިނގި ހާދިސާއެއްގަައި މީހަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ފުލުހަށް ލިބުނީ އިއްޔެ ހަވީރު ކަމަށް ވެސް ބުންޏެވެ.

މި ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

އެނގިފައިވާ ގޮތުގައި މުވައްޒިފު ވެއްޓިފައިވަނީ ރޭޕް މަތީންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Sep 2026
މިފްކޯގެ ޗެއާމަނަކަށް ފާއިޒް އައްޔަނުކޮށްފި
ފާއިޒަކީ މީގެ ކުރިން ވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް މަޤާމުތަކުގައި ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
01 Sep 2026
އެމްއެންޔޫގެ 53 ވަނަ އަހަރީ ދުވަސް ކުލަގަދަކޮށް ފާހަގަކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ 53 ވަނަ އަހަރީ ދުވަސް، އެ ޔުނިވަރސިޓީގެ ދަރިވަރުންނާއި މުވައްޒަފުންގެ މެދުގައި އޮތް އެކުވެރިކަމާއި ގުޅުން ބަދަހިކުރުމުގެ ގޮތުން ތަފާތު ކުޅިވަރުތަކާއި ހަރަކާތްތަކާ އެކު ވަރަށް ކުލަގަދަކޮށް ފާހަގަކޮށްފިއެވެ.
01 Sep 2026
އެމްއެންޔޫ އާއި ސިނެކް ކެމްޕަހާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ސްރީލަންކާގެ ސިނެކް ކެމްޕަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު މެރިޓައިމް ދާއިރާއިން ތަޢުލީމާއި ތަމްރީނު އަދި ދިރާސާތައް ކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
01 Sep 2026
ބުޅާތަކަށް ޚާއްޞަ ރަށެއް ތަރައްޤީކުރަނީ
ބުޅާ ގެންގުޅުމަށް ވަކި ރަށެއް ތަރައްޤީކުރުމުގެ މަޝްރޫޢަށް ޝައުގުވެރިކަން ފާޅުކޮށް ބައިނަލްއަޤުވާމީ ފަރާތެއް ހިމެނޭ ގޮތަށް ޕްރޮޕޯސަލް ލިބިފައިވާ ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެއެވެ.
01 Sep 2026
ކުއްޖާއަށް ޖިންސީ ގޯނާކުރި މައްސަލާގައި މަންމަގެ ބައިވެރިވުން އޮތްތޯ ބަލަނީ
ސައުތު ސެންޓްރަލް ޕޮލިސްގެ ސަރަހައްދެއްގައި ތިން އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކޮށް އެ މަންޒަރުތައް ރެކޯޑުކުރި މައްސަލާގައި ހައްޔަރުކޮށްފައިވާ ބައްޕައިގެ އިތުރުން ކުއްޖާގެ މަންމަގެ ބައިވެރިވުން ވެސް އެ ކުށުގައި އޮތްތޯ ތަޙުޤީޤުގެ ތެރެއިން ބަލަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
01 Sep 2026
ކުޑަކުއްޖަކަށް ދުއްވަން އުޅަނދު ދީފި ނަމަ 50،000 ރުފިޔާގެ ޖޫރިމަނާއެއް
އެއްގަމު އުޅަނދު ދުއްވަމުންދާއިރު އުޅަނދުގެ ކޮންޓްރޯލް ކުޑަކުއްޖަކާ ނުވަތަ ލައިސަންސް ނެތް މީހަކާ ހަވާލުކޮށްފި ނަމަ ބޮޑެތި އަދަބުތަކެއް ލިބޭ ގޮތަށް އެއްގަމު ދަތުރުފަތުރުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިއްޔެ ތަސްދީޤު ކުރައްވައިފިއެވެ.
01 Sep 2026
ވަޒީރު އަމީންގެ ދަރިކަލުން ދާނިޝް އެސްޓީއޯގެ ބޯޑުން އިސްތިއުފާ ދެއްވައިފި
ދާނިޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސަބަބެއްގެ ގޮތުގައި ފާހަގަކުރައްވާފައިވަނީ އޭނާގެ އަމިއްލަ ވިޔަފާރީގެ ބޭނުމަށް ރާއްޖެއިން ބޭރުގައި ދިގު މުއްދަތަކަށް ހުންނަވަން ޖެހިވަޑައިގަތުމެވެ.
01 Sep 2026
ސަރުކާރުގެ މާލީ ސިޔާސަތުތަކާ ދެކޮޅަށް ސީދާ ހަރަކާތަށް ނުކުންނަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތަންފީޒު ކުރަމުންދާ 'ދޯހަޅި' އިޤްތިޞާދީ އަދި މާލީ ސިޔާސަތުތައް ބަދަލުނުކޮށްފިނަމަ، ރައީސް އިސްތިއުފާ ދެއްވަންދެން ސީދާ ހަރަކާތްތަކަށް ނުކުތުމަށް އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޤައުމީ މަޖިލީހުން ރޭ ގަރާރެއް ފާސްކޮށްފިއެވެ.