ރާއްޖެއައި ފަތުރުވެރީންތަކަކަށް މަރުހަބާ ކިޔަނީ
ވިޔަފާރި
01 Mar 2026 | 16:07
ފެބްރުއަރީ 14ގައި 11136 ފަތުރުވެރީން އައި، އެއީ ރެކޯޑެެއް

ރާއްޖޭގެ ތާރީހުގައި އެއް ދުވަހެއްގައި އެންމެ ގިނަ ފަތުރުވެރީން ރާއްޖެ އައިސްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ކަމަށް ފަތުރުވެރިކަމާއި ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަޒީރު, އެކަން ހާމަކުރެއްވީ މިއަދު ރައީސުލްޖުމްހުރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރީންގެ ބައްދަލްވުމުގަ އެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިދިޔަ ފެބްރުއަރީ 14 ވަނަ ދުވަހު ރާއްޖެއަށް 11,136 ފަތުރުވެރީން އައެވެ. އެއީ ތާރީހީ ރެކޯޑެއް ކަމަށް ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރީން އައީ ޗައިނާ އިންނެވެ. ޗައިނާ އަކީ މި ފަހުން ރާއްޖޭގެ އެއް ނަންބަރު މާކެޓެވެ. މި އަހަރުގެ ފުރަތަމަ ދެ މަސް ދުވަހު އެ ގައުމުން ވަނީ 74,792 ފަތުރުވެރީން ރާއްޖެ އައިސްފަ އެވެ.

ދެން އެންމެ ގިނައީ ރަޝިޔާގެ ފަތުރުވެރީންނެވެ. ފެބްރުއަރީ 26 ގެ ނިޔަަލަށް އެ ގައުމުން ވަނީ 51,858 ފަތުރުވެރީން ރާއްޖެ އައިސްފަ އެވެ. ތިންވަނާގައި އޮތީ އިޓަލީ އެވެ. އެ ގައުމުން 44,343 ފަތުރުވެރީން ރާއްޖެ އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 42,092 ފަތުރުވެރީން އައިސްފައިވާއިރު ޖަރުމަނުން 27,880 ފަތުރުވެރީން އައިސްފައިވެ އެވެ.

ފްރާންސް އިން 16,843 ފަތުރުވެރީން އައިސްފައިވާއިރު އަވައްޓެރި އިންޑިއާއިން ވަނީ 16,395 ފަތުރުވެރީން އައިސްފަ އެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރީން ޒިޔާރަތްކޮށްފައިވާ 10 ގައުމުގެ ތެރޭގައި ޔޫރަޕްގެ ހަތް ގައުމެއް ހިމެނެ އެވެ. ދެން އެންމެ ގިނައިން ފަތުރުވެރީން އަންނަނީ އޭޝިޔާގެ ބައްރުންނެވެ.

ފަތުރުވެރީންގެ ސާވޭއެއް, 80 އިންސައްތަ ހިތްހަމަޖެހޭ

ވަޒީރު ވިދާޅުވި ގޮތުގައި 2025 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ރާާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރީންނަށް އަމާޒުކޮށް ވަނީ ސާވޭއެއް ކުރިއަށް ގެންގޮސްފަ އެވެ.

މި ސާވޭގައި ބައިވެރިވި 80 އިންސައްތަ މީހުން ރާއްޖޭގައި ހޭދަކުރި ޗުއްޓީއާމެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވަނީ ބުނެފަ އެވެ. އަދި 90 އިންސައްތައަށް ވުރެ ގިނަ މީހުން އަލުން އެނބުރި އަންނަން ބޭނުންވާ ކަން ވަނީ ހާމަކޮށްފަ އެވެ.

މިއީ 2019 ވަނަ އަހަރުގެ ފަހުން މިފަދަ ސާވޭއެއް ކުރިއަށް ގެންދެވުނު ފުރަތަމަ ފަހަރުގައި ވަޒީރު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.