ރާއްޖެއެތެރެކުރަން އުޅުނު 2.2 ކިލޯގެ ޑްރަގް އަތުލައިގެންފި

އަތުލައިގެންފައިވާ މަސްތުވާތަކެތި -- ފައިލް ފޮޓޯ

ވައިގެމަގުން ރާއްޖެއެތެރެކުރަން އުޅުނު 2.2 ކިލޯގްރާމްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފި އެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނި ގޮތުގައި އަތުލައިގެންފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންނެވެ. މި ތަކެތީގެ މަގުމަތީއަގު 2,240,000 ދިވެހި ރުފިޔާ އަށް އަރަ އެވެ.

މި ތަކެތި އަތުލައިގަތީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ކޮމެންޓް