ސިނަމާލެ ބްރިޖުން ބަޔަކު ހުޅުމާލެއަށް ދަނީ...
ހަބަރު
03 Mar 2026 | 13:43
އެލައިޑުން ސައިކަލުތަކަށް ޙާއްސަ ޕްރޮމޯޝަނެއް


އެލައިޑް އިންޝުއަރެންސް ކުންފުނީގެ 41 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ސައިކަލުތަކަށް ޚާއްޞަ މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީތަކުން 25 އިންސައްތައިގެ ބޮޑު ޑިސްކައުންޓެއް ދިނުމަށް ނިންމައިފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ފެބުރުއަރީމަހުގެ އެއްވަނަ ދުވަހުން ފެށިގެން ކުރިއަށްދާއިރު، ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވަނީ އެންމެ ފުރަތަމަ ޕޮލިސީ ނަގާ 41 ކަސްޓަމަރުންނަށެވެ.

މި ޚާއްޞަ ޑިސްކައުންޓް ލިބޭނީ އެލައިޑްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް އަލަށް މޮޓޯ ކޮމްޕްރިހެންސިވް ޕޮލިސީ ނަގާ ފަރާތްތަކަށެވެ. މީގެ ތެރޭގައި އެލައިޑް މޯބައިލް އެޕް އަދި "މައި އެލައިޑް" ޕޯޓަލް ހިމެނެއެވެ. ޕޭމަންޓް ދެއްކުމުގެ ކުރިން ޑިސްކައުންޓް އޮޓޮމެޓިކުން ހިސާބު ކުރެވޭނެ ކަމަށްވެސް އެ ކުންފުނިން މަޢުލޫމާތުދެއެވެ.

މަގުމަތީގެ އެކްސިޑެންޓްތައް ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުން އަންނައިރު، މިއީ ތިމާގެ ސައިކަލްގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އޮތް ވަރަށް ރަނގަޅު ފުރުސަތެކެވެ. އެކްސިޑެންޓެއް ހިނގައިފި ހާލަތެއްގައި އެލައިޑްގެ ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް އޮތުމުން ކުއްލިއަކަށް ކުރިމަތިވާ އެކްސިޑެންޓްތަކުގައި ގެއްލުން ލިބޭ ހިނދު ތިމާގެ އުޅަނދުގެ އިތުރުން ތިންވަނަ ފަރާތަކަށް ފަރާތެއްގެ އުޅަނދަށް ލިބޭ ގެއްލުން އުފުލަންޖެހޭ މާލީ ބުރައިންވެސް ސަލާމަތްވެއެވެ.

ކޮމްޕްރެހެންސިވް މޮޓޯ ޕްލޭނެއް ނަގާފައިވާކަމަށް ކުރިމަތިވާ އެކްސިޑެންޓްގައި ދުއްވާ މީހާއަށް ނުވަތަ ތިންވަނަ މީހަކަށް ކުރިމަތިވާ ޖިސްމާނީ ގެއްލުންތަކަށް ނުވަތަ ނިޔާވެއްޖެ ނަމަ 60،000 ރުފިޔާއާ ހަމައަށް ބަދަލު ނަގާދެވެއެވެ. މީގެ އިތުރުން ކުރިމަތިވާ އެހެނިހެން ގެއްލުންތަކުންވެސް މި ޕްލޭންގެ ދަށުން ބަދަލު ނަގާދެވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.