މެލާނިއާ ޓްރަމްޕް، އދ ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތުގައި... ފޮޓޯ: ޔާހޫ
ހަބަރު
03 Mar 2026 | 18:15
އދ ގެ ސަލާމަތީ މަޖިލީހުގައި އިންނަވައި މެލާނިއާ ޓްރަމްޕް، ފިރިމީހާ ދިފާއުކުރައްވައިފި

އދ ގެ ސަލާމަތީ މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ފުރަތަމަ ލިބުނު ދުވަހު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ އަނބިކަނބަލުން، މެލާނިއާ ޓްރަމްޕް، އެކަމަނާގެ ފިރިމީހާ ދިފާއުކުރައްވައި ވާހަކަދައްކަވައިފިއެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން މެލާނިއާ ވަނީ އެންމެ ފުރަތަމަވެސް އީރާނު ހަނގުރާމާގައި މަރުވެދިޔަ އެމެރިކާ ސިފައިންގެ ހަނދާންތައް އާކުރައްވައި އެއީ ޤައުމީ ބަތަލުންކަން ފާަހަގަކުރައްވާފައެވެ. 

އެމެރިކާ އާއި އިސްރާއީލުން އިސްވެ މިދިޔަ މަހުގެ 28 ހުން ފެށިގެން އީރާނަށް ވައިގެ ހަމަލާތައް ދެމުން އަންނައިރު، މި ހަމަލާތަކުގައި އީރާނުގެ އަންހެންކުދިންނަށް ހާއްސަ ސްކޫލަކަށް ބޮންއަޅައި އެތަނުގައި ތިބި 160 ހަށްވުރެ ގިނަ ދަރިވަރުންގެ ފުރާނަ ވަނީ ގެއްލުވާލާފައެވެ. މި މައްސަލަ ހޫނުވެފައިވަނިކޮށް ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން މެލާނިއާ ވަނީ އެވާހަކަތަކުގެ މިޝްރާބު ބަދަލުވާނޭ މޭރުމުން ވާހަކަދައްކަވާފައެވެ. މެލީނާ ވިދާޅުވީ، ޤައުމުން ބޭރުގައި އެމެރިކާ ސިފައިން ވަމުންދަނީ ވަރަށް މަތިވެރި ޤުރުބާނީއެއް ކަމަށެވެ.

މިނިވަންކަމަށްޓަކައި މަރުވި ބަތަލުންގެ އާއިލާތަކަށް ދަންނަވަން އޮތީ، އެބައިމީހުންގެ ކެރުމާއި ހިތްވަރު ތާ އަބަދަށްމެ ހަނދާން ހުންނާނޭ

މެލާނިއާ ޓްރަމްޕް

މެލީނާ ވިދާޅުވީ ދެމެހެއްޓެވި ގޮތެއްގައި ޤައުމުތަކުގައި ސުލްހަ ޤާއިމްކުރެވޭނީ، އިލްމާއި ހޭލުންތެރިކަމަށް އިސްކަންދީގެން ކަމަށެވެ. އިލްމާއި ހިކުމަތުގެ މައްޗަށް ބިނާވެފައިވާ ތަންތަން ފެންނާނީ އަމާން ތަންތަނުގެ ގޮތުގައިކަމަށެވެ. ކުޑަކުދިންނަށް ދޭ އަހަމިއްޔަތުކަން ފާހަގަކުރައްވަމުން މެލާނިއާ ވިދާޅުވީ، އެމެރިކާ އޮތީ ދުނިޔޭގެ ހުރިހާ ކުޑަކުދިންނާއެކު ކަމަށާއި، ކައިރި މުސްތަގުބަލެއްގައި އެ ކުދިންނަށް ސުލްހަ ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އދ ގެ ސަލާމަތީ މަޖިލީހުގައި މެނީލާ މިމޭރުމުން ވާހަކަދެއްކެވުމުން އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާމިރު ސައީދު އިރަވާނީ އެވާހަކަތަކަށް ވަރަށްބޮޑަށް ފާޑުވިދާޅުވެ ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ ސަލާމަތީ މަޖިލީހާ ހަވާލުވި ފުރަތަމަ ދުވަހުވެސް ކުޑަކުދިންގެ ހިމާޔަތާ ގުޅޭގޮތުން ދެއްކެވީ ލަދުވެތިކަމުން ފުރިގެންވާ ވާހަކަތަކެއް ކަމަށެވެ.

ސަލާމަތީ މަޖިލީހުގެ ރިޔާސަތު މެނީލާ ޓްރަމްޕް ބެލެހެއްޓެވިއިރު، މިއީ ޤައުމެއްގެ ރައީސެއްގެ އަނބިކަނބަލަކު މި މަޤާމާ ހަވާލުވެލެއްވި ފުރަތަމަ ފަހަރެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
އިސްލާމީ ހޭލުންތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ޑރ. މުހައްމަދު އަލީ އަވަހާރަވެއްޖެ
އޭނާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމާއި ކޮންޓްރޯލާ އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މަގާމުގެ އިތުރުން، ބައެއް ވުޒާރާތަކުގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.
20 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސް ހޭންޑްބޯލްގެ ޗެމްޕިއަންކަން އެމްޖީ ސްޕޯޓްސް ކްލަބަށް
މިފަހަރުގެ މުބާރާތުގައި ވާދަކުރި ޓީމްތަކަކީ އެންޖީ ސްޓާރިން، އެންޖީ ޖޫނިއާސް، އީއެން ހޭންޑްބޯލް ޓީމް، އެމްޖީ ސްޕޯޓްސް ކްލަބް އަދި ޓީމް ނައިން އެކްސް އެވެ
20 Sep 2026
ސްޓެލްކޯގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅަކު އައްޔަނުކޮށްފި
ޕީސީބީން ބުނީ ސްޓެލްކޯގެ ޑިރެކްޓަރުން ބޯޑަށް ދ.މީދޫ، އަސަރީގެ، އަޙްމަދު ނިޡާމް އައްޔަނުކޮށްފައިވާ ކަމަށެވެ.
20 Sep 2026
ފަލަސްތީނު މައްސަލާގައި ޝީރަންގެ ކޮންސެޓް ޓިކެޓްގެ އަގުތައް ވެއްޓިއްޖެ
މީގެ ކުރިން އެންމެ ބޮޑު އާމްދަނީ ހޯދި ޓުއާތަކުގެ ތެރޭގައި ޝީރަންގެ ޝޯތައް ހިމެނުނު ނަމަވެސް މި ޝޯގެ ބައެއް ޓިކެޓުތަކުގެ އަގުތައް މިހާރު ވަނީ 32 ޑޮލަރަށް ވެއްޓިފައެވެ.
20 Sep 2026
ދަރިވަރުންގެ ކިޔެވުމާއި އިމްތިޙާނުތަކަށް އެހީތެރިވުމަށް ސިލަބައި އިން "ސްޓޫޑަންޓް ދުއާ" އެޕް ތަޢާރަފުކޮށްފި
މި ޓޫލްގައި ކިޔެވުމަށާއި، އިމްތިޙާނުތަކަށާއި، ކަންބޮޑުވުންތަކާއި ދަތި އުނދަގޫ ވަގުތުތަކުގައި ކިޔުމަށް ޚާއްޞަ އެކި ދުޢާތައް ހިމަނާފައިވެއެވެ.
20 Sep 2026
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ
ގަވާއިދާ ހިލާފަށް ބިންތަކެއް ދިން މައްސަލާގައި ތިނަދޫ މޭޔަރާއި ކުރީގެ މެންބަރުންނަށް ދައުވާ ކޮށްދޭން އެދި ފޮނުވައިފި އެވެ.
20 Sep 2026
މިލިއަނެއްހާ ރުފިޔާއަށް 18 އޭސީ ޔުނިޓް ގަތް މައްސަލާގައި އެމްޕީއެލްގެ ކުރީގެ ސީއީއޯ ޖުނައިދުގެ މައްޗަށް ހިޔާނާތުގެ ދައުވާ
ވިޔަފާރިވެރިޔާ ޖުނައިދުގެ މައްޗަށް ދައުވާކޮށްދޭން އެދި ފުލުހަށް މައްސަލަ ފޮނުވާފައިވާކަން އޭސީސީން ވަނީ ޔަގީންކޮށްދީފަ އެވެ.
20 Sep 2026
ދެވަނަ ކުއާޓާގައި ރާއްޖޭގެ އިޤުތިޞާދީ ކުރިއެރުން 12 އިންސައްތަ ދަށަށް ގޮސްފި
އެ ތަފާސްހިސާބުތައް ދައްކާ ގޮތުން ދެވަނަ ކުއާޓާގައި ޤައުމީ އުފެއްދުންތެރިކަން ހުރީ 25 ބިލިއަން ރުފިޔާގައެވެ. ފުރަތަމަ ކުއާޓާއާ އަޅައިބަލާއިރު އެއީ 3.5 ބިލިއަން ރުފިޔާގެ ދަށްވުމެކެވެ. ނަމަވެސް މިދިޔަ އަހަރުގެ ހަމަ އެ މުއްދަތާ އަޅައިބަލާއިރު 1.3 އިންސައްތައިގެ ކުރިއެރުމެއް ފެންނަން އެބައޮތެވެ. މި ކުރިއެރުން ލިބުނީ މައިގަނޑު ގޮތެއްގައި މާލީ ދާއިރާއާއި ޢިމާރާތް ކުރުމުގެ ދާއިރާ ކުރިއެރުމުންނެވެ.