ޝިފާ އަދި އޭނާއަށް ބޮޑުދައިތަ ކިޔާ ރީހާން
ހަބަރު
05 Mar 2026 | 22:58
މި ފޮޓޯއާއެކު ޝިފާ: މިިކަމާ ކަންބޮޑުވާކަށް ނުޖެހޭ

ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ގަލޮޅު އުތުރު ދާއިރާއަށް ކުރިމަތިލާ މަރިޔަމް ރީހާން ނާޒިމްގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ޖަލްސާގައި ކުރީގެ އެޑިއުކޭޝަން މިނިސްޓަރު އަދި މާލޭ ސިޓީގެ ކުރީގެ މޭޔަރު ޝިފާ މުހައްމަދު ބައިވެރިވުމުން އަމާޒުވަމުންދާ ފާޑުކިޔުންތަކާއި ތުހުމަތުތަކަށް އޭނާ ރައްދު ދީފި އެވެ.

ރީހާން އަކީ މިހާރު ގަލޮޅު މެދު ދާއިރާގެ ކައުންސިލަރެވެ. އޭނާ ގެންދަނީ މި ފަހަރު ކޮންގްރެސްގެ ޓިކެޓްގައި އަލުން އިންތިހާބު ވުމަށް ކެމްޕެއިން ކުރަމުންނެވެ.

މީގެ ދެ ރޭ ކުރީން އޮތް ހަފްލާއެއްގައި އޭނާގެ ކެމްޕެއިން ޖަގަހަ ވަނީ ހުޅުވާފަ އެވެ. އެ ޖަގަހަ ހުޅުއްވައިދެއްވީ ފަސްޓްލޭޑީ ސާޖިދާ މުހައްމަދު އެވެ. އެރޭގެ ހަފްލާގައި ޝިފާ ވެސް ބައިވެރިވި އެވެ.

އެ ހަފްލާގައި ޝިފާ ބައިވެރިވެ ރީހާންއާ އަދި މެޑަމް ސާޖިދާއާ ސަލާމް ކުރާ ފޮޓޯއާއެކު ބައެއް މީހުން ވަނީ ޝިފާވެސް އެމްޑީޕީ ދޫކޮށްލީ ކަމަށް ބުނެ އެކިކަހަލަ ޕޯސްޓްތައް ކޮށްފަ އެވެ. އެމްޑީޕީގެ ބައެއް އެކްޓިވިސްޓުން ވެސް ވަނީ އެކިކަހަލަ ތުހުމަތުތައް ކޮށްފަ އެވެ.

އެ ތުހުމަތުތަކަށް ރައްދުދީ ޝިފާ ވިދާޅުވީ ރީހާން އަކީ އޭނާއަށް ބޮޑުދައިތަ ކިޔާ މީހެއް ކަމަށެވެ. އަދި ރީހާންގެ ޖަގަހަ ހުޅުވުމައް ދިޔުމުން ގިނަބަޔަކު ކަންބޮޑުވާކަށް ނުޖެހޭ ކަމަށެވެ.

ދެން ވިދާޅުވީ ގަލޮލުގައި ކުރިއަށް ގެންދަން ޖެހިފައިވާ ކަންކަން ކުރިއަށް ދާތަން ފެންނާތީ އުފާކުރާ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Oct 2026
ރިޔާޟް އެއާޕޯޓަށް ދިން ހަމަލާގައި މަރުވި މީހުންގެ ދިޔަ މުފްތީއެއް
ސަޢޫދީ އަރަބިއްޔާގެ ރިޔާޟްގައި ހުންނަ ކިންގް ޚާލިދު ބައިނަލްއަޤްވާމީ އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ފާއިތުވި ހޮނިހިރު ދުވަހު ދިން މިސައިލް ހަމަލާއެއްގައި، އުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރަމުން ދިޔަ ބަންގްލަދޭޝްގެ މުފްތީއެއް ކަމަށްވާ ނަޞްރުالله އަލް-ބަދުރް މަރުވެއްޖެއެވެ. އޭނާ މަރުވިއިރު ހުރީ އިއުރާމް ހެދުމުގައެވެ.
12 Oct 2026
ޓީސީއަތުން މޮޅުވެ، އީގަލްސް ތާވަލްގެ އެންމެކުރިއަށް
ގަލޮޅު ދަނޑުގައި ކުޅުނު މިމެޗް ޓީސީގެ މައްޗަށް އެޓީމް ކުރިހޯދީ 3-0 ގެ ނަތީޖާއިންނެވެ. އީގަލްސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނަ ހަމަލާތައް އުފައްދަފައިވަނީވެސް އެޓީމުންނެވެ.
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.