ވިޔަފާރި
08 Mar 2026 | 15:11
އެލައިޑް ތަކާފުލް އިން "ކަމަނަ ތަކާފުލް" ގެ ޚާއްޞަ ޕްރޮމޯޝަނެއް

އެލައިޑް ތަކާފުލްގެ ފަރާތުން "ކަމަނަ ތަކާފުލް" ގެ ޚާއްޞަ ޕްރޮމޯޝަނެއް އިއުލާންކޮށްފިއެވެ.

މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން 7 މޭގެ ނިޔަލަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ކަމަނަ ތަކާފުލް ޕްލޭނެއް ނަގާ ފަރާތްތަކަށް ފުރަތަމަ މަހުގެ ކޮންޓްރިބިއުޝަން ހިލޭ ލިބިގެންދާނެއެވެ.

"ކަމަނަ ތަކާފުލް" އަކީ އަންހެނުންނަށް ޚާއްޞަކޮށްގެން، އިސްލާމީ ޝަރީޢަތުގެ އުސޫލުތަކާ އެއްގޮތަށް ފަރުމާކޮށްފައިވާ ރައްކާތެރިކަމާއި ފައިސާ ރައްކާކުރުމުގެ (ސޭވިންގްސް) ޕްލޭނެކެވެ. މި ޕްލޭންގައި މާލީ ރައްކާތެރިކަމާއި ދިގުމުއްދަތުގެ ސޭވިންގްސްގެ ފައިދާތައް އެކުލެވިގެންވެއެވެ.

މީގެ އިތުރުން، މި ޕްލޭނަކީ ފައިސާ ރައްކާކުރުމާއި، ރައްކާތެރިކަމާއި، ލުއިފަސޭހަކަން ލިބޭނެ ގޮތަށް ފަރުމާކޮށްފައިވާ ޕްލޭނެކެވެ. މީގެ ސަބަބުން އަންހެނުންނަށް އެމީހުންގެ އާއިލާ ރައްކާތެރިކުރުމާއެކު، އަމިއްލަ މާލީ މުސްތަޤްބަލު ބައްޓަންކުރުމުގެ ބާރުވެރިކަން ލިބިގެންދާނެއެވެ.

ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭ ކަމަނަ ތަކާފުލް ޕްރޮމޯޝަނުގެ މައިގަނޑު މަގުސަދަކީ، ރާއްޖޭގެ ވީހާވެސް ގިނަ އަންހެނުންނަށް މާލީ މިނިވަންކަމާއި ދިގު މުއްދަތުގެ ރައްކާތެރިކަން ހޯދުމަށް ފަސޭހަ މަގުތަކެއް ފޯރުކޮށްދިނުމެވެ. އެލައިޑް ތަކާފުލްއިން ގަބޫލުކުރާ ގޮތުގައި، އަންހެނުންގެ ބާރުވެރިކަން ފެށެނީ ފައިސާ ރައްކާކޮށްދޭ، ރައްކާތެރިކަން ކަށަވަރުކޮށްދޭ، އަދި އަންހެނުންނާއެކު ކުރިއަރާނެ ފަދަ ހަރުދަނާ މާލީ ރޭވުމެއް އޮތުމުންނެވެ. 

ކަމަނަ ތަކާފުލްގެ ދަށުން މި ޕްލޭންގެ މުއްދަތު ހަމަވުމުން، ބައިވެރިވާ ފަރާތްތައްރައްކާކުރި ފައިސާއާއި އެ ފައިސާއިން ލިބުނު ފައިދާ އަނބުރާ ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ޕްލޭންގައި "އިމަޖެންސީ ފަންޑް" އެއް ހިމެނެއެވެ. މީގެ ސަބަބުން ކޮންމެ ދެ އަހަރަކުން އެއްފަހަރު، ރައްކާކުރި ޖުމްލަ އަދަދުގެ %5 އާ ހަމައަށް ފައިސާ ނެގުމުގެ ފުރުސަތު ލިބިގެންދެއެވެ. މިއީ ދިގުމުއްދަތުގެ ސޭވިންގްސް އަށް ބުރޫނާރާނެހެން، ކުއްލިއަކަށް ކުރިމަތިވާ މާލީ ބޭނުންތައް ފުއްދުމަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

މިއާއެކު، މި ޕްލޭނަކީ މަރުވުމާއި، ނުރައްކާތެރި ބަލިތަކާއި، އަދި ދާއިމީ ނުކުޅެދުންތެރިކަން ފަދަ ހާލަތްތަކުގައި ފުރިހަމަ މާލީ ރައްކާތެރިކަން ފޯރުކޮށްދޭ ޕްލޭނެކެވެ. މި ޕްލޭންގެ ހުރިހާ މުއާމަލާތްތަކެއް ކުރިއަށްދާނީ އިސްލާމީ ޝަރީޢަތުގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މީގެ އިތުރުން، އަންހެނުންގެ ސިއްހަތާއި މާލީ ދުޅަހެޔޮކަމަށް އެލައިޑް ތަކާފުލްއިން ދޭ އަހައްމިއްޔަތު ހާމަކޮށްދިނުމުގެ ގޮތުން، ކަމަނަ ތަކާފުލްގެ ބައިވެރިންނަށް ކޮންމެ ތިން އަހަރަކުން އެއްފަހަރު ހިލޭ ކެންސަރު ސްކްރީނިންގް ހެދުމުގެ ފުރުސަތު ވެސް ލިބިގެންދާނެއެވެ.

އެލައިޑް ތަކާފުލްގެ މަގްސަދަކީ، އާއިލާތަކަށާއި ވަކިވަކި ފަރުދުންނަށް އިތުބާރާއި ހިތްހަމަޖެހުމާއެކު މުސްތަޤްބަލު ރޭވުމަށް އެހީތެރިވެދޭނެ ފަދަ، ރައްކާތެރިކަން ކަށަވަރުކޮށްދޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެމިއޮތުމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.