އެލައިޑް ހިދުމަތްދޭ ސެންޓަރެއް
ހަބަރު
11 Mar 2026 | 11:41
އެލައިޑް އިންޓަގްރާމް ފޮލޯވަރުންނަށް އައިފޯން 17 ހޯދުމުގެ ފުރުސަތެއް

އެލައިޑް އިންޝުއަރެންސް އިން އެލައެޑްގެ އިންސްޓަގްރާމް ފޮލޯވަރުންނަށް އަމާޒުކޮށްގެން އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސްއެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެލައިޑުން މި ޕްރޮމޯޝަން ކުރިއަށްގެންދަނީ "އެލައިޑް އައިފޯން ޑްރޮޕް" ގިވްއަވޭ ކެމްޕެއިނުގެ ދަށުންނެވެ. މި ޕްރޮމޯޝަން ހުޅުވާލާފައިވަނީ އިއްޔެއިން ފެށިގެން އަންނަ އޭޕްރިލްމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ޕްރޮމޯޝަނުގައި ބައިވެރިވާނީ ކިހިނެތް؟

- އެލައިޑް އިންޝުއަރެންސްގެ ރަސްމީ އިންސްޓަގްރާމް ޕޭޖް (@allied.mv) ފޮލޯކުރުން.

- މި ކެމްޕެއިނާ ގުޅޭ ޕޯސްޓުގެ ކޮމެންޓް ސެކްޝަންގައި 6 އެކުވެރިން ޓެގްކުރުން.

- އެ ޕޯސްޓު އަމިއްލަ އިންސްޓަގްރާމް ސްޓޯރީގައި ޝެއަރ ކުރުން.

އެލައިޑުން ބުނީ މި ޕްރޮމޯޝަނުގައި ކޮންމެ ކޮމެންޓެއްގައި ވެސް ތަފާތު 6 މީހަކު ޓެގްކުރަން ޖެހޭނެ ކަމަށެވެ. އަދި ގިނަ ކޮމެންޓްތައް ކުރެއްވުމުން ގުރުއަތުން ހޮވުމުގެ ފުރުސަތު ބޮޑުވެގެންދާނެއެވެ. މީގެ އިތުރުން، ޕްރައިވެޓް އެކައުންޓް ގެންގުޅުއްވާ ފަރާތްތަކުން ސްޓޯރީއަށް ޕޯސްޓް ކުރުމަށްފަހު، އޭގެ ސްކްރީންޝޮޓެއް އެލައިޑްގެ އިންސްޓަގްރާމް ޑައިރެކްޓް މެސެޖަށް ފޮނުއްވުމުން ބައިވެރިވުންކަށަވަރުވާނެއެވެ.

އެލައިޑުން ބުނީ އެކުންފުނީގެ އުންމީދަކީ ވީހާވެސް ގިނަ ބޭފުޅުން މި ކެމްޕައިނުގައި ބައިވެރިވެ، އެކުވެރިން ޓެގްކޮށް، މި ފުރުސަތުގެ ބޭނުންހިފުންކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Jul 2026
މާލެއަށް މިފްކޯ ހިކިމަސް ކާރުޚާނާ
މިފްކޯ އިން ކަނޑުއޮތްގިރި ފިޝް ވިލެޖުގައި ހިކިމަސް ކާރުޚާނާއަކާއި އައިސް ޕްލާންޓެއް ހުޅުވައިފިއެވެ. މިއީ މާލެ ސަރަހައްދުގެ ފިހާރަތަކަށް ސީދާ ޚިދުމަތްދިނުމަށް ފެށުނު ފެށުމެކެވެ.
14 Jul 2026
ހިމަބިހީގެ ކޭސްތައް 144 އަށް
ވޭތުވެދިޔަ ހަފުތާގައި މާލެ ސަރަހައްދުން ހިމަބިހީގެ 23 ކޭސް ފެނި، މިއަހަރު ޖުމުލަ އަދަދު 144 އަށް އަރައިފިއެވެ. މިހާތަނަށް 7100 ފަރާތަކަށް ވެކްސިން ދެވިފައިވެއެވެ.
14 Jul 2026
މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރަން އޮފީހެއް ހެދީ އެންމެން ގުޅިގެން މަސައްކަތްކުރަން: ސައީދު
މިނިސްޓަރު ސައީދު ވިދާޅުވީ، މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ މަގުތައް ތޮއްޖެހުމުގެ މައްސަލަ ހައްލުކުރުމަށް އޮފީހެއް ގާއިމްކުރީ މިހާރު ހުރި ސިސްޓަމްގެ ތެރެއިން ކަމާބެހޭ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށް ކަމަށެވެ
14 Jul 2026
އިސްލާޙްތަކާއެކު ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލް މަޖިލީހުން ފާސްކޮށްފި
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލް ފާސްކޮށްފައިވަނީ ހާޒިރުވި 58 މެންބަރުންގެ ވޯޓުންނެވެ. ބިލާ ދެކޮޅަށް އެއްވެސް މެމްބަރަކު ވޯޓު ނުދެއްވައެވެ.
14 Jul 2026
ކުދިންގެ ސްކްރީން ޓައިމް މަދުކުރާނީ ކިހިނެއް؟
މިއަދުގެ ޑިޖިޓަލް ޒަމާނުގައި ދަރިން ސްކްރީނާ ދުރުކުރުމަކީ ވަރަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. ހަމަ އެހެންމެ އެނގެން ޖެހޭ ޙަޤީގަތަކީ ސްކްރީން ޓައިމް މަދުކުރުމަކީ ހަމައެކަނި ޑިވައިސްތަކާ ކުދިން ދުރުކުރުމެއްވެސް ނޫންކަމެވެ. އެކްޓިވް ސްކްރީން ޓައިމްއަކީ ކުދިންނަށް އޭގެން ފައިދާކުރާނެ ކަމެއްކަމެވެ. މަދުކުރަން މަސައްކަތް ކުރަންވީ ކުދިންނަށް ގެއްލުންލިބޭ ގޮތަށް ސްކްރީނާއެކު ކުދިން ހޭދަކުރާ ވަގުތެވެ.
14 Jul 2026
އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއްނޫން، ހުރިހާ ބޭހެއް ލިބުން
ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަންގެ އަމާޒަކީ ވިޔަފާރި ނަފާ އިތުރުކުރުމެއް ނޫންކަމަށާއި މި ވަގުތު އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެނީ، ދަތިކަމެއް ނެތި ހުރިހާ ބޭހެއް ލިބޭނެ އިންތިޒާމު ހަމަޖެއްސުންކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ.ޝާހު މާހިރު ވިދާޅުވެއްޖެއެވެ.
14 Jul 2026
ފެނަކައާ ހަވާލުކުރުމުން ދެބައިކުޅަ އެއްބައި ޕްލާންޓްގެ އޮޕަރޭޝަން ހުއްޓުނު
ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މިފްކޯގެ ދަށުގައި ހުރި އައިސްޕްލާންޓްތައް ފެނަކައާ ހަވާލުކުރުމުން އެތަނުން ދެބައިކުޅަ އެއްބައި ޕްލާންޓްގެ އޮޕަރޭޝަން ހުއްޓިގެންދިޔަ ކަމަށް މަސްވެރިކަމާބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
14 Jul 2026
އޭދަފުށީ ބަނދަރު ސަރަހައްދު މޫދުން މަރުވެފައި އޮތް މީހަކު ފެނިއްޖެ
އަދި ނިޔާވެފައި އޮއްވާ ފެނިފައިވަނީ ސީސަންގެ، ބ. އޭދަފުށީ، ޢަލީ ޢަބްދުﷲ (82އ) އެވެ.