08 Jul 2019 | 23:30
ދިވެހި ފިލްމް ލީނާ ބޮއިކޮޓް ކުރުމަށް ގިނަބަޔަކު ގޮވާލަނީ

2001ވަނަ އަހަރުގެ ތެރޭގައި ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ އޮފީހުގެ ތެރޭގައި ވަރަށް އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ޖަމްެއިއްޔާގެ ސެކްރެޓަރީ އަޒްލީނާ ނަފީސްގެ މަރުގެ މައްޗަށް ބިނާކޮށްގެން ހަދާ ދިވެހި ފިލްމް ލީނާ ބޮއިކޮޓް ކުރުމަށް ގިނަބަޔަކު ގޮވާލަން ފަށައިފިއެވެ.

މަޝްހޫރު އެކްޓަރ އަބްދުﷲ މުއާޒު ޕްރޮޑިއުސްކޮށް އަދި ޑައިރެކްޓްކުރާ މި ފިލްމްގެ ސްކްރީންޕްލޭ ލިޔެފައިވަނީ އަހުމަދު ޒަރީރެވެ.

މި ފިލްމް ބޮއިކޮޓްކުރުމަށް ގިނަބަޔަކު ގޮވާލަމުންދަނީ މި ހާދިސާއަކީ މީހެއްގެ މަރާއި ގުޅިފައިވާ ހާދިސާއަކަށް ވާއިރު، އަޒްލީނާގެ ކުރީގެ ރައްޓެހިންނާއި އާއިލާގެ ބައެއް ފަރާތްތަކުން މި ފިލްމް ހެދުމާއި ދެކޮޅަށް ވާހަކަދައްކާފައިވާތީއެވެ.

އެގޮތުން އޮންލައިން ނޫހެެއްކަމުގައިވާ އަވަސްއަށް 2017ވަނަ އަހަރުގެ ތެރޭގައި އެ އާއިލާގެ މެންބަރަކު ދިން އިންޓަރވިއުއެއްގައި ބުނެފައިވަނީ އެ ހާދިސާ އާ ގުޅުވައިގެން އެއްވެސް ފިލްމެއް ހަދަން ބޭނުންނުވާ ކަމަށާއި މީގެ 16 އަހަރުކުރީގެ އެ ހަނދާންތައް އަލުން އާ ކުރުމަކީ އެމީހުންގެ ހިތަށް ކުޅަދާނަކަމެއް ނޫންކަމަށެވެ.

"އެއީ މީގެ 16 އަހަރު ކުރިން ނަމަވެސް އަހަރުމެންނަށް އެއީ އިއްޔެ ވީ ކަމެއް ކަހަލަ، އެންމެ ފުރަތަމަ ފިލްމު ހަދާ ވާހަކަ ދައްކަން ފެށީމަވެސް ބުނިން އާއިލާއިން ގަބޫލެއް ނޫނޭ، އޭރު މުއާވެސް ބުނި އާއިލާ ގަބޫލު ނޫނިއްޔާ ނުހަދާނަމޭ، މަރުގެ އެހެން ކޭސްތައްވެސް އެބަހުރި ނޫންހޭ،"، އެ އާއިލާގެ މެންބަރު ބުނެފައިވެއެވެ.

މި ވާހަކަތަކަށް ރައްދު ދެމުން މުއާ ބުނެފައިވަނީ މިފިލްމް ހެދުމަށް ހުއްދަ ނަގަންޖެހޭ ފަރާތްތަކުގެ ކިބައިން ހުއްދަ ނަގާފައިވާނެކަމަށާއި، ހާދިސާއަކުން އިންސްޕަޔާވެގެން ހަދާ ފިލްމަަކަށް އާއިލާގެ ހުއްދަ ނަގާކަށް ނުޖެހޭނެކަމަށެވެ. ނަމަވެސް އެ އާއިލާއާއި އެކު މިހާރު އަންޑަސްޓޭންޑިންގްއެއް އޮންނާނެކަމަށް މުއާ ބުންޏެވެ.

މި ފިލްމް ޖުލައި މަހު 23 ގައި ކުލަގަދަކޮށް ޕްރީމިއަރކުރުމަށް ވަނީ ހަަމަޖެހިފައެވެ. މިހާރު މި ފިލްމްގެ ޓިކެޓްދަނީ އޮލިމްޕަހުން ވިއްކަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.
13 Sep 2026
ދީން ފެތުރުމާއި ދިން ދިފާއުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖެ އިސްލާމްވިތާ 900 އަހަރު ފުރުމުގެ ތާރީޚީ މުނާސަބު މި ވަގުތުގައި ކުރިއަށްގެންދިޔަ "ޒުވާން ހަތީބުންގެ ޤައުމީ މަހާސިންތާ" ނިންމުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
13 Sep 2026
ގައުމީ އެއާލައިނުން ކުޑަހުވަދުއަށް މި މަހުގެ 17ގައި ޝެޑިއުލް ދަތުރުތައް ފަށަނީ
ކައުންސިލުން ބުނީ މި މަހުގެ 17 ގެ ކުރީން ދަތުރުތައް ފަށާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.