ގުޅިފަޅުން ގޯތި ދޫކުރުން: ފޮޓޯ/ ހައުސިން މިނިސްޓްރީ
ހަބަރު
24 Mar 2026 | 12:37
ފުލެޓާއި ގޯތި ދޫކޮށްލުމުގެ އާ އުސޫލު އެކުލަވާލައި އާއްމުކޮށްފި

ގްރޭޓާ މާލެ ސަރަހައްދުން ބޯހިޔާވަހިކަމަށް އެދި ހުށަހަޅާ ފަރާތްތަކުން ކުރިން ލިބިފައިވާ ބިމާއި ފުލެޓު ދޫކޮށްލުމުގައި އަމަލުކުރާނެ ގޮތުގެ އައު އުސޫލު އާންމުކޮށްފިއެވެ.

ރޭ ގެޒެޓްކުރި މި ލިޔުމުގައި ބިމާއި ފުލެޓް ދޫކުރެވޭނެ ޙާލަތްތަކާއި، ދޫކުރެވޭނެ ޢާއިލާގެ ފަރާތްތައް ވަނީ ކަނޑައަޅާފައެވެ. 

ބިން ދޫކޮށްލުމުގެ އުސޫލު

މި އައު އުސޫލުތަކުގެ ދަށުން، ގޯތި ލިބޭ ފަރާތްތަކުން، ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން ގިނަވެގެން 5 އަހަރު ދުވަހުގެ ތެރޭގައި، ލިބިފައިވާ ނުވަތަ ލިބެން އޮންނަ ބިން، އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދޫކޮށްލަންޖެހޭ ގޮތަށް ވަނީ ކަނޑައަޅައިފައެވެ. އެގޮތުން ބިން ދޫކޮށްލެވޭނީ އަންނަނިވި ޢާއިލާގެ މެންބަރުންނަށެވެ. 

ބިން ދޫކޮށްލާ ފަރާތްތައް

އުފަން ދަރިން،

މަންމަ ނުވަތަ ބައްޕަ،

އަނބިމީހާ ނުވަތަ ފިރިމީހާ،

އެއްބަނޑުއެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހުން.

މީގެ ތެރެއިން އެއްވެސް ފަރާތެއް ނެތް ހާލަތެއްގައި، ބިން ދޫކޮށްލާނީ ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށެވެ.

ގޯތި ލިބޭ ފަރާތުގެ ނަމުގައިވާ ބިމަކީ، އެކަކަށް ވުރެ ގިނަ ބައެއްގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ބިމެއް ނަމަ، ގޯތި ލިބޭ ފަރާތަށް ލިބިފައިވާ ބައި ދޫކޮށްލާނީ ވެސް، ކަނޑައެޅިފައިވާ ތަރުތީބުން، ގާތްތިމާގެ ފަރާތްތަކަށެވެ. ނަމަވެސް، ދޫކޮށްލެވޭ ބިން ލިބޭ ފަރާތަކީ، 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް، ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ގޯއްޗެއް، ފްލެޓެއް، ހައުސިންގ ޔުނިޓެއް ނުވަތަ އެއްމެދު އިމާރާތަކުން ފްލެޓެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ.

ތަރިކައިން ލިބޭ ބިން ދޫކޮށްލުން

ގޯތި ލިބޭ ފަރާތަށް، މައިންބަފައިންގެ ފަރާތުންނާއި، އުފަން ދަރިއެއްގެ ފަރާތުންނާއި، އަނބިމީހާ ނުވަތަ ފިރިމީހާގެ ފަރާތުން ތަރިކައިން ނުވަތަ ވަސިއްޔަތަކުން ލިބެން އޮންނަ ބިމެއް ވާ ހާލަތުގައި، ބިމުގެ މިލްކުވެރިޔާ ނިޔައުވުމުން، ތަރިކައިގެ މައްސަލަ ޝަރުޢީ ކޯޓަށް ހުށަހަޅައި، ކޯޓުގެ ތެރެއިން ލިބޭ ބައި ދޫކޮށްލަންވާނީ އެ މީހެއްގެ އުފަން ދަރިއަކަށް ނުވަތަ އެއްބަނޑުއެއްބަފާ، އެއްބަފާ ނުވަތަ އެއްބަނޑު މީހުންގެ ތެރެއިން ފަރާތަކަށް ކަމަށް އުސޫލުގައިވެއެވެ.

މީގެ އިތުރުން، އުސޫލުގައުވާގޮތުން މާލޭގެ ހަނި ގޯޅިތަކުގައި ހުރި ބިންތަކާއި، ބިމުގެ ކުޑަބޮޑުމިނުގެ ސަބަބުން އިމާރާތްކުރުމަށް ދަތިވާ ބިންތައް ދޫކޮށްލަން އެދޭ ފަރާތްތަކުން ވެސް، ގޯތި ލިބޭ ތާރީޚުން ފެށިގެން 5 އަހަރުގެ ތެރޭގައި އެ ބިން އެއްވެސް އަގަކާ ނުވަތަ ބަދަލަކާ ނުލައި ދައުލަތަށް ދޫކޮށްލަންވާނެއެވެ.

އަދި "ބިންވެރިޔާ" ޚާއްޞަ ސްކީމުގެ ކެޓަގަރީ 1 ގެ ދަށުން ގޯތި ދޫކުރާ ހާލަތުގައި ވެސް، ކުރިން ލިބިފައިވާ ބިން ދައުލަތަށް ދޫކޮށްލުމުން ނޫނީ އައު ގޯތި ހަވާލެއް ނުކުރެވޭނެއެވެ.

ފްލެޓް ދޫކުރުމުގެ އުސޫލު

މީގައި ވާގޮތުން، ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމެއްގެ ދަށުން ކުރިން ލިބިފައިވާ 1 ކޮޓަރީގެ ނުވަތަ 2 ކޮޓަރީގެ ފްލެޓް، އައު ފްލެޓް ހަވާލުކުރުމާ ގުޅިގެން ދައުލަތަށް ނުވަތަ ސަރުކާރުން ކަނޑައަޅާ ފަރާތަކަށް ދޫކޮށްލަންވާނެއެވެ.

އަދި "ބިންވެރިޔާ" ސްކީމުގެ ކެޓަގަރީ 2 ގެ ދަށުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ހަވާލުކުރާ ތާރީޚުން ފެށިގެން 5 އަހަރުގެ ތެރޭގައި، ކުރިން ލިބިފައިވާ ފްލެޓް ދައުލަތަށް ދޫކޮށްލަންވާނެއެވެ.

ފްލެޓް ދޫކޮށްލާއިރު، އެ ތަނެއް ހަވާލުކުރެވުނުއިރު ހުރިގޮތަށް، އެކަށީގެންވާ ފެންވަރެއްގައި ހުންނަންވާނެއެވެ. އާންމު ދިރިއުޅުމުގެ ތެރޭގައި ތަނަށް އައިސްފައިވާ ބަދަލުތައް ފިޔަވައި، އެހެނިހެން ގެއްލުންތައް ހުރިނަމަ އެ ތަނެއް މަރާމާތުކުރުމަށް ފަހު ނޫނީ ދައުލަތާ ހަވާލެއް ނުކުރެވޭނެއެވެ.

ބިން ދޫކޮށްލުމުގެ އުސޫލެކޭ އެއްފަދައިން، މި މާއްދާގެ ދަށުން ދޫކޮށްލާ ފްލެޓް ލިބޭ ފަރާތަކީ ވެސް، އަމިއްލަ ނަމުގައި 400 އަކަފޫޓަށް ވުރެ ބޮޑު ގޯއްޗެއް ނުވަތަ ސަރުކާރުގެ އެހެން ބޯހިޔާވަހިކަމުގެ މަޝްރޫޢަކުން ބިން ނުވަތަ ފްލެޓް ލިބިފައިވާ ފަރާތަކަށް ވެގެން ނުވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ