އދ. އިން ފަލަސްތީނުގެ މައްސަލަތަކަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރެޕަޓުއަރ ފްރަންޗެސްކާ އަލްބަނީޒް
ދުނިޔެ
25 Mar 2026 | 09:59
އެކި ގައުމުތަކުން އިސްރާއީލާއެކު ބާއްވަމުންދާ ގުޅުންތައް ކަނޑާލުމަށް އދ. ގެ ރެޕަޓުއަރ ގޮވާލައްވައިފި

ފަލަސްތީނުގެ ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުންތައް ހުއްޓުވައި، ފަލަސްތީނުގެ ރައްޔިތުން ސަލާމަތްކުރުމަށްޓަކައި ބައިނަލްއަގުވާމީ ފެންވަރުގައި "ބޮޑެތި ފިޔަވަޅުތަކެއް" އަޅަންޖެހޭ ކަމަށް އދ. އިން ފަލަސްތީނުގެ މައްސަލަތަކަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ ރެޕަޓުއަރ ފްރަންޗެސްކާ އަލްބަނީޒް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަލްބަނީޒް ވަނީ، އިސްރާއީލުން ހަނގުރާމައިގެ ކުށްތައް ހިންގަމުންދާއިރުވެސް، ބައެއް ގައުމުތަކުން އެ ގައުމާއެކު ގުޅުން ބާއްވަމުންދާތީ އެކަމާ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ހަނގުރާމައިގެ ކުށްތައް ހިންގާ ދައުލަތަކަށް ހަތިޔާރު ފޯރުކޮށްނުދިނުމަކީ ބައިނަލްއަގުވާމީ ގޮތުން ގައުމުތަކަށް ލާޒިމުކަމެކެވެ. އިސްރާއީލު ހުއްޓުވުމަށް އޮތް އެންމެ ސުލްހަވެރި މަގަކީ އެ ގައުމާއެކު އޮންނަ އިގްތިސާދީ، އަސްކަރީ އަދި މާލީ ހުރިހާ ގުޅުމެއް ކަނޑާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލްބަނީޒް ވިދާޅުވި ގޮތުގައި، ޣައްޒާގައި ހިނގަމުންދާ ކަންކަމަކީ ފަލަސްތީނުގެ ނަސްލު ނައްތާލުމަށް ފަށާފައިވާ އާ މަރުހަލާއެއްގެ ފެށުމެވެ. އަދި މިކަމުގެ އަސަރު ލުބުނާނާއި އީރާނަށްވެސް ފޯރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ. ގަތުލުއާއްމު ހުއްޓާލާފައި އޮތް ނަމަވެސް، ޣައްޒާގެ ހާލަތު ދަނީ އިތުރަށް ގޯސްވަމުންނެވެ. އެގޮތުން ގަތުލައާއްމު ހުއްޓާލި ފަހުންވެސް އިސްރާއީލުން 650 ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޖެނީވާގައި ބޭއްވި އިންސާނީ ހައްގުތަކާބެހޭ މަޖިލީހަށް ހުށަހެޅި ރިޕޯޓުގައި، އިސްރާއީލުގެ ބަންދުގައި ތިބި ޣައްޒާގެ މުސްލިމުންނަށް ކުރާ އަނިޔާތަކުގެ ތަފުސީލުތައް ވަނީ ހިމަނާފައެވެ. މީގެ ތެރޭގައި ވަރަށް ބޮޑަށް ތަޅައި އަނިޔާކުރުމާއި، ގަސްދުގައި ކަށިތައް ބިންދާލުމާއި، ނިދިޔަ ނުދީ ބޭތިއްބުމާއި، ޖިންސީ ފުރައްސާރައާއި ރޭޕް ފަދަ ލާއިންސާނީ އަމަލުތައް ހިމެނެއެވެ.

އަލްބަނީޒްގެ ރިޕޯޓަށް އިސްރާއީލުން ފާޑުކިޔާފައިވީ ނަމަވެސް، އޭނާ ވިދާޅުވީ އިސްރާއީލުން ކުރާ ކަންކަމަށް އެމީހުން ޒިންމާދާރުކުރުވަން ޖެހޭ ކަމަށާއި، އެ މީހުންގެ ވެރިން ތިބެންޖެހޭނީ ބައިނަލްއަގުވާމީ ޖިނާއީ ކޯޓުގައި ކަމަށެވެ.

މި ރިޕޯޓުގައިވާ ގޮތުން، 2023 އޮކްޓޫބަރުން ފެށިގެން 2026 ޖެނުއަރީއާ ހަމައަށް އިސްރާއީލުން ވަނީ 18,500 އަށްވުރެ ގިނަ ފަލަސްތީނު މީހުން ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން 100 އެއްހާ މީހުން ބަންދުގައި ތިއްބާ މަރުވެފައިވާއިރު، 4,000 މީހުންނަށް ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެތެރެކުރަން އުޅުނު މަސްތުވާތަކެތި އަތުލައިގެންފި
ފުލުހުން ބުނީ، މާލެއިން ފުރައިގެން އއ. ހިމަންދޫއަށް ދަތުރުކުރި ލޯންޗަކުން ކެބެޖެއްގެ ތެރޭގައި ފޮރުވައިގެން އެ ރަށަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.
05 Oct 2026
ކިނބިދޫ ގޮނޑުދޮށުން ވެލި ނުނެގުމަށް ކައުންސިލުން އިލްތިމާސްކޮށްފި
އެ ކައުންސިލުން ނެރުނު އިޢުލާނުގައި ބުނެފައިވާ ގޮތުގައި ގޮނޑުދޮށުން ވެލި ނެގުމާ ގުޅޭ ޝަކުވާތައް ރައްޔިތުންގެ ފަރާތުން ދަނީ ލިބެމުންނެވެ.
05 Oct 2026
މާލޭ ޓްރެފިކް މައްސަލައާ ގުޅޭ ގޮތުން މާލެ ޓްރާންސްޕޯޓް އޮފީހުން ސީޕީއާ ބައްދަލުކޮށްފި
ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައި ވަނީ ގްރޭޓާ މާލެ ސަރަޙައްދުގެ މަގުތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާ ގުޅޭ ގޮތުން ކަމަށް ފުލުހުން ބުނެފައިވެއެވެ.
05 Oct 2026
މުދައްރިސުންނަކީ ޤައުމުގެ ކުރިމަގު ބައްޓަންކޮށް ހިތްވަރު ދީ މަގު ދައްކައިދޭ ފަރާތް: ނައިބު ރައީސް
ދުނިޔޭގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ރާއްޖޭގެ ނައިބު ރައީސް މުދައްރިސުންގެ ޚިދުމަތުގެ އަގު ވަޒަންކުރައްވައި އެ ފަރާތްތަކަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ފާހަގަކުރައްވާފައެވެ.
05 Oct 2026
ކުރިން އެމްޑީޕީން ބުނީ ރަސްމާލެއަކީ އަގެއް ނެތް ވެލިގަނޑެއް ކަމަށް
ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފެށިގެން އައިއިރު އިދިކޮޅު ފަރާތްތަކުން އެއީ "އަގެއް ނެތް ވެލިގަނޑެއް" ކަމަށް ބުނެ ވާހަކަ ދެއްކި ނަމަވެސް، މިއަދު އެއީ ދައުލަތުގެ އެންމެ ބޮޑު ރައުސުލްމާލު ކަމަށް އެ ފަރާތްތަކުން ވެސް ގަބޫލުކޮށްފި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން އިމްރާން ލަޠީފް (އިއްމު) މިއަދު ވިދާޅުވެއްޖެއެވެ.
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.