އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު
ހަބަރު
28 Mar 2026 | 09:16
ތާއީދު ކުރަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމަށް: ފުއާދު

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ޤައުމަށް އެންމެ ފައިދާހުރި ގޮތްކަމަށް އިލެކްޝަން ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ތައިލެންޑަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ މަޤާމުގައި މިހާރު ހުންނެވި ފުއާދު "އެމްއެމްޓީވީ" އަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، ތާއީދުކުރެވެނީ ދެ އިންތިހާބު އެއްދުވަހެއްގައި ބެއްވުމަށްކަމަށެވެ. އެގޮތުން ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން މުޅި ގައުމަށް އޭގެ ފައިދާ ލިބިގެންދާނެ ކަމަށް ފުއާދު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަމުގެ މަޤާމު ބެލެހެއްޓެވި އެންމެ މަޤްބޫލު ރައީސްކަމަށް ގިނަ ބަޔަކު އިއްތިފާގުވާ ފުއާދު ވިދާޅުވީ، ދެ އިންތިހާބު ދެމެދުގައި އޮންނަ ހަމަސް މިހާރު ފާހަގަކުރެވެނީ، ހަނގުރާމައެއްގެ ގޮތުގައިކަމަށެވެ. އެގޮތުން އެ ހަމަސްދުވަސް ދަނީ ޤައުމަށް އެންމެ އުފެއްދުންތެރިގޮތުގައި ނޫންކަމަށް ފުއާދު ފާހަގަކުރެއްވިއެވެ.

ދެ އިންތިހާބު ދެމެދު އޮންނަ ހަ މަސް މިހާރު ވެފައި މި އޮތީ ހަނގުރާމައިގެ ހަ މަހަށް. ސަރުކާރަށް ޖެއްސުން ކުރުމުގެ ހަ މަހަށް. ދެ އިންތިބު އެއް ދުވަހެއްގައި ބާއްވަންވީ އެ ހަ މަސް ދުވަހު ސަރުކާރަކަށް މަޖިލީހުގެ އެއްބާރުލުން ނުލިބޭތީ އެ މައްސަލަ ހައްލުކުރަން.

ފުއާދު ވިދާޅުވިއެވެ.

ފުއާދު އިތުރަށް ވިދާޅުވީ، މީގެ ކުރިން އެމްޑީޕީ ސަރުކާރުގައި ވެސް މިކަމާ ގުޅޭ މަޝްވާރާތަކެއް ކުރެވުނު ކަމަށާއި ނަމަވެސް، މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިމުން އެކަން އެމްޑީޕީއިން ވަނީ ހަނދާން ނައްތާލީކަމަށެވެ. 

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ބިލް ދާދިފަހުން ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފައެވެ. ނަމަވެސް މި ބަދަލު ގާނޫނުއަސާސީއަށް ގެނޭވޭނީ ރައްޔިތުންގެ މެދުގައި އާންމު ވޯޓެއް ބާއްވައި އެކަމަށް އަޣުލަބިއްޔަތު ލިބިގެންނެވެ. އެގޮތުން، އަންނަ އޭޕްރިލް މަހު ސަރުކާރުން ވަނީ ފެންނަ ނުފެންނަ ވޯޓެއް ރައްޔިތުންގެ މެދުގައި ބޭއްވުމަށް ނިންމައިފައެވެ.

ސަރުކާރުން ފާހަގަކުރާ ގޮތުގައި ރިޔާސީ އިންތިޚާބާއި މަޖިލީސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން އިންތިޚާބު ތަކަށް ކުރަން ޖެހޭ ޚަރަދު ކުޑަވެގެން ދާނެއެވެ.

އިދިކޮޅު އެމްޑީޕީން މީގެ ކުރިން ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްދުވަހެއްގައި ބޭއްވުމުގެ ވާހަކަ ކުރިން ދެއްކިނަމަވެސް، ސަރުކާރުން އެކަން ކުރަން މަސައްކަތް ފެށުމާއެކު އެ ޕާޓީގެ ރާގު ވަނީ ބަދލުވެފައެވެ. އެގޮތުން މިހާރު އެމްޑީޕީން ބުނަމުންދަނީ ދެ އިންތިހާބު އެއްދުވަހެއްގައި ބާއްވަން ސަރުކާރުން އުޅެނީ ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކަމަށެވެ.

ކޮމެންޓް
ދިރާސާ
ރައްޔިތުން ތިކަމަށް އެއްބަހެއްނޫން
28 Mar 2026
ގުޅޭ ލިޔުންތައް
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި