ރައީސް މުޢިއްޒު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން؛ ފޮޓޯ / ރައީސް އޮފީސް
ހަބަރު
30 Mar 2026 | 12:28
އުއްމީދަކީ މި ދައުރުގެ ތެރޭގައި 8000 ފުލެޓްގެ މަސައްކަތް ނިންމައި ހަވާލުކުރުން: ރައީސް

މީގެ ކުރިން ރާއްޖޭގެ އެއްވެސް ސަރުކާރަކަށް ހާސިލްކުރެވިފައި ނުވާ ކާމިޔާބީއެއް މި ސަރުކާރުން ހާސިލްކުރާނެ ކަމަށާއި، މި ދައުރުގެ ތެރޭގައި ފަށާ ހައުސިންގް މަޝްރޫއުތައް ނިންމައި ރައްޔިތުންނަށް އެތަންތަނަށް ވަދެވޭވަރު ކުރައްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މީގެ ކުރީގެ ސަރުކާރުތަކުން ފެށި ހައުސިންގް މަޝްރޫއުތައް އެ ސަރުކާރެއްގެ ދައުރުގެ ތެރޭގައި ނިންމައި، ރައްޔިތުންނަށް ބޭނުންކުރުމުގެ ފުރުސަތު ދެވިފައެއް ނުވެއެވެ. ނަމަވެސް މި ސަރުކާރުގެ އަމާޒަކީ އެ އުސޫލު ބަދަލުކޮށް، މަސައްކަތްތައް ހަލުވި ދުވެލީގައި ކުރިއަށް ގެންގޮސް ކަނޑައެޅިފައިވާ މުއްދަތަށް ނިންމުމެވެ.

މީގެ ކުރިން ނެތް އެއްވެސް ސަރުކާރަކުން ފެށި ހައުސިންގް މަޝްރޫއުއެއް އެ ސަރުކާރުގެ ދައުރުގައި ނިންމައި ރައްޔިތުންނަށް ބޭނުން ކުރުމުގެ ފުރުސަތެއް ލިބިފައެއް.

ރައީސް ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ފަށާފައިވާ ބޮޑެތި މަޝްރޫއުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ބީއެމްއެލްގެ ފައިނޭންސްގެ ދަށުން ސޮއިކޮށްގެން ފަށާ 3,260 ހައުސިންގް ޔުނިޓްގެ މަސައްކަތަކީ މި އަމާޒަށް ދިއުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. މި މަޝްރޫއުތައް ނިމޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ރައީސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މި މަޝްރޫއުތަކުގެ މަސައްކަތް ހަމަ ޔަގީން ކަމާ އެކީގަ 2028 ގެ ޖުލައި އާއި ހަމަޔަށް ނޫނީ އެއަށްވުރެ އަވަހަށް ވެސް ނިމިދާނެ. އެހެންވީމަ އަހަރުގެ މެދުތެރެއިން ހުރިހާ ހައުސިންގް ޔުނިޓަކަށް ވަދެވޭނެ މި ހިނގާ ހުރިހާ މަޝްރޫއުއެއް ތެރޭގަ.

މަޝްރޫއުތައް ނިމޭނެ ތާރީޚާ ގުޅޭގޮތުން ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިހާރު ހުޅުމާލެ އަދި ވިލިމާލޭގައި އަޅަން ނިންމައިފައިވާ ސޯޝަލް ހައުސިންގް ޔުނިޓްތަކުގެ އިތުރުން އަޅާ ހައުސިންގް ޔުނިޓްތަކުގެ މަޝްރޫއުތައް ވެސް ފެށުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.

އަދި ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ފުލެޓަށް އެދެން ހުޅުވާލާފައިވާއިރު ސަރުކާރުގެ އަމާޒަކީ ހުރިހާ ފުލެޓެއްގެ މަސައްކަތްވެސް ނިންމައި މި ދައުރުގެ ތެރޭގައި ހަވާލުކުރުން ކަމަށް ވިދާޅުވިއެވެ. 

ސަރުކާރުގެ އަމާޒަކީ ހަމަ މި ދައުރުގައި މި ފުލެޓްތައް ދިނުން. މާނައަކީ ގާތްގަނޑަކަށް 8000 އެއްހާ ފުލެޓް އެއީ. މިހާރު ހުޅުވާލާފައި އޮތް ސްކީމަކީ. އެ 8000 އެއްހާ ފުލެޓް މި ދައުރުގައި ނިންމާފައި ހަވާލުކުރުން. 

ރައީސް ވިދާޅުވިއެވެ.

އެހެންކަމުން ކުރިއަށް އޮތް، ތިން ހަތަރު މަހެއްހާ ދުވަސް ތެރޭގައި ޕްރޮޖެކްޓްތަކުގެ ޢަމަލީ މަސައްކަތް ފެށޭނެ ކަމަށާ، އެކަމަށްޓަކައި ފަންޑް ހޯދުމުގެ މަަަސައްކަތް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ