ބީޔޫސީޖީ އާ ހަވާލުކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތް ފެށުން... ފޮޓޯ: ރައީސް އޮފީސް
ހަބަރު
30 Mar 2026 | 21:47
ބީޔޫސީޖީ އާ ހަވާލުކޮށްގެން ބީއެމްއެލުން އަޅާ ފްލެޓްތަކުގެ އަމަލީ މަސައްކަތް ފަށައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހުޅުމާލޭގައި އިމާރާތްކުރުމަށް ނިންމި ހައުސިން ޔުނިޓްތަކުގެ ތެރެއިން ޗައިނާގެ ބީޔޫސީޖީ އާ ހަވާލުކޮށްގެން އިމާރާތްކުރުމަށް ނިންމި 1،190 ޔުނިޓްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހައުސިން ޔުނިޓްތަކުގެ މަސައްކަތް ފައްޓަވައިދެއްވީ، ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބާއި، ބީއެމްއެލްގެ ޗެއާޕާސަން އަދި މެނޭޖިންގ ޑިރެކްޓަރާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރު ބީޔޫސީޖީގެ އިސްވެރިންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ބީޔޫސީޖީ އާ ހަވާލުކޮށްގެން އަޅާ ފްލެޓްތަކުގެ މަސައްކަތް ފެށުމުގެ ތެރެއިން... ފޮޓޯ: ރައީސް އޮފީސް

ހައުސިން ޔުނިޓްތައް އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް ވިދާޅުވީ، މާލޭގައި ނިކަމެތި އާއިލާތައް ދިރިއުޅެމުންދާ ދަތިހާލު ވަރަށް ގާތު ދެކިފައިވާކަމަށާއި، މިއީ އެފަދަ ފަރާތްތަކަށް ހާއްސަ މަޝްރޫޢުއެއްކަމަށެވެ. އެގޮތުން ފޯމް ނުފުރިގެން ބޯހިޔާވަހިކަމަށް ކުރިމަތިނުލެވިފައި ތިބެން ނުޖެހޭނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެންމެ ފަގީރު އެންމެ ނިކަމެތި ފަރާތްތަކަކީ ބާކީވެފައިވާ ފަރާތްތަކަށް ވާކަށް އަޅުގަނޑުމެން ބޭނުމެއް ނޫން. ފޯމެއް ނުފުރިގެން ލިޔުމެއް ނުލިބިގެން ފޯމްލާނެ ގޮތް ނޭނގިގެން ބާކީވާން ދޫކޮށްލާކަށް ބޭނުމެއް ނޫން. ސަރުކާރުގެ ޒިންމާއަކީ އެމީހުންނަށް އެހީތެރިވުން. ސަރުކާރުގެ މަސްއޫލިއްޔަތަކީ އެފަދަ ފަރާތްތައް ހޯދާ، ދިރިއުޅުމުގެ ހާލަތު ވަޒަންކޮށް، އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން

ހައުސިން މިނިސްޓަރު ޑރ.އަބްދުﷲ މުއްތަލިބް

ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ހޯދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިސްނަންގަވައިގެން ފެއްޓެވި ބޯހިޔާވަހިކަން ސިޔާސަތު ހަލުވިކަމާއެކު އަމަލީ ސިފަ ޖެހެމުންދާކަމަށެވެ. މިހާ އަވަސް ގޮތެއްގައި ތަފާތު ކޮންޓްރެކްޓަރުންނަށް ދީގެން އަގުހެޔޮކޮށް ފްލެޓް އެޅުމުގެ މަސައްކަތް މި ބާރުމިނުގައި މީގެ ކުރިން ހިނގާފައި ނުވާކަަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މީގެކުރިން މިކަމަށް ދިގު މުއްދަތެއް ހޭދަވިކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލާނެ މަޝްރޫއެއް. މަސައްކަތުގެ މި ބާރުމިނަކީ ދިވެހި އެތައް ހާސް އާއިލާތަކަކަށާއި އަދި އަޅުގަނޑުމެންނަށްވެސް އުންމީދާއި އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނެ ކަމެއް. 

ބީއެމްއެލްގެ ސީއީއޯ  މުހައްމަދު ޝަރީފް

ސަރުކާރުގެ ބޯހިޔާވަހިކަން އެންމެނަށް ސިޔާސަތުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ހުޅުމާލޭގައި އިމާރާތްކުރުމަށް ނިންމި 182 ހައުސިން ޔުނިޓްގެ މަސައްކަތް ރޭ ފެށިގެންދިޔައިރު، މި މަޝްރޫޢުގެ ބާކީ ޔުނިޓްތައް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް މާދަމާރޭ ފެށުމަށް ވަނީ ނިންމާފައެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
4 ވަނަ އެމްއެންޔޫއެސްޔޫ އިންޓަރ ފެކަލްޓީ ބެޑްމިންޓަން މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ވޮއިސް ސްޕޯޓްސް
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ބުރާސްފަތި ދުވަހުއެވެ. މި ފަހަރުގެ މުބާރާތުގައި އެމްއެންޔޫގެ އެކި ފެކަލްޓީތަކުން ތަމްސީލުކުރާ ޖުމްލަ 11 ޓީމަކުން ބައިވެރިވެއެވެ
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.