ސްޓޭޓް ފާމާ
ވިޔަފާރި
01 Apr 2026 | 13:04
ސްޓޭޓްފާމާއިން ބޭސް ހޯދަން ގުޅަންޖެހޭ 1505 ހޮޓްލައިން އަދި އޮންލައިން ޕޯޓަލް ތައާރަފްކޮށްފި

ޑޮކްޓަރީ ބޭހާއި މެޑިކަލް ކޮންޒިއުމަބަލްސް ފޯރުކޮށްދިނުމަށް އުފެއްދި ކުންފުނި ސްޓޭޓްފާމާއިން ބޭސް ހޯދުމަށް ގުޅާނޭ ހޮޓްލައިން 1505 އަދި ސްޓޭޓްފާމާ ޕޯޓަލް ތައާރަފްކޮށްފިއެވެ.

ސްޓޭޓްފާމާއިން ބުނީ މި ހޮޓްލައިންއިން ހަފްތާއަކު ހަތް ދުވަހު 24 ގަޑިއިރު ހިދުމަތް ލިބިގެންދާނޭކަމަށެވެ.

އެގޮތުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް މި ނަންބަރަށް ގުޅައިގެން ޚިދުމަތް ހޯދުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސާފައެވެ. މި ހޮޓްލައިން މެދުވެރިކޮށް ބޭސް އޯޑަރުކުރުމާއި، ޒަރޫރީ ސިއްހީ ސާމާނު ހޯދުމުގައި އެހީތެރިކަން ލިބޭނެއެވެ. އަދި، ސްޓޭޓްފާމާ ޕޯޓަލް މެދުވެރިކޮށް ކޮންމެ ރައްޔިތަކަށްވެސް، އީފާސް ބޭނުންކޮށްގެން ބޭހަށް އޯޑަރުކުރުމާއި، ބޭހުގެ ސްޓޭޓަސް އަދި ޑެލިވެރީގެ ކަންތައް ވަގުތުން ބަލާލެވޭނެއެވެ. 

ސްޓޭޓް ފާމާ ޕޯޓަލް ލިންކު:https://portal.statepharma.mv/ 

މިކަމާއި ގުޅޭގޮތުން މައުލޫމާތު ހިއްސާކުރަމުން ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވީ، ދެމެހެއްޓެނިވި ގޮތެއްގައި ބޭސް ފަސޭހައިން ހޯދޭނެ މަގު ފަހިކޮށްދިނުމަކީ އެކުންފުނިން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތައްކަމަށެވެ.

"1505ހޮޓްލައިނާއި ސްޓޭޓްފާމާ ޕޯޓަލް ތައާރަފުކުރުމުގެ މައިގަނޑުމަގުސަދަކީ، ކޮންމެ ވަގުތަކު އަދި ކޮންމެ ތަނެއްގައި ހުރެގެންވެސް، ބޭސްލިބުމުގައި ދިމާވާ ދަތިތައް ރައްޔިތުންނަށް ފަސޭހަކަމާއިއެކު ހުށަހެޅޭނެނިޒާމެއް ގާއިމުކުން. މި ވަސީލަތްތަކުގެ ސަބަބުން ރައްޔިތުންގެބޭނުންތައް ދެނެގަނެވި، ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ބޭސްފޯރުކޮށްދިނުމުގެ ހިދުމަތް މިހާރަށްވުރެ ހަރުދަނާކުރެވޭނެ ކަމަށް ޤަބޫލުކުރެވޭ" ސްޓޭޓްފާމާގެ މެނޭޖިންގ ޑިރެކްޓަރު ޑރ. ޝާހް ޢަބްދުﷲ މާހިރު ވިދާޅުވިއެވެ.

މުހިންމު ބޭހާއި ސިއްހީ ސާމާނު ހޯދުމުގައި އެހީ ބޭނުންވާ ކޮންމެ ވަގުތެއްގައިވެސް 1505 އަށް ގުޅުމަށް ނުވަތަ ޕޯޓަލް މެދުވެރިކޮށް އޯޑަރުކުރުމަށް ސްޓޭޓްފާމާއިން ވަނީ ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

ސްޓޭޓްފާމާއަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން 2025 އުފެއްދެވި ކުންފުންޏެކެވެ. މި ކުންފުނި އުފެއްދުމުގެ މައިގަނޑު މަޤްސަދަކީ ރައްޔިތުންނަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ވީހާވެސް ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމެވެ. 

ބޭހާއި އެނޫންވެސް މެޑިކަލް އާލާތްތައް ފަސޭހަކަމާއެކު ލިބެން ނެތުމަކީ މިއަދު ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެއްކަން ފާހަގަކޮށްލެވެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ދިފާޢީ ދާއިރާއިން އިނގިރޭސިވިލާތާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހިކުރަނީ
ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ބޭއްވި ތިންވަނަ "ސްޓްރެޓީޖިކް ޑައިލޮގް" ގައި، އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށާއި، ދިފާޢީ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކޮށްފިއެވެ.
18 Sep 2026
އިހުގެ މީހުންނަށްވުރެ މިއަދުގެ ބެލެނިވެރިންނަށް ނިދި މަދުވެފަ، ވަރުބަލިވަނީ ކީއްވެ؟
ދަރިއަކު ލިބުމަށްފަހު މައިންބަފައިންގެ ފަރާތުން އެންމެ އާންމުކޮށް އިވޭ އެއް ޝަކުވާއަކީ އިންތިހާއަށް ވަރުބަލިވުމާއި ނިދި ނުލިބުމުގެ ޝަކުވާއެވެ. މިއީ މިއަދުގެ ދިރިއުޅުމުގެ ވައްޓަފާޅީގައި ބެލެނިވެރިކަމާ ވަކިނުކުރެވޭނެ ކަމެއްގެ ގޮތުގައި ވަނީ ބެލެވިފައެވެ. އެހެންނަމަވެސް، ތާރީޚީ އަދި ސައިންޓިފިކް ހޯދުންތަކުން ދައްކާ ގޮތުގައި އަޅުގަނޑުމެންގެ ކާބަފައިން މިކަން މި މިންވަރަށް ތަހަންމަލްކޮށްފައެެއް ނުވެއެވެ.
18 Sep 2026
އަބޫ ބިލާލްގެ ސިއްރު ލައިބްރަރީ: ހަނގުރާމައިގެ ތެރޭގައި ޢިލްމީ ތަރިކަ ރައްކާތެރިކުރުމުގެ މަތިވެރި ޖިހާދެއް
މި ވާހަކައިން ދޭހަކޮށްދެނީ، ހަނގުރާމައިގެ އެންމެ އަނދިރި ދުވަސްވަރުގައި ވެސް މާއްދީ ތަކެއްޗަށްވުރެ ބޮޑަށް، ފިކުރީ އަދި ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ސޫރިޔާގެ ރައްޔިތުން ދީފައިވާ ޚާއްޞަ އަހަންމިއްޔަތެވެ
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ބާރަށަށް
މި މުބާރާތުގެ ފައިނަލްމެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހޮނިހިރުދުވަހުގެ ރެއެވެ. ފައިނަލުގައި ބާރަށް ނިކުންނާނީ ހަނިމާދޫ ޓީމާ ދެކޮޅަށެވެ.
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
17 Sep 2026
ސްޓާޓިން އަތުން ޖޫނިއާސް މޮޅުވީ ހަމަ ކިރިޔާ
މި މުބާރާތުގައި މީގެ ކުރިން އެންޖީ ޖޫނިއާސް ޓީމް ނައިން އެކްސްއާ ބައްދަލުކުރިމެޗްވެސް ޖޫނިއާސް އިން ވަނީ ކާމިޔާބުކޮށްފައެވެ.