އެމް.ޑަބްލިޔު.އެސް.ސީގެ ކުރީގެ އެމްޑީ ހަޝަން ޝާހު އާއި ކުރީގެ ރައީސް ޞާލިހް
ހަބަރު
02 Apr 2026 | 10:05
ކުރީ ސަރުކާރުގައި އެމް.ޑަބްލިޔު.އެސް.ސީ އިން އުޅަނދުތައް ކުއްޔަށް ހިފުމަށް 42 މިލިއަން ރުފިޔާ ހޭދަކުރި: އޮޑިޓް ރިޕޯޓް

ކުރީގެ ސަރުކާރުގެ ދުވަސްވަރު، 2021 އާއި 2023 އާ ދެމެދު އެމް.ޑަބްލިޔު.އެސް.ސީ އިން އޮޑިދޯނިފަހަރު ކުއްޔަށް ހިފުމަށް ޖުމްލަ 42,044,050 ރުފިޔާ ހޭދަކޮށްފައިވާކަން އޮޑިޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ރިޕޯޓަކުން ހާމަވެއްޖެއެވެ.

މި ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުންފުނީގެ އަމިއްލަ އުޅަނދުތައް ބޭނުންކުރެވެން ހުރިތޯ ބަލާނެ އެއްވެސް ނިޒާމެއް ގާއިމުކޮށްފައި ނުވާއިރު، މި ހުރިހާ ޚަރަދެއްވެސް ކޮށްފައިވަނީ ކުންފުނީގެ އަމިއްލަ އުޅަނދުތައް ބޭނުންކުރެވެން ނެތް ކަމަށް ބަލައިގެންނެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، 2022 އަދި 2023 ވަނަ އަހަރު އުޅަނދުތައް ކުއްޔަށް ހިފާފައިވަނީ "ކުއްލި ހާލަތުގެ" ޕްރޮކިއުމަންޓް އުސޫލުގެ ދަށުންނެވެ. ނަމަވެސް، ބައެއް މަސައްކަތްތައް ނިންމިތާ 8 މަސް ދުވަސް ފަހުންވެސް ޕްރޮކިއުމަންޓް ފޯމުތައް ހުށަހަޅާފައިނުވާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ބައެއް ފޯމުތަކުގައި ޕްރޮކިއުމަންޓް ސެކްޝަނުގެ ސޮއި ނެތުމުގެ ސަބަބުން، އެ ފޯމުތައް ލިބުނު ސީދާ ތާރީޚެއް އެނގޭކަށް ނެތެވެ.

އުޅަނދުތައް ކުއްޔަށް ހިފުމުގައި ވަކި ކުންފުންޏަކަށް ބަރޯސާވެފައިވާ މިންވަރު ބޮޑުކަންވެސް އޮޑިޓުން ދައްކައެވެ. ހާއްސަކޮށް "ވައިޓް ސްޓާ ޕްރައިވެޓް ލިމިޓެޑް" އަށް ދީފައިވާ މަސައްކަތްތަކުގައި، އަގުތައް ވަނީ ބޮޑުތަނުން އުފުލިފައެވެ. 2021 ވަނަ އަހަރު ދަތުރަކަށް އެވްރެޖްކޮށް 81,037 ރުފިޔާ ހޭދަވި ނަމަވެސް، 2023 ވަނަ އަހަރު މި އަގު ވަނީ 317,038 ރުފިޔާއަށް އުފުލިފައެވެ. މިއީ ދެ އަހަރު ތެރޭގައި ގާތްގަނޑަކަށް ތިން ގުނައިގެ އިތުރުވުމެކެވެ.

އުޅަނދުތައް ކުއްޔަށް ހިފުމަށް "ކުއްލި ހާލަތު" ބޭނުންކުރި ސަބަބެއް ކަމަށް ކުންފުނިން ބުނެފައިވަނީ މަޝްރޫއުތައް ލަސްވިޔަ ނުދިނުމަށެވެ. ނަމަވެސް، އޮޑިޓް ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ގިނަ މަޝްރޫއުތައް ވަނީ އިންތިހާއަށް ލަސްވެފައެވެ. މީގެ ތެރޭގައި ފަޔަރ ހައިޑްރަންޓް ސިސްޓަމް ފަދަ މަސައްކަތްތައް ނިންމަން ކަނޑައެޅި ތާރީޚަށްވުރެ 1,331 ދުވަސް އިތުރަށް ހޭދަވެފައިވާކަން ފާހަގަކުރެވެއެވެ.

އޮޑިޓް ރިޕޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، ކުންފުނީގެ ޕްލޭނިންގ ބަލިކަށިވުމުގެ ސަބަބުން މިފަދަ ބޮޑެތި ޚަރަދުތަކެއް ހިނގަން މެދުވެރިވި ކަމަށެވެ. އަދި ކުރިއާލާ ރަނގަޅަށް ރޭވުންތެރިކަމާއެކު މަސައްކަތް ކުރިނަމަ، ލީސިންގ އެގްރީމެންޓްތަކެއްގެ ދަށުން ނުވަތަ ގިނަ ބަޔަކަށް ހުޅުވާލައިގެން މިއަށްވުރެ މާ އަގުހެޔޮކޮށް މި ޚިދުމަތް ހޯދޭނެ ކަމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
21 Sep 2026
މަސްތުވާތަކެތީގެ މައްސަލައެއްގައި ކުޑަހުވަދޫއިން ތިން މީހަކު ހައްޔަރުކޮށްފި
ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މަސްތުވާތަކެތި ގެންގުޅެ، އެ ތަކެތި ބޭނުން ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެންނެވެ.
21 Sep 2026
ގައިދީން ބެލެހެއްޓުމާގުޅޭ ޕްރޮގްރާމެއްގައި ފުލުހުންގެ އޮފިސަރަކު ބައިވެރިވެއްޖެ
ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން އިންތިޒާމުކޮށްގެން ޖަޕާނުގައި ކުރިއަށްގެންދިޔަ ޖަލުތަކާއި ގައިދީން ބެލެހެއްޓުމާގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރަކު ބައިވެރިވެވަޑައިގެންފިއެވެ.
21 Sep 2026
ލިވަޕޫލް މޮޅުވިއިރު މެންޗެސްޓަރ ޔުނައިޓެޑަށް ފުއްދާލީ ޕޮއިންޓަކުން
ފްލަމް މޮޅުވަމުން ދަނިކޮށް ޔުނައިޓެޑް ސަލާމަތްކޮށްދިނީ 89 ވަނަ މިނެޓް ތެރޭގައި ކުންހާ އެވެ
21 Sep 2026
ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމަށް ސިންގަޕޫރުން ފެށީ ތަފާތު ހަރަކާތެއް
ދިރިއުޅުމުގެ ކާރުބާރު ބޮޑު މާހައުލުގައި ދުވާލަކު 15 މިނެޓު ފޮތެއް ކިޔާލައިގެން ކުޑަ ނަމަވެސް ފައިސާގެ އިނާމެއް ލިބޭނެ ގޮތެއް އޮތްނަމަ އެކަން ކުރާނަން ހެއްޔެވެ؟ ސިންގަޕޫރުގެ ސަރުކާރުން މިހާރު މިވަނީ ފޮތް ކިޔުމުގެ އާދަ އަށަގެންނެވުމުގެ ގޮތުން މިފަދަ ތަފާތު ކެމްޕޭނެއް ފަށާފައެވެ.
21 Sep 2026
އިޓަލީގެ ސްކޫލްތަކުގައި ނިޤާބު މަނާކުރަން ހުށަހަޅަނީ
އިޓަލީގެ ބޮޑުވަޒީރު މެލޯނީ ސްކޫލްތަކުގައި ނިޤާބު މަނާކޮށް ބިދޭސީ ދަރިވަރުންގެ ޢަދަދު ކޮންޓްރޯލްކުރުމުގެ ފިޔަވަޅު އަޅަނީ
21 Sep 2026
ފަލަސްޠީނާ އެއްބައިވާ ދަރިވަރެއްގެ ގެ ފުލުހުން ފާސްކޮށްފި
މުމްބާއީގައި ފަލަސްޠީނަށް ތާއީދުކޮށް ގުޑި އެރުވުމުގެ ކެމްޕެއިނެއްގައި ބައިވެރިވި ދަރިވަރެއްގެ ގެ ވޮރެންޓަކާ ނުލައި ނުވަ ގަޑިއިރަށް ވުރެ ގިނައިރު ޓެރަރިޒަމާ ދެކޮޅު ޔުނިޓުން ބަލައި ފާސްކުރި ކަމަށް އެ ދަރިވަރު ތުހުމަތުކޮށްފިއެވެ.
21 Sep 2026
ސަންޑަރލޭންޑް ބަލިކޮށް މެންޗެސްޓަރ ސިޓީ ތާވަލްގެ އެއްވަނާގައި ހަމަޖެހިލައިފި
ބައިނަލްއަގުވާމީ މެޗުތަކަށް ލީގު މެދުކަނޑާލުމުގެ ކުރިން ސިޓީން ހޯދި މި މޮޅަކީ، ވާދަވެރި އާސެނަލް އަށް ލިބުނު ނާކާމިޔާބީގެ ފައިދާ ނަގައި ތާވަލުގެ ކުރީގައި ފަރަގު ބޮޑުކުރުމަށް ލިބުނު މުހިންމު ފުރުސަތެއް
21 Sep 2026
ދުނިޔޭގެ ކުލަ ގެއްލެނީތަ؟
ކުޑައިރު ސްކޫލް ގޯތިތެރޭގައި ކުޅެ ނިމިގެން ގެއަށް ދާއިރު ފެންނަ ގަދަ ނޫ އުޑާއި މަގުމަތީގައި ދުއްވާ ރީނދުލާއި ރަތް ކާރުތަކާއި ގޭގެ ސިޓިންރޫމުގެ ކުލަގަދަ ފާރާއި ސޯފާތައް ހަނދާން އެބަހުރި ހެއްޔެވެ؟ ނަމަވެސް، މިހާރު ބޭރަށް ނުކުމެ ބަލައިލީމާ ފެންނަ މަންޒަރު ތަފާތެއް ނޫން ހެއްޔެވެ؟ މި ތަފާތު އިޙްސާސް ކުރެވެނީ ހަމައެކަނި ތިބާއަކަށް ނޫނެވެ. ދިރާސާތައް ދައްކާ ގޮތުގައި ޙަޤީޤަތުގައިވެސް ދުނިޔޭގެ ކުލަ ދަނީ "ގެއްލެމުން" ނެވެ.